23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

އެމްޑީޕީ

އެމްޑީޕީ ކެނޑިޑޭޓުންގެ މާލީ ބަޔާން ހުށައަޅަން އަންގައިފި

  • ފެބްރުއަރީ 14 ދުވަހުގެ ރޭ 8:00 ގެ ކުރިން ހުށައަަަޅަން ވަނީ އަންގާފަ
ލައިޝާ އަހްމަދު | LailaAhmeds

| 11 ފެބުރުވަރީ 2019 | ހޯމަ 12:00 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


އެމްޑީޕީ ޑެޕިއުޓީ އެސްޖީ އަފްޝާން ލަތީފް -- އެމްޑީޕީ

މަޖިލިސް 19 ގައި އެމްޑީޕީން ވާދަކުރައްވާ ކެނޑިޑޭޓުންގެ މާލީ ބަޔާން ހުށައަޅަން އަންގައިފިއެވެ. 

ހޯމަ ދުވަހު އެމްޑީޕީ ހަރުގޭގައި ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝާން ލަތީފް ވިދާޅުވީ، މާލީ ބަޔާން ހުށައަޅަން ޖެހޭ ފޯމެޓް ކެނޑިޑޭޓުންނާއި ހިއްސާ ކޮށްފައިވާ ކަމަށާއި، ފެބްރުއަރީ 14 ގެ ރޭގަނޑު 8 ޖެހުމުގެ ކުރިން މާލީ ބަޔާން ހުށައަޅަން ކެނޑިޑޭޓުންނަށް އަންގާފައިވާ ކަމަށެވެ. 

"ކެނޑިޑޭޓުންގެ މިހާރު އޮތް ވަރަށް ވުރެ ވެސް އިތުބާރު އިތުރު ކުރުމަށާ، އަޅުގަނޑުމެންގެ ހުރިހާ ކަމެއް ވެސް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދާތީ މި ކެމްޕެއިންގެ ވެސް ހުރިހާ މަސައްކަތެއް އަދި ކެނޑިޑޭޓުންގެ ހުރިހާ ކަމެއް ވެސް ވީހާވެސް ދެފުށް ފެންނަ ސީދާ ގޮތަށް އަޅުގަނޑުމެން އާންމުންނަށް ހާމަ ކުރުމަށްޓަކައި. އެހެން ކަމުން އަޅުގަނޑުމެންގެ ކެނޑިޑޭޓުންނަށް އަޅުގަނޑުމެން އިިލްތިމާސް ކޮށްފައިވާނެ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ އެއީ 14 ފެބްރުއަރީ ރޭގަނޑު 8 ޖެހުމުގެ ކުރިން އެބޭފުޅުންގެ މާލީ ބަޔާން އަޅުގަނޑުމެންނަށް ހިއްސާ ކޮށްދެއްވަން" އަފްޝާން ވިދާޅުވިއެވެ. 

އަފްޝާން ވިދާޅުވީ، މާލީ ބަޔާން ހާމަ ކުރުމުން ރައްޔިތުންނަށް ފެންނާނެހެން އެމްޑީޕީ ރަސްމީ ވެބްސައިޓުގައި ކެނޑިޑޭޓުންގެ މާލީ ބަޔާން ޝާއިއު ކުރާނެ ކަމަށެވެ. 

އެމްޑީޕީގެ ބައެއް ކެނޑިޑޭޓުންގެ ފޯމުގައި މައްސަލަތަކެއް އުޅޭ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން އަފްޝާން ވިދާޅުވީ، 10 ކެނޑިޑޭޓެއްގެ ފޯމުގެ މަައުލޫމާތު ފުރިހަމަ ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ކަމަށާއި، ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި ފޯމު އަލުން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނެ ކަމަށެވެ. 

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ގިނަ ޕާޓީތަކުން  ތައްޔާރުވަމުންދާއިރު، އެމްޑީޕީގެ އެންމެ އިސް ލީޑަރ އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވިދާޅުވެފަ ވަނީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހަށް ބޭނުންވާ ކަމަށެވެ. އެމްޑީޕީން މުޅި ރާއްޖޭގައި ކުރަމުންދާ ކެމްޕެއިންގެ އިތުރު ހަރަކާތްތައް ކުރިއަށް ވެސް ރޭވިފައި އެބަ ހުއްޓެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް