16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

އެސްޓީއޯ ހުޅުމާލެ ހޮޓާ

އެސްޓީއޯގެ ހޮޓާ ގަންނަން 10 ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރި

  • އޭގެ ތެރެއިން ލިއެކިއުންތައް ހުށައެޅީ 5 ފަރާތަކުން
  • ލިއެކިއުންތައް ހަމަކުރި 4 ފަރާތަކީ ބޭރުގެ ފަރާތްތައް
ލައިޝާ އަހްމަދު | LailaAhmeds

| 11 ފެބުރުވަރީ 2019 | ހޯމަ 09:42 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


އެސްޓޯއޯ އިން ބޭއްވި ޕްރެސް ކޮންފަރެންސް -- ރާއްޖެއެމްވީ

ހުޅުމާލޭގައި އެސްޓީއޯއިން އިމާރާތް ކޮށްފައިވާ ހޮޓާ ގަންނަން 10 ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރި ކަމަށް އެސްޓީއޯއިން ބުނެފިއެވެ. 

އާދިއްތަ ދުވަހު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވީ، ހޮޓާ ގަތުމަށް 10 ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރި ކަމަށާއި، އޭގެ ތެރެއިން 5 ފަރާތަކާއި މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. 

" އެ ފަރާތުން ވެސް އަޅުގަނޑުމެންނަށް ފޮނުވަންޖެހޭ ލިއެކިއުންތައް ހުރޭ. އެހެންވީމަ އަޅުގަނޑުމެންނަށް މި އާރ.އެފް.ޕީ އާ މި ޕްރޮކިއުމަންޓް ޕްރޮސަސް ބައްޓަން ކުރެވިފަ އޮންނަ ގޮތުން ވަކި މުއްދަތެއްގެ ތެރޭގައި އެ އެއްޗެހި ނުލިބޭ ކަމަށް ވަންޏާ އަޅުގަނޑުމެންނަކަށް ނޯވޭ އެ ފަރާތްތަކާ އެކު އިތުރަށް މަސައްކަތް ކުރިއަށްގެންދެވޭކަަށް" މިހާދު ވިދާޅުވިއެވެ. 

އޭގެ ތެރެއިން 4 ފަރާތަކީ ބޭރުގެ ފަރާތްތައް ކަމަށްވެސް މިހާދު ވިދާޅުވިއެވެ. 

އެކަމާ ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު  ވިދާޅުވީ، 10 ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރި ނަމަވެސް ހުށައަޅަންޖެހޭ ހުރިހާ ލިއެކިއުންތައް ހުށައަޅާފައިވަނީ 5 ފަރާތަކުން ކަމަށާއި، މިހާރު އެ މަސައްކަތް އޮތީ އެ ފަރާތްތަކާ އެކު މައުލޫމާތު ބަދަލުކޮށް ބިޑް ހުށައެޅުމުގެ މަރުހަލާގައި ކަމަށެވެ. އެ މަރުހަލާ  އަންނަ މަހު ނިމޭނެ ކަމަށް ލަފާ ކުރައްވާ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ. 

އެސްޓީއޯ އިން 2011 ވަނަ އަހަރު ހުޅުމާލޭގައި އަޅަން ފެށި ހޮޓާ ވިއްކާލަން މި ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ. އެގޮތުން އެސްޓީއޯ އިން އޭރު ކުރި އިއުލާނުގައި ބުނެފައި ވަނީ، އެ ކުންފުނިން އިމާރާތް ކުރަން ފެށި 250 ކޮޓަރީގެ ހޮޓާ ގަންނަން ނުވަތަ އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުން ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި، ހޮޓާ ގަތުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް