25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބްއާ އެއްވަރުވެ ބާސާއިން ފުރުސަތު ނަގާލައިފި

  • ބާސާ އާއި އެތުލެޓިކް ކްލަބް ބައްދަލުކުރި މެޗު ނިމުނީ 0-0 އިން
ލީވާން އަލީ | MrLeevaan

| 11 ފެބުރުވަރީ 2019 | ހޯމަ 05:11 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


ބާސާ އާއި އެތުލެޓިކް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން -- ޓްވިޓަރ

ސްޕެނިޝް ލަލީގާގައި އެތުލެޓިކް ކްލަބްއާ އެއްވަރުވެ، ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ލީޑު ނެގުމަށް ލިބުނު ފުރުސަތު ބާސެލޯނާއިން ނަގާލައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ބާސާ އާއި އެތުލެޓިކް ކްލަބް ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

އެތުލެޓިކް ކްލަބް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ ބާސާއިންނެވެ. އެގޮތުން އެޓީމުން ވަނީ އެތުލެޓިކް ކްލަބްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތައް ފޮނުވާލާފައެވެ.

މި ހާފްގައި އެތުލެޓިކް ކްލަބްގެ ފަރާތުންވެސް ވަނީ ހަމަލާތަކެއް ފެނިގެންގޮސްފައެވެ. ނަމަވެސް އެ ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެން ބާސާއިން އެޓީމުގެ އެޓޭކްތައް ވަރުގަދަކުރި ނަމަވެސް އެތުލެޓިކް ކްލަބުން ވަނީ މޮޅު ޑިފެންސެއްކޮށް ބާސާގެ ހަމަލާތައް ދިފާއުކޮށްފައެވެ.

މި ހާފްގައިވެސް އެތުލެޓިކް ކްލަބްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 23 މެޗުން ލިބުނު 51 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން އެޓީމު މޮޅުވިނަމަ 53 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 8 ޕޮއިންޓްގެ ލީޑެއް ނެގޭނެއެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 23 މެޗުން ލިބިފައިވަނީ ލިބިފައިވަނީ 45 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް