22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ލޭބަރ ޕާޓީ ބަޔާން

ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށްވެސް އެލަވަންސް ދިނުމަށް ލޭބަރ ޕާޓީން ގޮވާލައިފި

  • ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުން މި އެލަވަންސުން އިސްތިސްނާވުމަކީ ކަންބޮޑުވާކަމެއް
  • އެއްވެސް ތަފާތުކަމެއް ނެތި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސް ދިނުމަށް ގޮވާލަން
ސިމާހާ ނަސީމް | sim_kamana

| 11 ފެބުރުވަރީ 2019 | ހޯމަ 00:34 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ހެލްތު މިނިސްޓްރީ

ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ނަރުހުންނާއި ޑޮކްޓަރުންގެ އަހަރީ ޗުއްޓީ އާއި އޮފް ދުވަހު ސަރވިސް އެލަވަންސް ސަރުކާރުން ދޭން ނިންމުމުން، އެ ދާއިރާގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނަށް ވެސް އެ އެލަވަންސް ދިނުމަށް ލޭބަރ ޕާޓީން ސަރުކާރަށް ގޮވާލައިފިއެވެ.

ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ނަރުހުންނާއި ޑޮކްޓަރުންގެ އަހަރީ ޗުއްޓީ އާއި އޮފް ދުވަހު ސަރވިސް އެލަވަންސް ސަރުކާރުން ދޭން ނިންމުމުން އެ ޕާޓީން ނެރުނު ބަޔާނެއްގައި އެކަމަށް ވަނީ މަރުހަބާ ކިޔާފައެވެ.

އެޕާޓީން ބުނީ މަސައްކަތްތެރިންނަށް ލިބޭ މިފަދަ ކޮންމެ އިނާޔަތަކީ ޕާޓީން މަރުހަބާ ކިޔާކަމެއް ކަމަށާއި، ނަމަވެސް ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުން މި އެލަވަންސުން އިސްތިސްނާވުމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. އަދި އެއްވެސް ތަފާތުކަމެއް ނެތި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް އެ އެލަވަންސް ދިނުމަށް އެޕާޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލާ އެފަރާތްތަކުގެ ހައްޤު ހޯދައިދިނުމަށް ޤާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ހުރިހާކަމެއް ކުރާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް