16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އެމްއެންޑީއެފް

އަންހެން ސިފައިންނަށް ހާއްސަކޮށްގެން ހިންގާ

  • ޕްރޮގުރާމް ކުރިޔަށް ގެންދަނީ 8 ހަފްތާއަށް
ދާނިޝް ނިޡާމް | Dhaanish_Nizam

| 11 ފެބުރުވަރީ 2019 | ހޯމަ 07:31 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ޑިފެންސް މިނިސްޓަރ ޕްރޮގުރާމުގެ ބައިވެރިންނާއި އެކު -- އާކައިވް

ދިވެހި އަސްކަރިއްޔާގައި މަސައްކަތްކުރާ އަންހެން ސިފައިންނަށް ހާއްސަކޮށްގެން ހިންގާ "މޫދު ކަސްރަތު ޕްރޮގްރާމް" ފަށައިފިއެވެ.

އާދިއްތަ ދުވަހު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ ޕްރޮގްރާމުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

8 ހަފްތާގެ މުއްދަތަށް ހިންގޭ މި ޕްރޮގްރާމަކީ އެމްއެންޑީއެފްގައި މަސައްކަތްކުރާ އަންހެން ސިފައިންގެ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމެކެވެ. ޖުމްލަ 55 އަންހެން ސިފައިން ބައިވެރިވާ މި ޕްރޮގްރާމުގެ ކުލާސްތައް ކުރިއަށްދާނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކިއެކި ސަރަހައްދުތަކުގައިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އަންހެން ސިފައިންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމުގައި 3 ވަނައެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ބިގަސްޓް ލޫޒާ އަށް ހޮވޭ 3 ފަރާތް، މޯސްޓް މޯޓިވޭޓަރ އަދި ކުއީން އޮފް ދަ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ޗީފް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވަނީ ފިޒިކަލް ޓްރޭނިންގ އިންސްޓްރަކްޓަރ، ވޮރަންޓް އޮފިސަރ 1 އިސްމާޢީލް އަޙްމަދެވެ.

"މޫދު ކަސްރަތު ޕްރޮގްރާމް" ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އާއި އެކި ރޭންކުތަކުގެ ގިނަ އަދަދެއްގެ އަންހެން ސިފައިން ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް