24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ކިމްޖޮން ނަމް އަވަހާރަކޮށްލުން

ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި

  • ސެލަންގޯގެ ފުލުހުންގެ ވެރިޔާ ވިދާޅުވީ ޕޯސްޓް މޯޓަމް ރިޕޯޓް ބުދަ ދުވަހު ހަވީރު ނިމިފައިވާކަމަށާއި ނަމަވެސް ރިޕޯޓް އާއްމުކުރާނެ ކަމެއް ކަށަވަރު ނުކޮށްދެވޭނެ ކަމަށް
އަބުދުﷲ މުހައްމަދު | 8Abbo

| 16 ފެބުރުވަރީ 2017 | ބުރާސްފަތި 15:31 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ތުހުމަތު ކުރެވޭ ދެ އަންހެނުންގެ ތެރެއިން އެކަކު ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރާއިރު ދެވަނަ މީހާ ވެސް މިހާރު ވަނީ ހައްޔަރުކޮށްފައި -- އަވަސް

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންގެ ބޭބެ ކިމް ޖޮންގ ނަމްގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ތަހުލީލުތައް ނިންމާލައިފިއެވެ.

މެލޭޝިއާގެ ކުއާލަ ލަމްޕޫރުން ފުރަންގޮސް ހުންނަވަނިކޮށް މިދިއަ ހޯމަ ދުވަހު ނަމް އަވަހާރަކޮށްލާފައިވަނީ ހަށިގަނޑަށް ވިހަ ލައިގެންނެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ އަންހެނުންގެ ތެރެއިން އެކަކު ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރާއިރު ދެވަނަ މީހާ ވެސް މިހާރުވަނީ ހައްޔަރުކޮށްފައެވެ.

ނަމް މަރާލާފައިވަނީ އުތުރުކޮރެއާއިން ކަމަށް ފުޅާދާއިރާއެއްގައި ތުހުމަތު ކުރެވެމުން ދިޔަ ނަމަވެސް މިހާތަނަށް އެކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ

ކިމް ޗޮލްގެ ނަމުގައި އެއާޕޯޓަށް ފުރަން ގޮސްހުރީ ކިމް ޖޮންގ ނަމް ކަން މެލޭޝިއާއަށް އަދިވެސް ކަށަވަރުކޮށްދެވިފައި ނުވާއިރު ދެކުނު ކޮރެއާއިން ވަނީ އެއީ ނަމް ކަމަށް ޔަގީންވާ ކަމަށް ބުނެފައެވެ.

ލީޑަރު ކިމް ޖޮން އުން އާ ކިމްޖޮން ނަމްގެ އަވަހާރަވެފައިވާ ބައްޕާފުޅު ކިމް ޖޮން އިލްގެ އުފަންދުވަސް އެގައުމުގައި ބުރާސްފަތި  ދުވަހު އަންނަނީ ފާހަގަ ކުރަމުންނެވެ.

ވެރިކަން ހިންގާ ޕާޓީގެ ބައްދަލުވުމެއްގައި ކިމް ޖޮން އުން ބުދަ ދުވަހު ބައިވެރިވެ ވަޑައިގެންފައިވާއިރު އޭނާ ފެނިފައިވަނީ ވަރަށް ސީރިއަސްކޮށް ހުންނަވަނިކޮށް ކަމަށާއި އާއްމުކޮށް ކަންކުރައްވާ އުސޫލުން ވަޑައިގަންނަވަމުން ވެސް ބަޔަކަށް އިޝާރާތެއް ކޮށްލައްވާފައި ނުވާ ކަމަށް ދެކުނުކޮރެއާގެ ޔޮނެޕް ނިއުސްއިން ރިޕޯޓްކޮށްފައި ވެއެވެ.

ސެލަންގޯގެ ފުލުހުންގެ ވެރިޔާ ވިދާޅުވީ ޕޯސްޓް މޯޓަމް ރިޕޯޓް ބުދަ ދުވަހު ހަވީރު ނިމިފައިވާ ކަމަށާއި ނަމަވެސް ރިޕޯޓް އާއްމުކުރާނެ ކަމެއް ކަށަވަރު ނުކޮށްދެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް