25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ކްރިކެޓް

ކްރިކެޓް ވޯލްޑްކަޕް ކާމިޔާބުކުރި ކުޅުންތެރިން ރާއްޖެއާ ދެކޮޅަށް ހުކުރު ދުވަހު ނިކުންނަނީ!

  • އެއާ އިންޑިއާ ޓީމު ރާއްޖެ އަންނާނީ ބުރާސްފަތި ދުވަހު
ލީވާން އަލީ | MrLeevaan

| 11 ފެބުރުވަރީ 2019 | ހޯމަ 06:10 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


ހަރްބަޖަން ސިން (ކ) އަދި ޔުވްރާޖް ސިންގް (ވ) -- ޓްވިޓަރ

އިންޑިއާއާއެކު 2011 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ޔުވްރާޖް ސިންގް އާއި ހަރްބަޖަން ސިންގް ހިމެނޭ އެއާ އިންޑިއާ ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ހުކުރު ދުވަހު އެކުވެރިކަމުގެ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިއާ ޓިމާއި ރާއްޖެ ޓީމު ބައްދަލުކުރާ މި މެޗު އޮންނާނީ ހުކުރު ދުވަހުގެ މެންދުރުފަހެވެ.

މީގެ ކުރިން ސްރީ ލަންކާގެ މަޝްހޫރު ބައެއް ކުޅުންތެރިން ރާއްޖޭގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައިވާއިރު، ޔުވްރާޖް އާއި ހަރްބަޖަން ވާނީ ރާއްޖޭގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅޭ އެންމެ މަޝްހޫރު ދެ ކުޅުންތެރިންނަށެވެ.  

އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީސްގެ ނަމުގައި، ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި ކްރިކެޓް ބޯޑް އަދި އިންޑިއާ އެމްބަސީ ގުޅިގެން ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ ސީރީސްއެކެވެ.

މި ސީރީސްގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކެޕްޓަންކަން ކުރައްވާ ޓީމަކާ ދެކޮޅަށް ރާއްޖެއަށް އަންނަ އިންޑިއާ ޓީމު ހުކުރު ދުވަހު އެކުވެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅިވަރު އެކުވެނީ އެއް ނަމްބަރު ދަނޑުގައި ހުކުރު ދުވަހު ހެނދުނު ކުޅޭ މި މެޗުގައި ސަރުކާރުގެ އިސްވެރިންނާއި ކުރީގެ މަޝްހޫރު ކުޅުންތެރިން ވެސް ކުޅޭނެ އެވެ. އޭގެ ތެރޭގައި ކްރިކެޓް ބޯޑުގެ ރައީސް އަހުމަދު އަފްލާހް އާއި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް އާއު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ މޫސާ ކަލީމް ހިމެނެ އެވެ.

މީގެ އިތުރުން ޗަމްޕާ ހުސެއިން އަފީފް އާއު ކެރަފާ އަހުމަދު ނަސީމް އާއި އިބްރާހިމް އިބްރާހިމް ނޫރައްދީންވެސް ރައީސް ކެޕްޓަންކަން ކުރައްވާ ޓީމުން ފެނިގެންދާނެއެވެ.

އިންޑިއާ ޓީމުގައި ކުރީގެ ކުޅުންތެރިންގެ އިތުރުން އިންޑިއާ ގައުމީ ޓީމަށް ކުޅެފައިވާ ފަސް ކުޅުންތެރިއެއްގެ އިތުރުން މިހާރު ވެސް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ކުޅޭ ފަސް ކުޅުންތެރިން ހިމެނޭނެ އެވެ.

ހުކުރު ދުވަހު ކުޅޭ މި ދެ މެޗަށް އެއާ އިންޑިއާ ޓީމު ރާއްޖެ އަންނާނީ ބުރާސްފަތި ދުވަހު އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ، އިންޑިއާ އެކު މިފެށިގެންދިޔަ ކަމަކީ ކުޅިވަރުގެ މުސްތަގުބަލުގައި އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅަކަށްވާއިރު އެހެން ކުޅިވަރުތައް ޕްރޮމޯޓް ކުރުމަށް ވެސް މިފަދަ އިވެންޓްތައް ރޭވިގެންދާނެ ކަމަށާއި މި ކަމަކީ ޔޫތު ޑިވޮލަޕްމަންޓަށް ކުރެވޭ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ.

ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު އަފްލާހް ވިދާޅުވީ މިއީ ރާއްޖޭގެ ކްރިކެޓްގެ ތާރީހުގައި ވެސް ރަން އަކުރުން ފަވާލަން ޖެހޭނެ ކަމެއް ކަމަށާއި، މި ފުރުސަތު މަގުފަހިކޮށްދިނީތީ މިނިސްޓްރީ އަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ފުއާދު

2 މަސް ކުރިން

ކޮބާ ޒައީމް

0
0
އޮރެންޖް

2 މަސް ކުރިން

ދުވަހަކުވެސް އިންޑިއާގެ ގައުމީ ކްރިކެޓް ޓީމާ ރާއްޖޭގެ ޓީމަކާ މެޗެއް ކުޅެފައެއް ނެތް. އެކުވެރިކަން އޮތްވަރު އެބަ ދައްކާދޭ

2
0