25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ރައްޔިތުންގެ މަޖިލިސް 2019

މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ދުވަހެއް އަދި ނޭގޭ!

  • ރިޔާސީ ބަޔާން އިއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފަހުގެ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު
  • ފާސްނުކޮށް މި ވަގުތު މަޖިލީހުގައި ހުރި ބިލްތައް ފާސްކޮށްދިނުމަށް ރައީސް ސޯލިހުވަނީ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައި
ހައްވާ މުހައްމަދު | @hawwimd

| 11 ފެބުރުވަރީ 2019 | ހޯމަ 11:13 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


ފަހު ދައުރުގެ ޖަލްސާތައް އަދި ނުފެށޭ -- ޓްވިޓަރ

މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ދުވަހެއް އަދިވެސް ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރިޔާސީ ބަޔާން އިއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފަހުގެ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. އޭގެ ފަހުން އަދި މަޖިލީހުގެ ޖަލްސާއެއް ތާވަލްކޮށްފައެއް ނުވެއެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ ފަހު ދައުރުގެ ޖަލްސާތައް ބާއްވާނެ ތާރީހެއް ނޭނގޭކަމަށާއި، ޖަލްސާއެއް ތާވަލް ކޮށްފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ބެލެވޭ ގޮތުގައި ފަހު ދައުރުގެ ޖަލްސާތައް ތާވަލްކުރެވިގެންދާނީ މަޖިލީހުގެ އިދާރާ މަރާމާތުކުރުމުގެ މަސައްކަތްތައް ނިމުމުން ކަމަށެވެ. މަރާމާތުތައް އަދި ނިމިފައިނުވާ ކަމަށާއި، ކުލަލުން ފަދަ ކުދިކުދި ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވި އެވެ. 

ރިޔާސީ ބަޔާން އިއްވުމަށް މި މަހު ހަތްވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ފާސްނުކޮށް މި ވަގުތު މަޖިލީހުގައި ހުރި ބައެއް ބިލްތައް އަވަހަށް ފާސްކޮއްދެއްވުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެގޮތުން ރިޔާސީ ކޮމިޝަންސްތަކަށް ޤާނޫނީ ބާރުވެރިކަން ދިނުމުގެ ބިލާއި، ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭ ބިލް ފަދަ ބިލްތައް އަވަހަށް ފާސްކޮއްދެއްވުމަށް ރައީސް ސޯލިހު ވަނީ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ސަރުކާރު ލެޖިސްލޭޓިވް އެޖެންޑާ ކުރިއަށް ގެންދަން ބޭނުންވާ މުހިންމު ބިލްތައް ފާސްނުކޮށް މަޖިލިސް ޗުއްޓީއަށް ދިއުމުން ރައީސް ސޯލިހުވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ދައުލަތައް ގެއްލިފައިވާ ފާއިސާ އާއި މަރުތައް ބަލާ ކޮމިޝަންސްތަކަށް ބާރުދޭ ބިލް ކަމަށްވާ ރިޔާސީ ކޮމިޝަންސްތަކުގެ ބިލް ފާސްނުކޮށް މެމްބަރުން ޗުއްޓީއަށް ދިއުމާއި ގުޅިގެން ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިގެން މި ބިލްތައް ފާސްކުރުމަށް މަސައްކަތް ކޮށްފައިވެވެ. ނަމަވެސް މެމްބަރުންގެ ފަރާތުން އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބިގެން ދައުރުން ބޭރުގެ ޖަލްސާއެއްވެސް ބޭއްވިފައެއް ނުވެ އެވެ. 

ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާއިރު، މަޖިލީހުގެ ގަވާއިދުގައިވާގޮތުން، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން އޭޕްރީލް މަހުގެ ނިޔަލަށެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މި ދައުރުގެ ޖަލްސާތައް ނިމުމާއެކު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވެ، 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ނިމުން އަންނާނެ އެވެ. އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބައްވަން ތާވަލްކޮށްފައިވާއިރު، ދެ ވަނަ ދައުރުގެ ޖަލްސާތައް ފެށިގެންދާނީ 19 ވަނަ ރައްޔިތުން މަޖިލީހާއެކު އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް