23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ދަނޑުވެރިކަން

ރަމަޟާންމަހުގެ ތައްޔާރީތައް: ފައިނު، ކާށިދޫ، އަދި ތޮއްޑޫގައި ދަނޑު ހެއްދުމުގެ މަސައްކަތް ފަށައިފި

  • ދަނޑުވެރިންނަށް ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށްދޭ
  • މާލޭގެ މާރުކޭޓަށް ގިނަ ބާވަތްތައް ލިބޭނެ
  • ދަނޑުވެރިންގެ އަތުން ބޮޑު ހޭދައެއް ކުރަންޖެހޭތީ ކަންބޮޑުވުންފާޅު ކުރި
އަމްނާ އިމާދު | @amnabinthimad

| 11 ފެބުރުވަރީ 2019 | ހޯމަ 12:09 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


އއ. ތޮއްޑޫގައި ކަރާ ހައްދާ ސަރަހައްދު -- ފޮޓޯ: ޙުސައިން ޙަސަން

ރަމަޟާން މަހަށް ޚާއްސަކޮށް ދަނޑުތައް ހެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރ. ފައިނުގެ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވީ އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރު ވެސް ރަމަޟާން މަހަށް ޚާއްސަކޮށް ދަނޑުވެރިން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ނަސީރު ވިދާޅުވީ ރަމަޟާން މަހަށް ޚާއްސަކޮށް ބިންތައް ދޫކުރުމަށްޓަކައި މަސައްކަތް ފަށާފައިވާ ކަމަށާއި، އެބިންތައް ހޯދުމަށް ރަށުގެ ގިނަ ރައްޔިތުން ފޯމް ހުށަހަޅަމުން އަންނަ ކަމަށެވެ. އަދި މިހަފްތާ ތެރޭގައި ބިން ދޫކުރެވޭ ވަރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ ރަށުގެ ކޮންމެ އާއިލާއަކަށް ވެސް ދަނޑުބިން ލިބޭނެ ކަމަށާއި، ބިން ދޫކުރާނީ އޮންނަ އުސޫލުގެ ތެރެއިން އެމީހަކަށް ޕޮއެންޓް ލިބޭ މިންވަރަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން ދަނޑުބިން ނަގާ މީހާ އަދާ ކުރަމުންދާ ވަޒީފާއާ، އޭނާގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި މީހުންނާއި، ދަރިންގެ އަދަދަށް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރ. ފައިނުގެ ކަރާ ދަނޑެއް -- ފޮޓޯ: ރާއްޖެ.އެމްވީ

ދަނޑުވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ނަސީރު ވިދާޅުވީ ދަނޑުތަކަށް ބޭނުންވާ ކާނާ ގެނައުމަށް ދަނޑުވެރިންނާއި ކައުންސިލުން ގުޅިގެން ގަނޑުކޮށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަސީރު ވިދާޅުވީ ދަނޑަށް ޖެހުމަށް ބޭނުންވާ ބޭސްތަކާއި، އަޅާ ކާނާތައް ގެތުމަށް ދަނޑުވެރިންގެ އަތުން ކޮންމެ ފަހަރަކު ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށާއި، ގަނޑުކޮށް ގެނައުމުން އަގުހެޔޮވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދަނޑުތައް ހެއްދުމަށް ކެމިކަލްތައް ބޭނުން ކުރުން މަދު ކުރުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

''މިއީ ރަމަޟާން މަހަށް ޚާއްސަކޮށް މޫސުމީގޮތުން ދަނޑުވެރިކަމަށް ދޫކުރާ ބިމެއް. ދެން ޒާމާނީ ކެމިކަލް މަދުކުރަން މަސައްކަތް ކުރަނީ. އެއްއަހަރު އަނެއް އަހަރަށް ދޫކުރާ ބިމެއް އަނެއް އަހަރަކު ބިން ދޫނުކުރާނެ. އޭރުން ތެދެއްތޯ އެބިން ތާޒާވެ، ރަނގަޅުވާނީ. ވިނަތައްފަޅާ ބިން ރަނގަޅުވާނީ. އެހެންވެ އެގޮތަށް މަސައްކަތް ކުރަނީ. އޭރުން އެބިމެއްގަ ހައްދާ ދަނޑު ވެސް ރަނގަޅުވެ ތާޒާ ތަރުކާރީއާ މޭވާ ލިބޭނީ." ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ އެރަށުގައި އޮޑިފަހަރު މަދުވުމުން، ދަނޑުތަކުން ހައްދާ ބާވަތްތައް އެރަށުން މާލެ ގެނައުމަށް ދަތިތައް ކުރިމަތިވާ ކަމަށާއި، މިމައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އުންމީދު ކުރަނީ ދަނޑުވެރިންގެ މިކަންބޮޑުވުމަށް މިއަހަރު ހައްލެއް ލިބިގެންދިއުންކަމަށް އޭނާ ވިދާޅުވި އެވެ.

ރަމަޟާން މަހަށްވަމުންދާ ތައްޔާރީތަކާއި ބެހޭ ގޮތުން ކ. ކާށިދޫގެ ކައުންސިލްގެ ރައީސް އަލީ ސުލްތާން ވިދާޅުވީ ދަނޑުވެރިންގެ ދަނޑު ހެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ގިނަ އަދަދެއްގެ ދަނޑުގެ ބާވަތްތައް މިފަހަރު އެރަށުން މާލެއަށް ގެނެވޭނެ ކަމަށް އުންމީދު ކުރާނެ ކަމަށެވެ.

ކާށިދޫގެ ކޮޕީފަތް ދަނޑެއް -- ފޮޓޯ: ރާއްޖެ.އެމްވީ

ސުލްތާން ވިދާޅުވީ ކޮޕީ ފަތާއި ކަރާ ހެއްދުމުގެ މަސައްކަތް ފަށާފައިވާއިރު، ކުރުނބާ، ފަތްކެޔޮ މިއަހަރުގެ ރަމަޟާން މަހު މާލެ ގެނެވޭ މިންވަރު އިތުރުވާނެ ކަމަށެވެ.

ދަނޑުހެއްދުމަށް ބޭނުންވާ މިންވަރަށް ބިން ނެތްކަން ފާހަގަކުރައްވައި، ސުލްތާން ވިދާޅުވީ ބިމުގެ މައްސަލަ ހައްލުކުރުމަށް މިހާރު ވަކި އުސޫލެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިއުސޫލާއެކު ކޮންމެ ދަނޑުވެރިއަކަށް ވެސް ޕޮއެންޓް ލިބޭ މިންވަރަކުން ދަނޑުބިން ދޫކުރާނެ ކަމަށެވެ.

''މިހާރު ދެން ދަނޑުވެރިން އަމިއްލައަށް ބިން ހަމަޖައްސަނީ. ބިން ހަމަޖައްސާފަ ކައުންސިލްއަށް އެންގީމަ ކައުންސިލުން ބަލާފަ ހުއްދަދެނީ. ކުޑަ ބޮޑު ވަކި މިނެއް ނީދޭ. މިމައްސަލަ ކުރިމަތިވާތީ ހައްލު ކުރުމަށް ވަކި އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން" ސުލްތާން ވިދާޅުވިއެވެ.

މީގެ އިތުރުން އއ. ތޮއްޑޫގެ ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާ ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހަށް ކަރާ ހެއްދުމަށްޓަކައި ދަނޑު ދޫކުރުމަށް ބޭނުންވާ ފޯމް ދޫކުރުމާއި، ފޯމް ބަލައިގަތުން ޖެނުއަރީ 28 އިން 14 ފެބްރުއަރީ ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ނިއުޝާ ވިދާޅުވީ މިއަހަރު ވެސް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ތޮއްޑޫގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ކަމަށާއި، ބިން ދޫކުރުމުގައި އޮންނަ އުސޫލުން ޕޮއެންޓް ލިބޭ މިންވަރަށް ބެލުމަށްފަހު، ބިން ދޫކުރާނެ ކަމަށެވެ.

ނިއުޝާ ވިދާޅުވީ ރަމަޟާން މަހަށް ޚާއްސަކޮށް ދަނޑު ހެއްދުމުގެ މަސައްކަތް ދަނޑުވެރިން ފަށާފައިވާ ކަމަށާއި، އެހެން އަހަރުތަކާއި އެއްގޮތަށް ގިނަ އަދަދެއްގެ ބާވަތްތައް އެރަށުން ބޭރުކުރާނެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރަށްވުރެ ގިނައިން ކަރާ މާލޭގެ މާރުކޭޓަށް ގެނެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތޮއްޑޫގެ ކަރާ ދަނޑެއް -- ފޮޓޯ: ރާއްޖެ.އެމްވީ

ދަނޑުވެރިކަމަށް މަޝްހޫރު ތިން ރަށުގެ ދަނޑުވެރިން ރަމަޟާން މަހަށް ތައްޔާރުވަމުން އަންނައިރު، ދަނޑުވެރިންގެ އެންމެ ބޮޑު އެއްކަންބޮޑުވުމަކީ ދަނޑު ހެއްދުމަށްޓަކައި އަތުން ބޮޑު ހޭދައެއް ކުރަންޖެހުމެވެ. އެގޮތުން ދަނޑަށް ފެންދިނުމަށް ހޮޅިއަޅައި ވަޅު ހެދުމުގެ މަސައްކަތްތައް ދަނޑުވެރިން ފާހަގަކުރެއެވެ.

"ދަނޑު މިހައްދަނީ ވަރަށް މަސައްކަތުން. ދަނޑު ހައްދަން ގިނަ އެއްޗެހިތަކެއް ވެސް ގަންނައިރު ބޮޑު ހޭދައެއް އަތުން ކުރަންޖެހޭ. ބައެއް ފަހަރު ދާ ހަރަދު ކަނޑާފަ ފައިދާއަށް ލިބޭނީ ވަރަށް ކުޑަ އެއްޗެއް. ބައެއް ފަހަރު ބަރޯ އެއްޗެހި ދަނޑުބިމުގަ ހުއްޓަ ވާނުވާ ނޭނގި ގެއްލޭ. ކަރާ ދަނޑެއް ހައްދަން ދެތިން ބަރޯ ވެސް ގައްނަން ޖެހިދާނެ. އަނެއް ކަރާ މާލެ ފޮނުވަންޏާ ދޯންޏަށް ވެސް އަހަރުމެން އަތުން ރުފިޔާ ދަނީ. ނަޝީދުގެ ވެރިކަމުގަ ދިން ސަބްސިޑީގެ ސަބަބުން ވަރަށް ބޮޑު ލިޔެއް ލިބުނު. އެކަހަލަ އެހީތެރިކަމެއް އަޅުގަނޑުމެން ބޭނުންވޭ" ދަނޑުވެރިއަކު ބުންޏެވެ. 

އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި ދަނޑުވެރިންނަށް ދިން ސަބްސިޑީގެ އުސޫލުން ދަނޑުވެރިންނަށް އެފަދަ އިންތިޒާމެއް ހަމަޖައްސަދިނުމަށް އެދަނޑުވެރިން އެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް