19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެޑިންސަން ކަވާނީ

ޔުނައިޓެޑު މެޗަށް ކަވާނީ ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

  • ކަވާނީއަށް އަނިޔާވީ ފްރެންޗް ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުގައި
ލީވާން އަލީ | MrLeevaan

| 10 ފެބުރުވަރީ 2019 | އާދީއްތަ 18:57 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


އެޑިންސަން ކަވާނީ -- ގެޓީ އިމޭޖާސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗަށް ޕީއެސްޖީގެ ފޯވާޑް އެޑިންސަން ކަވާނީ ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ފްރެންޗް ލީގުގައި ކުޅުނު މެޗުގައި ކަވާނީއަށް ލިބުނު އަނިޔާ އަކާ ގުޅިގެން ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ވަނީ ބަދަލުކޮށްފައެވެ.

މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ޓުޗެލް ބުނީ ކަވާނީގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށާއި، ނަމަވެސް އެއީ ކިހާ ސީރިއަސް އަނިޔާއެއް ކަން އަދި ކަށަވަރުނުވާ ކަމަށެވެ. ޔުނައިޓެޑު މެޗަށް ކަވާނީ ފިޓްވާނެކަމާ މެދު އެއްޗެއް ބުނަން ނޭނގޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކަވާނީ އަންނަނީ މި ސީޒަނުގައި ޕީއެސްޖީއަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި ކުޅުނު 26 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ތެރެއިން 17 ލަނޑަކީ އޭނާ ލީގުގައި ކާމިޔާބުކުރި ލަނޑުތަކެވެ.

ނަޕޯލީން ވިދާލި ކަވާނީ ޕީއެސްޖީއަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 271 މެޗުގައި 192 ލަނޑު ކާމިޔާބުކޮށްފައެވެ.

ކަވާނީ ވަނީ ޕީއެސްޖީއާ އެކު ހަތަރު ލީގު ތަށި، ފަސް ލީގް ކަޕް އަދި ތިން ސުޕާކަޕް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ފްރާންސްގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު 2017 ވަނަ އަހަރު ހޯދުމުގެ އިތުރުން ފްރެންޗް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ނަޕޯލީއާ އެކު ކޮޕާ އިޓަލިއާ ކާމިޔާބުކޮށްފައިވާ ކަވާނީ ވަނީ ތިން ސީޒަނެއްގެ މަތިން ޓީމް އޮފް ދަ އިޔާގައި ހިމެނުމުގެ އިތުރުން 2010 ވަނަ އަހަރު އެ ލީގުގެ ފޭން އެވޯޑްވެސް ހޯދާފައެވެ.

އުރުގުއޭއާއެކު 2011 ވަނަ އަހަރު ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައިވާ ކަވާނީ ވަނީ އެ ޓީމަށް ކުޅުނު 109 މެޗުގައި 46 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް