16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ގާސިމް އިބުރާހިމް

ބޭނުންވާހާ ގޮތަކަށް ހިލާލާކަށް އެއްޕާޓީއަކަށް މަޖިލިސް މެޖޯރިޓީ އެއް ނުދެވޭނެ: ގާސިމް

  • ވަކި ޕާޓީއަކަށް މެޖޯރިޓީ ދީފިނަމަ ޖުޑީޝަރީއަށް އަތްބާނައި، މުއައްސަސާތަކަށް ނުފޫޒު ފޯރުވާނެކަމަށް ވިދާޅުވި
އާމިނަތު ނުޒުހާ | nuzu8121

| 11 ފެބުރުވަރީ 2019 | ހޯމަ 00:00 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބުރާހިމް -- ރާއްޖެއެމްވީ

ބޭނުންވާހާ ގޮތަކަށް ހިލާލާކަށް އެއްޕާޓީއަކަށް މަޖިލިސް މެޖޯރިޓީ އެއް ނުދެވޭނެކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

އިތުރު 8 ބޭފުޅަކަށް އެޕާޓީގެ މަޖިލިސް ޓިކެޓް ދިނުމަށް އާދިއްތަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ވަކި ޕާޓީއަކަށް މެޖޯރިޓީ ދީފިނަމަ ޖުޑީޝަރީއަށް އަތްބާނައި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާނެކަމަށެވެ.

"އޭރުން އެވީ ތިން ބާރު އެއްބާރަށް. މިނިވަން މުއައްސަސާތަކުގެ މީހުންވެސް ބިރުން ތިބޭނީ ތުރުތުރު އަޅައަޅާ،އެތަންތަނުގެ ވެރިންވެސް އަދި ޖުޑީޝަރީވެސް" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި މިނިސްޓަރުން ވަކިކޮށް، މަގާމުތަކުން މީހުން ދުރުކޮށް، ރައީސުލްޖުމްހޫރިއްޔާ އަޒުލުކޮށް ހެދުމުގެ ބާރު މެޖޯރިޓީ އޮތްބަޔަކަށް އޮންނާނެކަމަށެވެ. އަދި އެފަދަ ހާލަތުގައި ސަރުކާރު ޒިންމާދަރުކުރުވުުމުގެ ބައި އުނިވާނެއެވެ.

ގާސިމް ވިދާޅުވީ، ވަކި ޕާޓީއެއްގެ "އެކަކު" ދެކޭ ހުވަފެނެއްގެ މައްޗަށް މުޅި ގައުމު ހިނގަން ވެއްޖެއްޔާ ރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލުގެއްލި ބޭއިންސާފުވެ، އަނިޔާވެރިކަން ހައްދުފަހަނަ އަޅައިގެން ދާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ، ހޭބުއްދި ހުރި މީހަކު ބަރުލަމާނީ ނިޒާމު ރަނގަޅު ކަމަށް ގަބޫލު ނުކުރާނެ ކަމަށެވެ. ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ބަރުލަމާނީ ނިޒާމު ގާއިމް ކޮށްގެން ރައްޔިތުންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން ރިޔާސީ ނިޒާމުގައި ރައީސް އާއި މަޖިލީސް މެމްބަރުން ހޮވަނީ ސީދާ ރައްޔިތުން ކަމަށާއި ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ގޮސްފި ނަމަ އެންމެ ރަށެއްގެ ރައްޔިތުންގެ ވޯޓުން ހޮވާ މަޖިލީސް މެމްބަރަކު ގައުމުގެ ވެރިކަން ކުރަން ބޮޑުވަޒީރަކަށް ވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް މިހެން ވިދާޅުވިއިރު، މިރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މުނީރާ

2 ދުވަަސް ކުރިން

ރާއްޖޭގަމިހާރުވެސްމިހިނގަނީބަރުލަމަނިނިޒާމުގަކަންކުރަގޮތައްމީރިޔާސީނިޒާމެއްނޫންގާސިމްއެއުޅެނިމާމައްޗައްއަރައިގެންހަމަބިމައްއެބަޖެހެފައިބަން

1
0
ރަހީމާ

2 ދުވަަސް ކުރިން

ގާސިމަކައްނޭނގޭނެ ރައްޔިތުންނައްއިމގޭނީރައްޔިތުންވޯޓުދީގެންހޮވާބައެއް މެމްބަރުންނަކީގާސިމް ހީކުރަނީފައިސާހުރިއްޔާބޭނުންހާގޮތެއްހަދާލެވޭނެކަމައްތަހަމަހުިލާއެހެނެއްނުހެދޭނެ

1
0
burumaa kashi

3 ދުވަަސް ކުރިން

majilis majority eiy seytu anhenunge firimeehage bafaage tharikain baialhaafa dhey echchehtha

0
0