23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

އަންހެނަކަށް ވީތީ ފަޚުރުވެރިވަން

އަންހެނަކަށް ވީތީ ފަޚުރުވެރިވަން

 • ދުނިޔެ މަތީގައި އެންމެ ބޮޑަށް އިންސާނުންނަށް ތަދު އިހުސާސްވާ ކަމަކީ ވިހެއުން ކަަމަށް ބުނޭ
 • ކެތްތެރިވުމުގައި އަންހެނުންނަކީ ލާމަސީލު ބައެއް
 • އެކަކު އަނެކަކު ދެނެގަތުމުގައި އަންހެނުންގެ ކުޅަދާނަކަން އިތުރު
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 11 ފެބުރުވަރީ 2019 | ހޯމަ 12:31 | |

މަގުބޫލް

 1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
 2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
 3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
 4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
 5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
 6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
 7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
 8. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް


އަންހެނުން ތަކެއް -- ގެންޑާ މިނިސްޓްރީ

އަންހެނުންނަކީ ފިރިހެނުންނާއި ތަފާތުކޮށް އެތައް ސިފަތަކަކާއި އެތައްއެތައް ކަމެއް އެބައި މީހުންގެ ހަށިގަނޑުގައި ލައްވައިފައިވާ ބައެކެވެ.

ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި ދުނިޔެވީ ގޮތުން ވެސް ތަފާތު އެތައް ކަމެއް އެބައިމީހުންނަށް ގުދުރަތުން ދެއްވައިފައި ވެއެވެ.

އަންހެނުންނަކީ ދުނިޔޭގެ އާބާދީގެ ދެބައި ކުޅަ އެއްބަޔަށް ވީއިރު ގުދުރަތުން އަންހެނަކަށް ދެއްވައިފައިވާ އެންމެ ބޮޑު އެއް ނިއުމަތަކީ ވިހެއުމުގެ މަތިވެރި ނިއުމަތެވެ. އިންސާނަކު ގަނޑު ލޭކޮޅެއްގެ ގޮތުގައި ބަނޑުގައި ލައްވައި 9 މަހަށް ވުރެން ގިނަދުވަހު ބަނޑު ތެރޭގައި އޮތުމަށް ފަހު ތުއްތުތުއްތު ކުއްޖެއްގެ ގޮތުގައި ދުނިޔެއަށް އެކުޑަ ކުއްޖާ އުފަން ކުރުވައެވެ. އެހާ ހިސާބުން މަންމަ އަކަށްވުމުގެ އެ ފޮނި އިހުސާސް އަންހެންމީހާއަށް ކުރުވައެވެ. ވިހެއުމަކީ ދުނިޔޭގައި އިންސާނަކަށް އެންމެ ބޮޑަށް ތަދު އިހުސާސް ކުރާ ހަމަ އެކަނި ކަންތައް ކަމަށް ބުނެއެވެ. ވިހެއުމުގެ ތެރޭގައި އަންހެންމީހާ އިހުސާސްކުރާ ތަދު އެއީ އެހެން އެއްވެސް ކަމެއްގައި އެއްވެސް މީހަކު އިހުސާސްކޮށް ތަޖުރިބާ ކޮށްފައިވާ ކަމެއް ނޫންކަމަށް ދެކޭ އަދަދު މަދެއް ނޫނެވެ. 

ކެތްތެރިވުމުގައި އަންހެނުންނަކީ ލާމަސީލު ބައެކެވެ. ދުނިޔޭގައި ލައްވާފައިވާ ފުރާނަ ހުރި ދިރުންތަކާއި އަޅާބަލައިރު ވެސް އަންހެނުންގެ ކެތްތެރި ކަމަކީ އަޖައިބުން ފުރިގެންވާ ފަދަ ކެތްތެރިވުމެކެވެ. އެގޮތުން ފައިގެ އިނގިލީގެ ނިޔަފަތިން ފެށިގެން އަނގައިގެ ދަތެއް ނަގަން ޖެހުނަސް ފިރިހެނުންނާއި އަޅާބަލައިރުވެސް އަންހެނުންގެ ކެތްތެރިކަމުގެ ގާބިލް ކަމަކީ އެތައް ގުނައެއް އިތުރު ގާބިލް ކަމެކެވެ. އަދި މިކަމުގެ ސަބަބުން އަންހެންމީހާގެ ސިނކުނޑިއާއި ހަށިގަނޑަށް އެތައް ގޮތަކުން ފައިދާ ވެއެވެ.

އާންމުތަނެއްގައި އަދި ސިއްރުގައި ވިޔަސް އަންހެނަކު ރޯނަމަ އެކަމަކީ އަންހެންމީހާގެ ދެރަވާ ނުވަތަ ނިކަމެތިވާ ސަބަބެއް ނޫނެވެ. ރުޔުމުގެ ސަބަބުން އަހެންމީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހި ވެއެވެ. އެހެން ނަމަވެސް ފިރިހެނަކު ރޯނަމަ އެމީހާގެ ފިރިހެންވަންތަ ކަން ދަށްވެ އެމީހާގެ ބަލިކަށިކަން ފާހަގަ ކުރެވެއެވެ.

 

ފިރިހެނުންނަށްވުރެން އަންހެނުންގެ އުމުރު ދިގުވެއެވެ. އޭގެ ސަބަބެއް ކަމަށް ބެލެވެނީ މަސައްކަތުގެ ތެރޭގައި ލިބޭ ގެއްލުންތަކާއި އަންހެނުން ބަލިވާލެއް ނިސްބަތުން މަދުވުމެވެ.

އަންހެނުންނަކީ އެބައިމީހުންގެ ތަބީއަތުގައި ވެސް ޖަޒުބާތީ ބައެކެވެ. ދިރިއުޅުމުގަޔާއި މަސައްކަތުގެ މާހައުލުގައި ދިމާވާ އެކިކަހަލަ ކަންކަމާ ހުރެ ވަރަށް ފަސޭހައިން ދެރަވެ ރޮވޭ ގޮތް ވެއެވެ. މަޑުމޮޅި ކަމާއި ނާޒުކު ކަމަކީ ގުދުރަތުން އަންހެނުންނަށް ދެއްވާފައިވާ ރީތި މާތް ސިފައެކެވެ. ނަމަވެސް އެއީ އެމީހުންގެ ދެރަކަން ނުވަތަ ފިނޑި ކަމެއް ނޫނެވެ. އޭގެ ހެއްކަކީ ސިއްރުގައި ވިޔަސް އަދި ފާޅުގައި ވިޔަސް އަންހެނަކު ރޯތަން ފެނިއްޖެ ނަމަ އެހެން މީހުންގެ އަޅާލުމާއި ހަމްދަރުދީ އެ އަންހެނަކަށް އޮހޮމުން ދާ ކަމެވެ. އަދި އެރުޔުމުން އެހެން މީހުންގެ އިހުސާސްތަކާއި ކުޅެލައެވެ. އެހެން ނަމަވެސް ފިރިހެނަކު ރުޔުމުން ނުވަތަ ރޯތަން ފެނުމުން އެއީ ބައެއް ފަހަރު އެހެންމީހުންގެ މަލާމާތް ލިބި، ހިތްވަރެއް ނެތް މީހެއްގެ ގޮތުގައި ބެލެވި ބަލިކަށިކަން ފާހަގަ ކުރެވޭ ކަމެކެވެ.

ބޮލުން އިސްތަށިފޭބުމަކީ އުމުރުން ދުވަސްވެ ވަކި ވަރަކަށްވުރެން ބޮޑަށް މީހާގެ ގައިބާރު ދެރަވުމުން ދިމާވާ ކަމެކެވެ. ނަމަވެސް މިކަމަކީ އަންހެނުން އުފެދިފައިވާގޮތުން އަންހެނުންނަށް ކުރިމަތީވާ ކަމެއް ނޫނެވެ . އޭގެ ބަދަލުގައި އަންހެނުނަށް އެމީހުން ބޭނުން ވަރަކަށް އިސްތަށިގަނޑު ދިގުކޮށް ލެވެއެވެ. އަންހެނުންގެ އިސްތަށިގަނޑަށް އުފައްދާފައިވާ ޚާއްސަ އެއްޗިހީގެ ސަބަބުން އެ އިސްތަސިގަނޑު ރީތިކޮށް އޮތުމަށް މަގުފަހިވެގެން ދެއެވެ.

މީހުންނާއި މުއާމަލާތް ކުރުމުގައި އަންހެނުންނަކީ ފިރހެނުންނަށްވުރެން މާބޮޑު ކުޅަދާނަ ކަމެއް ލިބިފައިވާ ބައެކެވެ. އަދި އެކަކު އަނެކަކު ދެނެގަތުމުގައިވެސް ކުޅަދާނަ ބައެކެވެ އެއީ ހަމައެކަނި ދައްކާ ވާހަކަ އަކުންނޫނެވެ. އަނެއްމީހާގެ މޫނުމަތީ ހަރަކާތްތަކާއި ޖަޒުބާތު ތަކުންނެވެ. މިކަމުގެ ސަބަބުން މަސައްކަތުގެ މާހައުލުގަޔާއި މުޖުތަމައުގެ ގުޅުންތައް ބަދަހި ކުރުމުގައި އެތައްގޮތަކުން ފަސޭހަ ވެގެން ދެއެވެ.

އެކި ކަހަލަ ކާރިސާ ތަކާއި ކުއްލި ހާލަތުގައި ވެސް އެންމެ ފުރަތަމަ އިސްކަންދޭ އެއްބަޔަކީ  އަންހެނުންނެވެ. މިކަމުގެ ސަބަބުން މިފަދަ ހާލަތްތަކުގައި  ސަލާމަތް ވުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން މުޖުތަމައުގެ ތެރޭގައި މުއާމަލާތް ކުރާއިރުއާއި އެހެނިހެން ކަންކަމުގައި އަންހެންމީހާއަށް ފުރުސަތު ދިނުމަކީ މުޖުތަމައުގައި އަންހެނުންނަށް ދެވޭ އިސްކަން ނުވަތަ ޚާއްސަކަން ދަށްކުވައިދޭ ކަމެކެވެ .

މިއަދުގެ ދުނިޔޭގައި އަންހެނުންނަށް ވަރަށްބައިވަރު ފުރުސަތުތައް ތަނަވަސް ވެފައިވާއިރު ވަކި ރޮނގަކުން ކުރިއަށްދާން ބޭނުންވާ ނަމަވެސް އެކަން އިހުތިޔާރު ކުރުމުގެ ފުރުސަތު އޮވެއެވެ. އަދި އާއިލާއެއް ބިނާކޮށް ދިރިއުޅުން ކުރިއަށްދާން ބޭނުންވާ މީހަކަށް އެ ފުރުސަތުވެސް އެބައޮތެވެ. މިއިން ކޮންމެ ކަމެއް އިޚުތިޔާރު ކުރި ކަމުގައި ވިޔަސް މުޖުތަމައު ބަލައިގަނެއެވެ. އޭގެ ބަދަލުގައި ފިރހެނުން ގޭގައި ވަޒީފާއެއް ނެތި ހުރުމަކީ މައިންބަފައިންނާއި އާއިލާގެ  ހިތްހަމަ ނުޖެހުމާއި މުޖުތަމައުގެ ފާޑުކިއުންތައް އެމީހަކަށް އަމާޒްވެ މީހުންގެ ތެރޭގައި ފިރިހެންމީހާ ބާކީ ވެގެންދިއުމަށް މަގުފަހި ކުރުވާ ކަމެކެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް