25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ގްރެމީ އެވޯޑްސް 2019

ގްރެމީސް 2019: މިއުޒިކްގެ އެންމެ ޝަރަފުވެރި އެޥޯޑް ހަފްލާގައި މިޝޭލް އޮބާމާގެ ހާއްސަ ފެނިލުމެއް

  • 61 ވަނަ ގްރެމީ އެވޯޑްސް ހޯސްޓް ކުރީ 'އެމްޕަޔަރ ސްޓޭޓް އޮފް މައިންޑް' އާއި 'ގަރލް އޮން ފަޔަރ' ފަދަ ލަވަތައް ކިޔާފައިވާ 15 ގްރެމީސް ހާސިލްކޮށްފައިވާ އެލީޝާ ކީޒް
އައިޝަތު ޝާނީ | Shaaknee

| 11 ފެބުރުވަރީ 2019 | ހޯމަ 09:15 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


(ކ - ވ) ޖެނިފަރ ލޮޕެޒް، މިޝޭލް އޮބާމާ، ހޯސްޓް އެލީޝާ ކީޒް، ޖޭޑާ ޕިންކެޓް ސްމިތު އަދި ލޭޑީ ގާގާ -- ގެޓީ އިމޭޖާސް

މިއުޒިކް ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައި ގްރެމީ އެވޯޑްސް ހޯމަ ދުވަހު ވަނީ ބާއްވާފައެވެ.

61 ވަނަ ގްރެމީ އެވޯޑްސް ހޯސްޓް ކުރީ 'އެމްޕަޔަރ ސްޓޭޓް އޮފް މައިންޑް' އާއި 'ގަރލް އޮން ފަޔަރ' ފަދަ ލަވަތައް ކިޔާފައިވާ 15 ގްރެމީސް ހާސިލްކޮށްފައިވާ އެލީޝާ ކީޒްއެވެ.

އޭނާ ޝޯވ ފަށާފައިވަނީ މުނިފޫހިފިލުވުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އަންހެން ފަންނާނުންތަކަކާއެކުއެވެ. އޭގެ ތެރޭގައި ޖެނިފަރ ލޮޕެޒް، ލޭޑީ ގާގާ އަދި ޖޭޑާ ޕިންކެޓް ސްމިތުގެ އިތުރުން ވަރަށް ހާއްސަ ފަރާތެއް ހިމެނެއެވެ. އެއީ އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ، މިޝޭލް އޮބާމާއެވެ.

ސްޓޭޖަށް ވަޑައިގެން މިޝޭލް ވާހަކަދައްކަން ފެއްޓެވުމުން ހަފްލާއަށް ގޮސްތިބި ފަންނާނުން ވަނީ އެކަމަނާއަށް ހޫނު ތަރުހީބެއް ދީފައެވެ.

މައިލީ ސައިރަސްއާއި ޑޮލީ ޕާޓާން -- ފޮޓޯ: ގެޓީ އިމޭޖަސް

މި އަހަރުގެ ގްރެމީސްގައި ޕަރފޯމް ކުރަން ބައެއް ބޮޑެތި ތަރިންތަކެއް އިންކާރު ކޮށްފައިވީ ނަމަވެސް، އެހެން ގިނަ ފަރާތްތަކެއް ވަނީ ޕަރފޯމް ކޮށްފައެވެ. ޕަރފޯމް ކުރި ފަރާތްތަކުގެ ތެރޭގައި، ލޭޑީ ގާގާ، ކާޑީ ބީ، ޓްރެވިސް ސްކޮޓް، ޖެނިފަރ ލޮޕެޒް، ޑަޔާނާ ރޮސް، ޑޮލީ ޕާޓަން އާއި މައިލީ ސައިރަސް އަދި ހޯސްޓް އެލީޝާ ކީޒް ހިމެނެއެވެ.

މަޝަހޫރު ލަވަކިޔުންތެރިޔާ، 74 އަހަރުގެ ޑަޔާނާ ރޮސް -- ފޮޓޯ: ރޮއިޓަރސް

61ވަނަ ގްރެމީސްގައި ޕަރފޯމް ކުރަން އިންކާރުކުރި ފަރާތްތަކުގެ ތެރޭގައި ހިމެނޭ ޗައިލްޑިޝް ގެމްބީނޯ، ނުވަތަ ޑޮނަލްޑް ގްލޮވަރގެ 'ދިޒް އިޒް އެމެރިކާ'އަށް 'ސޯންގްް އޮފ ދަ ޔިއަރ' ލިބިފައިވާއިރު، މިއީ މި އެވޯޑް ހާސިލްކުރި ފުރަތަމަ ރެޕް ލަވައެވެ.

މީގެ އިތުރުން މި އަހަރުގެ ގްރެމީސްގައި އެމެރިކާގެ މިއުޒިކް ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ޖޯޑުކަމަށްވާ ބިޔޯންސޭއާއި ޖޭ-ޒީއަށް ވަނީ 'ބެސްޓް އަރބަން ކޮންޓެމްޕޮރެރީ އަލްބަމް' އެވޯޑް ލިބިފައެވެ. އެ މީހުންގެ 'އެވްރިތިންގ އިޒް ލަވް'އަށް ލިބުނު މި އެވޯޑާއެކު ބިޔޯންސޭ މިހާރު ވަނީ 23 ގްރެމީސް ހާސިލްކޮށްފައެވެ. އަދި 22 ގްރެމީސްއާއެކު އެންމެ ގިނަ ގްރެމީ ހާސިލް ކުރި ރެޕް އާޓިސްޓަސް ޖޭ-ޒީ ވެގެންދިޔައެވެ.

 

61 ވަނަ ގްރެމީސްގައި އެވޯޑް ހާސިލް ކުރި ފަރާތްތަކުގެ ފުރިހަމަ ލިސްޓް

 

ހަރ. -- ފޮޓޯ؛ ގެޓީ އިމޭޖަސް

ބެސްޓް އާރް އެންޑް ބީ އަލްބަމް – 'ހަރ،' ހަރ

ބެސްޓް ކަންޓްރީ އަލްބަމް – 'ގޯލްޑަން އަވަރ،' ކޭސީ މުސްގްރޭވްސް

ކޭސީ މުސްގްރޭވްސް. ފޮޓޯ؛ އޭޕީ

އަލްބަމް އޮފް ދަ ޔިއަރ - 'ގޯލްޑަން އަވަރ،' ކޭސީ މުސްގްރޭވްސް

ރެކޮޑް އޮފް ދަ ޔިއަރ – 'ދިސް އިޒް އެމެރިކާ،' ޗައިލްޑިޝް ގެމްބީނޯ

ސޯންގް އޮފް ދި ޔިއަރ - 'ދިސް އިޒް އެމެރިކާ،' ޗައިލްޑިޝް ގެމްބީނޯ

ބެސްޓް ނިއު އާޓިސްޓް – ޑުއަ ލިޕާ

ބެސްޓް ޕޮޕް ޕަރފޯމަންސް – 'ސްވީޓްނަރ،' އާރިއާނާ ގްރާންޑޭ

ބެސްޓް ޕޮޕް ޑުއޯ/ގްރޫޕް ޕަރފޯމަންސް – 'ޝެލޯ،' ލޭޑީ ގާގާ އާއި ބްރޭޑްލީ ކޫޕަރ

ކާޑީ ބީ. ފޮޓޯ؛ ގެޓީ އިމޭޖަސް

ބެސްޓް ރެޕް އަލްބަމް – 'އިންވޭޝަން އޮފް ޕްރައިވެސީ،' ކާޑީ ބީ

ބެސްޓް ރެޕް ސޯންގް – 'ގޯޑްސް ޕްލޭން،' ޑްރޭކް

ޑްރޭކް. ފޮޓޯ؛ ގެޓީ އިމޭޖަސް

ބެސްޓް ކަންޓްރީ ސޯންގް – 'ސްޕޭސް ކައުބޯއި،' ކޭސީ މުސްގްރޭވްސް

ބެސްޓް އާރް އެންޑް ބީ ޕަރފޯމަންސް'ބެސްޓް ޕާޓް،' ހަރ އަދި ޑޭނިއަލް ސީޒަރ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް