20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބ.ކެންދޫ

ބިމުގު ދަތިކަމުގެ ސަބަބުން އިތުރު މައްސަލަތަކެއް!

  • ވިޔަފާރި ކުރުމަށް ލިބިފައިވާ ބިންކޮޅު ކުޑަ
  • ގިނަ ޒުވާނުންތަކެއް ކުރާނެ މަސައްކަތެއް ނެތިފައި
މިއުނާ ހަސަން | @miuna_hassan

| 11 ފެބުރުވަރީ 2019 | ހޯމަ 14:39 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ބ. ކެންދޫ -- ގޫގުލް

ރާއްޖޭގެ އުތުރުގައި އޮންނަ ބ. ކެންދޫއަކީ ހަމަހިމޭންކަމުގެ ނަމޫނާ ރަށެކެވެ. އާބާދީގައި 1،300 އެއްހާ މީހުން ދިރިއުޅޭ ކެންދޫން ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އަމާން ކަމާއި ހަމަހިމޭން ކަމެވެ. މުރާލި ރައްޔިތުންތަކެއް އުޅޭ ކެންދޫގެ މަގުތަކާއި ގޮނޑުދަށުން ފެންނަނީ ސާފުތާހިރުކަމާއި ނަލަކަމެވެ.

ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި ސިފަކުރާ ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ތެރެއިން ކެންދޫއަކީ ވެސް ރާއްޖޭގެ އެހެން ރައްތަކެކޭ އެއްފަދައިން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ރަށެކެވެ. އޭގެ ތެރެއިން ގިނަ ރައްޔިތުން ފާހަގަކުރާ އެއް ކަމަކީ ބިމުގެ ދަތިކަމެވެ. އާބާދީއާ އެއްވަރުގެ ބިން ރަށުގައި ނެތުމުން ގެވަޅުގެ ގޮތުގައި އަލަށް ގޯތިގެދޮރު އަޅަން ދޫކުރާނެ ބިމެއް އެ ރަށަކު ނެތެވެ. އޭގެ އިތުރުން ވިޔަފާރި ކުރުމަށް ބިން ދޫކުރުމާއި، ދެން ވެސް ބޭނުންވާ އަސާސީ ބިނާތައް އެޅުމަށް އެކށީގެންވާ ޖާގައެއް ކެންދޫގައެއް ނެތެވެ.

ބ. އަތޮޅަކީ ގެސްޓްހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައިކުރާ އަތޮޅެކެވެ. އަތޮޅުގެ އެހެން ރަށްތަކެކޭ އެއްފަދައިން ކެންދޫގައި ވެސް ގެސްޓްހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރެއެވެ. އެހެންނަމަވެސް، ވިޔަފާރިކުރާ ގިނަ ފަރާތްތަކުން ފާހަގަކުރި އެންމެ ބޮޑު ގޮންޖެހުމަކީ، ވިޔަފާރި ކުރުމަށް ލިބިފައިވާ ބިންކޮޅުގެ ކުޑަކަމުން އެންމެ އެކަށީގެންވާ ގޮތެއްގައި އެ މަސައްކަތް ނުކުރެވުމުވެ. ފުޅާކުރާނެ މަގެއް ވެސް ނެތީއެވެ. ބިން ނެތުމުގެ ސަބަބުންނެވެ.

ވިޔަފާރި އާއި އިގްތިސާދީ މަސައްކަތްކުރާނެ ބިން ނެތުމުން ރަށުގައި ވަޒީފާތައް އުފެދޭ މިންވަރު ވަނީ މަދުވެފައެވެ. އޭގެ ސަބަބުން ސްކޫލް ނިންމުމަށް ފަހު އަދާކުރާނެ މާގިނަ ވަޒިފާތަކެއް ރަށަކު ނެތެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ޒުވާނުންތަކެއް ކުރާނެ މަސައްކަތެއް ނެތިފައި ރަށުގައި އެބަތިއްބެވެ.

ކެންދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު އަބްދުއްރަޝީދް ވިދާޅުވި ގޮތުގައި، ރަށް އުފެދިފައި އޮންނަ ގޮތުން އިތުރަށް ރަށް ހިއްކުމަކީ ވަރަށް ދަތިކަމެކެވެ. އެހެން ނަމަވެސް ސިނާއީ ސަރަހައްދެއް ހެދުމުގެ ޕްލޭންތައް މިހާރު ވަނީ އެކުލަވާލާފައެވެ. ބަނދަރު ކައިރީގައި އޮންނަ ހުސް ބިމުގައި ޕެޓްރޯލް ޝެޑް އަދި އައިސް ޕްލާންޓެއް ހެދުމުގެ ޕްލޭނެއް ގައުންސިލުން ގެންގުޅޭއިރު، ރަށުގައި މިވަގުތު އިތުރަށް ދެން ދެވެން އޮތީ ހައެއްކަ ގެވަޅު ދެވޭ ވަރުގެ ބިންކޮޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ

ކެންދޫއަށް ދިމާވެފައި ވަނީ ހަމައެކަނި ޖާގައިގެ ދަތިކަން އެކަންޏެއް ނޫނެވެ. ކުޅިވަރު ކުޅޭނެ އެކަށިގެންވާ ސާމާނު ނެތުމާއި، ކުޅިވަރުތައް ކުޅުމަށް އެންމެ އެދެވޭ މާހައުލެއް ނެތުމަކީ ވެސް ހާއްސަ ގޮތެއްގައި ކެންދޫގެ ޒުވާނުން ތަހަންމަލުކުރާ ވޭނެކެވެ.

ފުޓްބޯޅަ ދަނޑެއް އޮތް ނަމަވެސް އެދެވޭ ގޮތެއްގައި ރަނގަޅަށް އެ ދަނޑުގައި ކުޅުމަކީ އުނދަގޫ ކަމެކެވެ.

މިނޫނަސް އެކަށިގެންވާ ތައުލީމީ ނިޒާމެއް ރަށުގައި ގާއިމްވެފައި ނެތުމާއި، ބޭނުންވާ ސިއްހީ ހިދުމަތްތައް ނުލިބުމާއި، ފަސޭހައިން ފެރީ ދަތުރު ކުރެވެން ނެތުމަކީ ވެސް ކެންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކެވެ.

ކެންދޫ ރައްޔިތުންގެ އުންމީދަކީ ކެންދޫއަށް ދިމާވެފައިވާ ދަތިތަކަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މިހާރުގެ ސަރުކާރުން ލުއިފަސޭހަކަމެއް ހޯދައި ދިނުމެވެ.

ހަމަހިމޭން، ހިތްގައިމު، ނަލަ ނަލަ ކެންދޫގެ ޒުވާނުންގެ އެދުމަކީ، ރަށުގައި ހުރެގެން އާމްދަނީ ހޯދޭނެ ގޮތް ހަމަޖެހުމެވެ. ވަޒީފާގެ ފުރުސަތުތައް ރަށުގައި ގިނަވެ، ރައްޓެހިންނާ އެކު ތަފާތު ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތަކެއް ގާއިމްވެގެން ދިއުމެވެ. ޖަޒީރާ ވަންތަ ގޮތެއްގައި ރަށުގައި އުޅެވޭނެ މަގެއް ފެނުމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް