16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

އެންވަޔަރަމަންޓް މިނިސްޓްރީ

ސަމަކާރަ ލޭބަލްގެ ފަރުމާއެއް ކަނޑައެޅުމަށް އާންމުންގެ ވޯޓަކަށް

  • މިއީ ކަރަންޓުގެ ހަރަދު ކުޑަ އާލާތްތައް ދެނެގަތުމަށް ކުރާ ސަރވޭއެއް
ސިމާހާ ނަސީމް | sim_kamana

| 11 ފެބުރުވަރީ 2019 | ހޯމަ 00:42 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ސަމަކާރަ ލޭބަލްގެ ފަރުމާއެއް ކަނޑައެޅުމަށް އާންމުންގެ ވޯޓު ހޯދަނީ -- އާކައިވް

ރާއްޖެއަށް ތައާރަފް ކުރުމަށް މަސައްކަތް ކުރާ އެނަރޖީ އެފިޝަންސީ ލޭބަލްގެ ނަމޫނާއަށް އާންމުންގެ ޚިޔާލު ހޯދުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން އާދިއްތަ ދުވަހު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ދަށުން ހިންގަމުން އަންނަ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު ތައްޔާރުކުރާ އެނަރޖީ އެފިޝަންސީ ލޭބަލް ޕްރޮގްރާމަކީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ކުރިއަށްގެންދާނެ ލޭބަލް ޕްރޮގްރާމެކެވެ. 

މި ލޭބަލް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ބާޒާރަށް ވިއްކަން ނެރޭ އައިސްއަލަމާރި، އޮޓޮމެޓިކް ދޮންނަމެޝިން އަދި އެއަރކޮންޑިޝަން ރާއްޖެއަށް އެތެރެ ކުރުމުގެ ކުރިން އެ ތަކެއްޗަކީ ރާއްޖޭގެ އެނަރޖީ އެފިޝަންސީ މިންގަނޑަށް ފެތޭ ތަކެތިތޯ ބަލައި، މިންގަނޑަށް ފެތޭ ތަކެތިން ބޭނުންކުރާ ކަރަންޓުގެ މިންވަރާއި ސަމަކާރަ މިންވަރު ދެނެގަނެ އެ އާލަތެއް ފެތޭ ދަރަޖައިގެ ލޭބަލެއް ހަރުކުރެވިފައި ހުންނާނެއެވެ.

ކަރަންޓު ބޭނުންކުރާ މިންވަރާއި ހަކަތަ ސަމަކާރަ މިންވަރު އަންގައިދޭ ސަމަކާރަ ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ. އެގޮތުން އެންމެ ފުރަތަމަ ދަރަޖައިގެ ލޭބަލް އަކީ ހަކަތަ ސަމަކާރަ މިންގަނޑަށްފެތޭ އެންމެ ކުޑަ މިންވަރު އަންގައިދޭ ލޭބަލެވެ. އަދި ފަސްވަނަ ދަރަޖައިގެ ލޭބަލަކީ ހަކަތަ ސަމަކާރަ މިންގަނޑުގެ އެންމެ މަތީ ދަރަޖަ އަންގައިދޭ ލޭބަލެވެ.

މޯލްޑިވްސް އެނަރޖީ އޮތޯރިޓީން އޮންލައިންކޮށް ކުރިއަށްގެންދާ މި ސާރވޭގައި އެނަރޖީ ލޭބަލްގެ ދެ ނަމޫނާ އެއްވަނީ ހިމަނާފައެވެ. އެގޮތުން ޑޯމް ބައްޓަމަށް ފަރުމާކޮށްފައިވާ ލޭބަލްގައި ދަރަޖަ އަންގައިދިނުމަށް ބޭނުންކުރެވިފައިވަނީ ތަރި އާއި ނަމްބަރެވެ.

އެގޮތުން ތަރި ލޭބަލްގެ އެންމެ މަތީ ދަރަޖަ ފަސް ތަރި ލޭބަލުން އަންގައިދޭއިރު އަދަދު ހިމަނައިގެން ތައްޔާރުކޮށްފައިވާ ނަމޫނާގައި ފަސް ވަނަ ދަރަޖައިގެ ލޭބަލް ރަމްޒުކޮށްދޭނީ ހަކަތަ ސަމަކާރަ މިންވަރު އެންމެ ރަނގަޅު ކަރަންޓު އާލާތްތަކެވެ.

މި މައުލޫމާތުގެ އިތުރުން ކޮންމެ ދަރަޖައެއްގެ ލޭބަލުގައިވެސް އެ ލޭބަލެއް ހަރުކުރެވިފައި ހުންނަ އާލަތަކުން މަހެއްގެ މައްޗަށް އެވްރެޖްކޮށް ބޭނުންކުރާނެ ކަރަންޓުގެ މިންވަރާއި އެނަރޖީ އެފިޝަންސީ ރޭޝިއޯ ހިމަނާފައިވާނެއެވެ.  

ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުންނަ ކަރަންޓު އާލާތްތަކުގައި ހަރުކުރަން ތައްޔާރުކުރާ މި ލޭބަލަކީ އެއް ވައްތަރުގެ، އެއް ވަރުގެ އާލާތްތައް އަޅާކިޔާ އިރު ކަރަންޓު މަދުންބޭނުންކުރާ އާލާތްތައް ދެނެގަތުމަށް ކަސްޓަމަރުންނަށް ފަސޭހަކުރުމަށާއި އެފަދަ އާލާތްތަކުން ކަރަންޓު ބޭނުންކުރާ މިންވަރާއި ގުޅޭ ސައްހަ މަޢުލޫމާތު އަންގައިދިނުމުގެ މަޤްސަދުގައި ހަރުކުރާ ލޭބަލެކެވެ.

ދިރިއުޅުން ފަސޭހަކުރުމަށްޓަކައި ބޭނުންކުރާ ތަފާތު ބާވަތުގެ ކަރަންޓު އާލާތްތަކުގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެގެން ދިއުމަކީ ގިނަބަޔަކަށް އެކަމުގެ ސަބަބުން ތަކުލީފުތަކެއް ކުރިމަތިވާކަމަކެވެ. އިސްރާފުވާ ފައިސާއާއި ބޭކަރުގޮތުގައި އަންދާ ތެލުގެ ސަބަބުން ތިމާވެއްޓަށްލިބޭ ގެއްލުމަކީވެސް އިޔާދަ ނުކުރެވޭނެ ޤެއްލުންތަކެކެވެ. އެހެންކަމުން ހަކަތަ ސަމަކާރަ އާލާތްތައް ބޭނުންކުރާ ވަރު އިތުރުކޮށް ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވޭނެއެވެ

މި ސަރވޭގައި ބައިވެރިވެވޭނީ https://goo.gl/forms/gfTYEH8Oh7fMzxAp2 މި ލިންކް މެދުވެރިކޮށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް