25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ހިޔާ މަޝްރޫއުު

ހިޔާ މަޝްރޫއުގެ މައްސަލާގައި މިނިސްޓަރު އާތިފާ މަޖިލީހަށް

  • ފުލެޓްތައް ލިބިފައިވާ މީހުންނަށް ދެން ވާނެ ގޮތް އޮޅުންފިލުވަން ބޭނުންވޭ
އަމްނާ އިމާދު | @amnabinthimad

| 11 ފެބުރުވަރީ 2019 | ހޯމަ 10:05 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ -- ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި ''ހިޔާ'' މަޝްރޫއުން ދޫކުރި ފްލެޓާ ގުޅޭ ގޮތުން ޖަވާބުދާރީ ކުރުވަން ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ރައްޔިތުންގެ މަޖިލިހަށް ހާޒިރުކުރުމަށް އެދިއްޖެއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. އޭނާ އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުން މެމްބަރުންނަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

ރިފާއު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ ތެރެއިން އެ ފްލެޓުތައް ލިބޭނެ ކަމަށް ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ، މިހާރު މަސައްކަތް ފަށާފައިވާ 7000 ދެ ކޮޓަރީގެ ފްލެޓާއި މަސައްކަތް ނުފަށައިވާ 2500 ދެ ކޮޓަރީގެ ފްލެޓުތަކަށް ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށް ދޭހަވާ ގޮތަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދާ ހަވާލާ ހަވާލާދީ މީޑިއާގައި ޚަބަރު ފެތުރިފައިވާ ކަމަށެވެ.

މެންބަރު ރިފާއު, މިނިސްޓަރު އާތިފާގެ އަރިހުން އެދިވަޑައިގަތީ އެ ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާ ކަން ސާފުކޮށްދެއްވުމަށެވެ. އަދި އެ ފްލެޓަށް ގެންނަ ބަދަލާއެކު ކުރިން އެފުލެޓްތައް ލިބިފައިވާ މީހުންނަށް ދެން ވާނެ ގޮތް އޮޅުންފިލުވައިދިނުމަށް އެދޭ ކަމަށެވެ.  

ޔާމީންގެ ދައުރުގައި އެންމެ ފަހު ވަގުތު އަވަސް އަރުވާލައިގެން ފުލެޓަށް ކުރިމަތިލާން ހުށަހަޅައި 7000 މީހަކަށް ވަނީ ފުލެޓް ދީފައެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ފުލެޓް ލިބުނު ކަމުގެ ލިއުންވެސް ވަނީ ހަވާލުކޮށްފައެވެ.

ހިޔާ މަޝްރޫއަށް ގިނަ އަދަދެއްގެ ބައެއް ކުރިމަތިލާފައިވާއިރު، ފްލެޓްދީފައިވަނީ ހައްގުވެރިންނަށް ނޫން ކަމަށް ތުހުމަތުކޮށްފައެވެ.އެހެންކަމުން ފްލެޓްގެ މައްސަލަތައް ބެލުމަށް ކޮމެޓީއެއް ވަނީ އެކުލަވާލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް