16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ވެމްކޯ

ފައިނޭންޝަލް އަހަރުގެ ތެރޭގައި ދައުލަތަށް ގެއްލުންނުވާ ކުންފުންޏެއްގެ ގޮތުގައި ވެމްކޯ ދައްކާނަން: ވެމްކޯގެ އެމްޑީ

  • ކުންފުނީގެ ހާލަތާއި ކުންފުނި ފަށައިގެންއިރު ކުރިން ހިންގާފައިހުރި ކަންތައްތަކުގެ ތަފްސީލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރާނަން
ސިމާހާ ނަސީމް | sim_kamana

| 11 ފެބުރުވަރީ 2019 | ހޯމަ 00:06 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ފަލަސުރުހީ ޕްރޮގްރާމުގައި ވެމްކޯގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް މުހައްމަދު -- ރާއްޖެއެމްވީ

ފައިނޭންޝަލް އަހަރުގެ ތެރޭގައި ދައުލަތަށް ގެއްލުންނުވާ ކުންފުންޏެއްގެ ގޮތުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ދައްކާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާދަމް މުހައްމަދު ވިދާޅުވީ ކުންފުނީގެ ހާލަތާއި ކުންފުނި ފަށައިގެންއިރު ކުރިން ހިންގާފައިހުރި ކަންތައްތަކުގެ ތަފްސީލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރައްވާނެ ކަމަށެވެ.

"މިކުންފުނި އިރާދުކުރެއްވިއްޖެއްޔާ ދައުލަތަށް ގެއްލުންނުވާ ކުންފުންޏެއްގެ ގޮތުގައި މި ފައިނޭންޝަން އިޔަރ ނިމުމުގެ ކުރިން ދައްކާނަން، ކުންފުނި ފަށައިގެން މިހިސާބަށް އައިރު ހިނގާފައި ހުރި ކަންތައްތައް. ކުންފުނީގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތި ތަފްސީލް އަރުވަމުންދާނަން" އާދަމް މުހައްމަދު ވިދާޅުވިއެވެ.   

ކަސްޓަމަރުންގެ މައުލޫމާތު ނުބައިކޮށް ޑޭޓާބޭސްއަށް އެންޓަރކޮށްފައިވާކަން ފާހަގަކުރައްވާ އާދަމް މުހައްމަދު ވިދާޅުވީ, އެކަން އެގޮތަށް ދިމާވީ ކުންފުންޏަށް މުވައްޒަފުން ނެގިއިރު އަވަސް އަރުވާލައިގެން އެކަން ކުރުމުގެ ސަބަބުން ކަމަށެވެ. އަދި އެކަންތައްތައް ރަނގަޅު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވުންދާ ކަމަށާއި މިއަހަރުގެ މެދުތެރޭގައި އެމަސައްކަތް ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގިނަ ގޭބީސީތައް ވެމްކޯގައި އަދިވެސް ރަޖިސްޓްރީ ނުކުރެވިވާ ކަމަށާއި ރަޖިސްޓްރީ ކުރެވިފައި މީހުންގެ ތެރެއިން ވެސް ބިލް ބަރާބަރަށް ދައްކަނީ 10،000 ވަރަކަށް ގޭބީސީތަކުން ކަމަށް ވެމްކޯގެ އެމްޑީ ވިދާޅުވިއެވެ.

ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގޭބީސީތަކުން ޖުމްލަ 6.7 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ލިބެންޖެހޭ ކަމަށާއި އެހެންނަމަވެސް މަހެއްގެ މައްޗަށް ލިބެނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ. އަދި ގޭބީސީތަކުން ދައްކަންޖެހޭ ފައިސާގެ ކަންތައްތައް ހައްލުކޮށް ކުންފުނި ރަނގަޅު ނިޒާމެއްގެ ދަށުން ހިންގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އާދަމް މުހައްމަދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާރު މި ކުންފުނީގައި މިހާރު ކުރެވުމުންދާ މަސައްކަތަކީ ކުންފުނި ރީސްޓްރަކްޗަރ ކުރުމާއި ފޯރުކޮށްދޭ ހިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް. އިރާދުކުރެއްވިއްޔާ ރައްޔިތުން އުންމީދު ކުރާ ވެމްކޯ މި ދޭ ހިދުމަތް ރައްޔިތުންނަށް ފެންނާނެ. ވެމްކޯ ރައްޔިތުން ބޭނުންވާ ފެންވަރަށް ތަރައްޤީކޮށްފައި ދައްކާނަން" އާދަމް މުހައްމަދު ވިދާޅުވިއެވެ.  

މާލޭގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރަމުންދާ ވެމްކޯގެ މަސައްކަތް ފުޅާކޮށް، ރާއްޖޭގެ ގިނަ ރަށްތަކުގައި އަންނަނީ ހިދުމަތްދެމުންނެވެ. ވެމްކޯގެ މަސައްކަތްތައް ރަސްމީކޮށް ފަށާފައިވަނީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް