16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ބޯހިޔާވަހިކަން

ފްލެޓަށް އެދެން ކިޔުގައި ޖެހެން ނުޖެހޭ ޕޯޓަލް ގާއިމްކޮށްފި

  • ކޮންމެ ސަރަހައްދެއްގައި ހުރެގެން ފްލެޓަށް ފޯމް ލެވޭނެ
  • އޮންލައިންކޮށް މައުލޫމާތު ނެގި ނަމަވެސް އެއީ ސައްހަ މައުލޫމާތުތޯ ކަށަވަރު ކުރާނެ
އަމްނާ އިމާދު | @amnabinthimad

| 11 ފެބުރުވަރީ 2019 | ހޯމަ 15:43 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ހައުސިން މިނިސްޓަރު މަގޭ ހިޔާވަހި ޕޯޓަލް އިފްތިތާހް ކޮށްދެއްވަނީ -- ޓްވިޓަރ

ބޯހިޔާވެހިކަމުގެ މަޝްރޫއުތަކުގައި ކިއޫގައި ނުޖެހި ފްލެޓުތަކަށް ހުށަހެޅޭ އޮންލައިން ޕޯޓަލްއެއް ''މަގޭ ހިޔާވަހި'' ނަމުގައި ގާއިމްކޮށްފި އެވެ.

ސްޓެލްކޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިއޮންލައިން ޕޯޓަލް އިފްތިތާހް ކޮށްދެއްވީ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރެވެ.

މިޕޯޓަލްއާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވިދާޅުވީ ޕޯޓަލް ގާއިމްކޮށްފައި ވަނީ ހައުސިން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ ގުޅިގެން ކަމަށާއި، މިއީ ތިން މަސް ދުވަހުގެ މަސައްކަތް ކަމަށެވެ.

ނަޝީދު ވިދާޅުވީ މަގޭ ހިޔާވެހި ޕޯޓަލްއިން ކިއޫގައި ނުޖެހި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކޮންމެ ސަރަހައްދެއްގައި ހުރެގެން ވެސް ފްލެޓަށް އެދެވޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ޕޯޓަލްގައި މިވަގުތު އެއްވެސް ފްލެޓަކަށް ކުރިމަތިލުމަށް ހުޅުވާލާފައި ނުވާ ކަމަށާއި ހައުސިން މަޝްރޫއުތަކާއެކު މިޕޯޓަލް މެދުވެރިކޮށް ފްލެޓަށް އެދެވޭނެ ކަމަށެވެ. އަދި މިހާރު ވެސް މިޕޯޓަލްގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަގޭހިޔާވަހި ވެބްސައިޓަށް ވަނުމަށް ފަހު ކޮންމެ މީހަކަށް ހާއްސަ ލޮގިންއެއްގެ ތެރެއިން ފްލެޓަށް ހުށަހެޅެވޭނެ އެވެ. މިޕޯޓަލަށް ލޮގިން ވުމަށް ވެބްސައިޓުގެ ވާތްފަރާތު ކަނުގައި ހާއްސަ ތަނެއް އިންނާނެ އެވެ. އެއަށް ފިތާލުމުން އަރާނީ، ސަރުކާރުގެ ބައެއް ހިދުމަތްތަކަށް އޮންލައިންކޮށް ހުށަހަޅަން ހަދާފައިވާ "އީފާސް"ގެ ޔޫސަނޭމާއި ޕާސްޕޯޑު ޖަހާށެވެ. އަދި އީފާސްގެ އެކައުންޓެއް ހަދާފައިނުވާ ނަމަ، މަގޭވެހި ބޭނުންކުރުމުގެ ކުރިން ޖެހޭނީ އޭގެ އެކައުންޓެއް ހުޅުވާށެވެ.

''މަގޭހިޔާވަހި ޕޯޓަލަށް ރަޖިސްޓްރީވުމުން، އެ ޕޯޓަލަށް އެ މައުލޫމާތު ލިބެނީ ޑީއެންއާރު މެދުވެރިކޮށް. މީގެ އިތުރުން އޮންލައިންކޮށް ފޯމު ހުށަހެޅިކަމުގައި ވިއަސް އެކަން ކަށަވަރުކުރެވޭނެ މައުލޫމާތުތައް ހުށަހަޅަންޖެހޭނެ. އެކަންކަން އަޅުގަނޑުމެން ކަށަވަރު ކުރާނެ. އެސްކީމަކާއި ގުޅޭ ގޮތުން އެލިޔެކުންތައް ހުށަހެޅޭ ގޮތަށް މިޕޯޓަލް ވެގެންދާނެ. ހުށަހަޅާ ފޯމުގެ އެންމެ ފަހުގެ މައުލޫމާތު ވެސް ޕޯޓަލުން ލިބޭނެ ގޮތް ހަދާނެ. އަބަދު ވެސް މިވެބްސައިޓް ވެސް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ. ބުއްދިވެރިގޮތަކީ ފްލެޓަށް ކުރިމަތިލުމަށް ތައްޔާރުވެގެން ތިބުން. ކިއެކިޔުންތަކާ އެއްޗެހި ރެޑީކޮށްގެން" ރަޝީދު ވިދާޅުވިއެވެ.  

ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ އެންސީއައިޓީން މިހާރު ވަނީ މަގޭހިޔާވެހި ޕޯޓަލަށް ހާއްސަ ޑިވެލޮޕަރުންގެ ޓީމެއް އެކުލަވާލައިފަ އެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ ފްލެޓަށް އެދޭ އޮންލައިން ޕޯޓަލް ހަދާފައިވަނީ ސަރުކާރުގެ ވިއުގާގެ ތެރޭގައި ކަމަށް ވުމުން، އެއްފަހަރާ ކިތައްމެ ގިނަ ބަޔަކު ބޭނުން ކުރި ނަމަވެސް ވެބްސައިޓް ޑައުން ނުވާނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ވެސް މަސައްކަތް ކުރަމުންދާނީ މިޕޯޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ތަނުގައި ޕޯޓަލް އިތުރަށް ތަރައްގީކުރަން ނިންމާފައިވަނީ އެމީހަކަށް ލިބޭ މާކްސް ވެސް އެނގޭނެ ގޮތަށާއި، ދެފުށް ފެންނަ މިނިޒާމުގެ ތެރެއިން ކޮރަޕްޝަންއަށް މަގުފަހިވުމުގެ ފަދަ ނޭދެވޭ އަމަލުތައް ނުހިގާނެ ކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހައްގު މިންވަރު އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިއުގައި ނުޖެހި ފްލެޓަށް އެދޭނެ ނިޒާމެއް ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. ސަރުކާރުގެ 60 ދުވަހުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތް ނިންމައި vehi.egov.mv ލޯންޗުކޮށްފައެވެ. އަދި މޯބައިލް އެޕްލިކޭޝަން ވެސް ތައަރާފް ކުރާނެއެވެ.

މީގެ ކުރިން ފްލެޓަކަށް ކުރިމަތިލުމަށް ހުޅުވާލުމާއެކު އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު އެއްވެ 24 ގަޑިއިރު ވަނީ ކިއުގަ ޖެހިގެން ތިބެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް