22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ކާނާ ވިހަވުން

ފެލިވަރުގެ މުވައްޒަފުންނަށް ކާނާ ވިހަ ވުމުގެ މައްސަލައެއް ދިމައެއްނުވޭ: ފެލިވަރުގެ މެނޭޖަރ

  • ނައިފަރު އަތޮޅު ހޮސްޕިޓަލުގައި 5 މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ
  • ނައިފަރުން ޑޮކްޓަރުންގެ ޓީމެއް ފެލިވަރަށް ގޮސް ބަލިވި މީހުން ބަލާފައިވޭ
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 11 ފެބުރުވަރީ 2019 | ހޯމަ 10:01 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ޅ. ފެލިވަރުގެ ދަޅުގައި މަސްބަންދު ކުރާ ކާރުޚާނާ -- ރާއްޖެއެމްވީ

ޅ. ފެލިވަރުގައި "ދަޅުގައި މަސްބަންދު ކުރާ ކާރުޚާނާ" ގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ކާނާ ވިހަ ވުމުގެ މައްސަލައެއް ކުރިމަތި ނުވާކަމަށް އެރަށުގެ މެނޭޖަރ މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮރާމްގައި ވާހަކަ ދައްކަވަމުން މުހައްމަދު އބްރާހިމް ވިދާޅުވީ ކާނާ ވިހަވުމުގެ އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށާއި މިދުވަސްކޮޅަކީ ބޭރަށް ހިންގުމާއި ހުންއައުމާއި ރޯގާ ޖެހޭ މިންވަރު އިތުރުވެފައިވާ ދުވަސްކޮޅަކަށް ވުމާއިއެކު ފެލިވަރުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކަށް ވެސް ދިމާވީ އެފަދަ މައްސަލައެއް ކަމަށެވެ.

އާދިއްތަ ދުވަހު ނައިފަރުގެ އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރުންގެ ޓީމެއް ފެލިވަރަށް ގޮސް ބަލިވި މީހުން ބަލާފައިވާ ކަމަށާއި ނަމަވެސް ޑޮކްޓަރުން ވެސް އެފަދަ ކަމެއް ފާހަގަ ކުރަށްވާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު އިތުރަށް ވިދާޅުވީ އަލަށް އެތަނަށް ވަޒީފާއަށް ދާ ކުދިންނަށް ވެސް ބައެއްފަހަރު އެފަދަ މައްސަލަތައް ދިމާވެފައިވާ ކަމަށާއި ނަމަވެސް އެއީ ކާނާޔާ މާހައުލު  ބަދަލުވުމުން ދިމާވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ނައިފަރު ކައުންސިލްގެ މެންބަރު ވިދާދު އަބްދުﷲ ވެސް ވަނީ ނައިފަރުން ޑޮކްޓަރުންގެ ޓީމެއް ފެލިވަރަށް ދިޔަ ކަން ރާއްޖެޓީވީއަށް ކަށަވަރު ކޮށް ދެއްވާފައެވެ.  

ކައުންސިލްގެ މެމްބަރު ވިދާދު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފެލިވަރުގައި ވަޒީފާ އަދާކުރާ 4 މީހުން ނައިފަރަށް ގެނެސް ފަރުވާ ދީފައިވާ ކަމަށާއި އޭގެތެރެއިން 2 މީހުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލި ފަހުން އާދިއްތަ ދުވަހު އިތުރު 4 މީހަކު ނައިފަރު ހޮސްޕިޓަލަށް ގެނެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ރޭ ދޫކޮށްލާފައިވާއިރު މިހާރު ހޮސްޕިޓަލުގައި 5 މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާއި ބެހޭގޮތުން މިފްކޯއިން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފެލިވަރަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އުފައްދާ ކާރުހާނާއެއް ހިންގާތަނަކަށްވީ ހިނދު، އެތަނުގެ ސާފުތާހިރު ކަމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކެއްގައި ބަލަހައްޓަމުން އަންނަ ތަނެއް ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފެލިވަރުގެ މުއައްޒަފުން ކެއިން ބުއިމަށް ބޭނުންކުރާ ތަކެއްޗާއި، އެތަކެތި ތައްޔާރުކުރާ ތަންތަނާއި، ބޭނުންކުރާ ވަސީލަތްތަކުގެ ސަބަބުން ކާނާ ވިހަވުމަކީ ނާދިރު ކަމެއް ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް