23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ރައީސް ނަޝީދު

ރައީސް ޔާމިންގެ ސަރުކާރުގައި ހިންގަވާފައިހުރި ހުރިހާ ވައްކަމުގެ އަމަލުތައް ތަހުގީގުކޮށް ހޯދާނަން : ރައީސް ނަޝީދު

  • 70 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ވަންނަމުން ދިޔައިރު އެއްވެސް ބަޔަކަށް ފާހަގަ ނުކުރެވުމަކީ ގަބޫލުކުރެވޭނެކަމެއް ނޫން
  • އެކަށީގެން ވާ ވަގުތު ރައީސް ޔާމިންގެ ދިފާއުގައި ދޭންޖެހޭނެ
ދާނިޝް ނިޡާމް | Dhaanish_Nizam

| 11 ފެބުރުވަރީ 2019 | ހޯމަ 11:36 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ރައީސް ނަޝީދު ބިލެއްދޫގައި ބޭއްވި ޖަލްސާގައި -- ފޮޓޯ: ރާއްޖެ އެމްވީ

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގަވާފައިހުރި ހުރިހާ ވައްކަމުގެ އަމަލުތައް ތަހުގީގުކޮށް ހޯދާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބިކާކޯ ޔުނިވާސިޓީއަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް ފ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ބިލެތްދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ހަލާލު މަސަތްކަތް ކޮށްގެން ފައިސާ ހޯދީމައި ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ނުއުފުދޭނެ ކަމަށާއި މައްސަލައަކަށް ވަނީ ދައުލަތުގެ ހަޒާނާއިން އެތައް ރައްޔިތުންގެ ހައްގެއް ފޭރިގަންނާތީ ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ އެއް މައްސަލަކަމަށް ވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަޔަށް އަލިއަޅުއްވާ ލައްވައި ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލަޔާއި މެދު ކަންބޮޑުވާ ކަމަށާއި ދައުލަތުގެ އެކައުންޓަށް ވަންނަން ޖެހޭ 70 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ވަންނަމުން ދިޔައިރު އެއްވެސް ބަޔަކަށް ފާހަގަ ނުކުރެވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް އިހުމާލުވާމީހުން ސާފުކޮށް ޝަރިއަތް ހިންގެންޖެހޭނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

" ފުރަތަމަ ކަމަކަށް އަޅުގަނޑު ގެންދެބަލަ ޗެކެއް ޖަމާކުރަން ، 500 ސުވާލު ނުކުރޭތޯ ، 4 ލިޔުން ނުދޭތޯ ، އެންމެ ފަހުން ބްލަޑް ގްރޫޕު ވެސް ދައްކައިގެން ފައިސާ އެއްތަނުން އަނެއްތަނަށް ގެންދެވެނީ . އެކަމަކު އެމްއެމްޕީއާރުސީގެ ދައުލަތުގެ ފައިސާ އަމިއްލަ އެކައުންޓަށް ވަދެގެން ދިޔައިރު އެއްވެސް މީހަކަށް ނޭގުން . އިހުމާލުވިމީހުން ސާފުކުރަން ޖެހޭ " ރައީސް ނަޝީދު ވިދާޅުވިއެވެ.
 

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ވަން އެކައުންޓްތައް މީގެކުރިން  ވަނީ އެނގިފައި ކަމަށާއި އެ ފައިސާ ދިޔަ ހުރިހާ ފަރާތެއްގެ މައުލޫމާތު މީގެކުރިން ހާމަކޮށްފައިވާ ކަމަށެވެ. ފާއިތުވެގެންދިޔަ ސަރުކާރުގައި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ ބޭފުޅުންގެ ތަހުގީގުކޮށް ހައްގު އަދަބު ލިބެންޖެހޭ ފަރާތަކަށް އެ އަދަބު ލިބޭނެކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ރައީސް ނަޝީދު ވަނީ ކުށުގެ ތުހުމަތުން ބަރީއަވުމުގެ ފުރުސަތާއި ދެފުށް ފެންނަ އިންސާފުވެރި ޝަރީއަތެއްގެ އިތުރުން އެކަށީގެން ވާ ވަގުތު ރައީސް ޔާމިންގެ ދިފާއުގައި ދޭންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)ގެ މައްސަލައަކީ ފަހުގެ ތާރީހުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށާއި، އެފައިސާ 155 މީހެއްގެ އެކައުންޓަށް ވަން ކަމަށް އޭ.ސީ.ސީގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް