| 11 ފެބުރުވަރީ 2019 | ހޯމަ 12:34 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ފޯބްސްގެ ލިސްޓުން ދައްކާ ގޮތުގައި އެތުލީޓުންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބެނީ ބޮކްސިންތެރިޔާ ފްލޮއިޑް މޭވެދާއަށެވެ.
މުސާރާއިގެ ގޮތުގައި 275 މިލިއަން ޑޮލަރު، އެންޑޯސްމެންޓް ގޮތުގައި 10 މިލިއިން ޑޮލަރު އޭނާގެ ނެޓް ވޯތްގައި ވެއެވެ.
ހަބްލޮޓުން ސްޕޮންސަރ ކޮއްފައިވާ ފްލޮއިޑް ކެރިއާ ފެށުނީ 1996 ވަނަ އަހަރުގެ އޮލިމްޕިކްސްއިންނެވެ.
ލިސްޓްގެ ދެވަނާގައި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ 111 މިލިއަން ޑޮލަރާއި އެކު އޮތްއިރު ލިސްޓުގެ ތިންވަނާގައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ރޮނާލްޑޯއަށް މުސާރައިގެ ގޮތުގައި 108 މިލިއަން ޑޮލަރު ލިބެއެވެ. މީގެ އަހަރުތަކެއް ކުރިން ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ މަގާމުގައި އޮތް ރޮނާލްޑޯގެ މަގާމުގައި މިހާރު އޮތީ މެސީއެވެ.
ފޯބްސް ލިސްޓްގެ ހަތަރުވަނާގައި މިކްސްޑް މާޝަލް އާރޓިސްޓް ކޯނަރ މެކްގްރެގާ 99 މިލިއަން ޑޮލަރާއި އެކު އޮތްއިރު ލިސްޓްގެ ފަސްވަނާގައި 90 މިލިއަން ޑޮލަރާއިއެކު އޮތީ ޕީއެސްޖީގެ ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ ޖޫނިއާއެވެ.
ބާސްކެޓް ކުޅުންތެރިޔާ ލެބްރޮން ޖޭމްސް ލިސްޓްގެ ހަވަނާގައި އޮތީ 85.5 މިލިއަން ޑޮލަރުގެ މުސާރައަކާއި އެއްކޮންނެވެ.
ދުނިޔޭގެ އެންމެ މޯޅު ޓެނިސް ކުޅުންތެރިޔާގެ މަގާމު އެކި ފަހަރުމަތިން ހޯދާފައިވާ ރޯޖާ ފެޑްރާ އޮތީ ފޯބްސް ލިސްޓުގެ ހަތްވަނާގައެވެ. ރޯޖާ ފެޑްރާގެ މުސާރައަކީ 77.2 މިލިއަން ޑޮލަރެވެ.
ލިސްޓްގެ ނުވަ ވަނާގައި އެމެރިކަން ފުޓްބޯލް ކުޅުންތެރިޔާ މެޓް ރައިޔަން 67.3 މިލިއަން ޑޮލަރާއި އެކު އޮތް އިރު ލިސްޓްގެ ދިހަވަނަ ލިބެނީ 69.5 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭ ސްޓެފޯޑެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް