24 ޖެނުއަރީ 2019 | ބުރާސްފަތި | 06 ހުވަން
18 ޖުމާދަލްއޫލާ 1440
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
މަޣްރިބް 18:18
އިޝާ 19:33

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓ

ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު

  • ރަޝިއާގެ އެމްބަސެޑަރާ ފްލިން ފޯނުން ގުޅުއްވައިގެން މަޝްވަރާ ކުރައްވާފައިވަނީ ސަރުކާރުގެ މަގާމަށް އޭނާ އައްޔަން ކުރުމުގެ ކުރިން
އަބުދުﷲ މުހައްމަދު | 8Abbo

| 16 ފެބުރުވަރީ 2017 | ބުރާސްފަތި 15:07 | |

މަގުބޫލް

  1. 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
  2. އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
  3. މާކުރަތު އިންޖީނުގެއަށް ދޫކުރި 300 ވުރެ ގިނަ ލީޓަރުގެ ތެޔޮ ބޭރުވެއްޖެ
  4. މިއީ ތައުލީމީ މުއައްސަސާއެއް، ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވަން: މަންދު ކޮލެޖު
  5. ހަތަރު ލީޑަރުންގެ ބައްދަލުވުން މި މަހު ބާއްވާނެ ތާރީހެއް ކަނޑައަޅާނެ ފަރާތެއް ނޭނގުނު!
  6. މަރުތައް ބަލާ ކޮމިޝަނުން ޕްރޮފެސަރ އުގެއިލްގެ އެހީތެރިކަން ހޯދަން ފަށައިފި
  7. ކޮން ޖަޒީރާ ރާއްޖެއްތޯ؟ ދިވެހިރާއްޖޭއެއް ނޫންތޯ ދިވެހިރާއްޖޭ އަކީ: ގާސިމް
  8. ޓެކްސްއަށް މަކަރު ހެދިކަމަށް ރޮނާލްޑޯ އެއްބަސްވެއްޖެ


ފްލިންގެ އިތުރުން ޓްރަމްޕްގެ ކެމްޕެއިން ޓީމާ އަރިސް އެހެން ބޭފުޅުން ވެސް ރަޝިއާގެ އިންޓެލިޖެންސް އޮފިޝަލުންނާ މުއާމަލާތްތައް ތަކުރާރުކޮށް ކުރައްވާފައިވާކަން އެނގޭ -- ޓްވިޓަރ

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ފުރަތަމަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި ރަޝިއާ އާއި  އޮތް ގުޅުން ފުޅާދާއިރާއެއްގައި ތަހުގީގުކުރުމަށް ގޮވާލަމުންދާ ގޮވާލުމާ ރިޕަބްލިކަން ޕާޓީގައި އިސްކޮޅޮށް އުޅުއްވާ މެންބަރުންތަކެއް ގުޅިވަޑައިގެންފިއެވެ.

 

ޓްރަމްޕް މަގާމާ ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން އެމެރިކާއިން ރަޝިއާއަށް އެޅި ދަތިކުރުމުގެ ފިޔަވަޅާ ބެހޭގޮތުން ފްލިން ރަޝިއާގެ އެމްބަސެޑަރާ ފޯނުން މަޝްވަރާ ކުރެއްވި މައްސަލަ ފެންމަތިވުމުން އޭނާ މަގާމުން އިސްތިއުފާދެއްވީ ހޯމަ ދުވަހުއެވެ.

 

ވައިޓްހައުސްގެ ތަރުޖަމާނު އަންގާރަ ދުވަހު ވިދާޅުވީ ރަޝިއާ އެމްބަސެޑަރާ ވާހަކަދެއްކެވި ފޯން ކޯލް ގެ މައުލޫމާތު މީގެ ހަފްތާތަކެއް ކުރިން ރައީސް ޓްރަމްޕްއަށް އެނގިވަޑައިގަންނަވާކަމަށެވެ. ނަމަވެސް މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާ ގޮވާލުމަށް ރިޕަބްލިކަންގެ ފަރާތުން ލިބެމުންދަނީ ފިނި ތަރުހީބެކެވެ.

 

ރައީސް ޓްރަމްޕްގެ އަރިސް ބޭފުޅުން ރަޝިއާގެ އިންޓެލިޖެންސް އޮފިޝަލުންނާ ވާހަކަ ދައްކަވާފައި ހުރިކަމުގެ އިތުރު ޚަބަރުތަކެއް އަނެއްކާވެސް ވަނީ ރިޕޯޓްކޮށްފައެވެ.

ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕްގެ ކެމްޕެއިން ޓީމާއި އަރިސް އެހެން ބޭފުޅުން ވެސް ރަޝިއާގެ އިންޓެލިޖެންސް އޮފިޝަލުންނާ މުއާމަލާތްތައް ތަކުރާރުކޮށް ކުރައްވާފައިވާކަން އެނގޭ ފޯން ރެކޯޑިންގ މިހާރުވަނީ ލިބިފައެވެ.

 

މިދިޔަ މަހުގެ ފަހުކޮޅު ހިނގައިދިޔަ ގުޅުންތަކާ ބެހޭ ގޮތުން ޖަސްޓިސް ޑިޕާޓްމަންޓުން ވައިޓް ހައުސްއަށް އިންޒާރު ދީފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައި ވެއެވެ.

އެ ޑިޕާޓްމަންޓުން ބުނެފައިވަނީ ފްލިން މެދުވެރިކޮށް ރަޝިއާއިން ބްލެކް މެއިލް ކުރުމުގެ ނުރައްކާ ބޮޑު ކަމަށެވެ.

 

ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅުންވަނީ ފްލިން ވަކިކުރުމަށް ގޮވާލާފައެވެ.

 

އެމެރިކާގެ ޚާރިޖީ ގުޅުންތަކާ ބެހޭ ގޮތުން އެހެން ގައުމުތަކާ އަމިއްލަ ފަރުދުން މަޝްވަރާ ކުރުމަކީ މަނާ ކަމެކެވެ.

 

ރަޝިއާގެ އެމްބަސެޑަރާ ފްލިން ފޯނުން ގުޅުއްވައިގެން މަޝްވަރާ ކުރައްވާފައިވަނީ ސަރުކާރުގެ މަގާމަށް އޭނާ އައްޔަން ކުރުމުގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

 

އިސްތިއުފާގެ ސިޓީގައި ފްލިން ވިދާޅުވެފައި ވަނީ، ނައިބު ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެން ހުންނެވި މައިކް ޕެންސްއަށް އެ މައުލޫމާތު އެރުވުނީ ބޭއިޚްތިޔާރުގައި ކަމަށެވެ. އަދި އެ މައުލޫމާތު އެރުވުނީ ފުރިހަމައަށް ނޫން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް