19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެމްއެމްޕީއާރްސީ

ހިޔާނާތުގެ ތުހުމަތުކުރެވޭ މީހުންގެ ވިޔަފާރިތައް ފުޅާކުރަނީ! އިދާރާތައް ކޮބާ؟

  • ބޮޑު ހިޔާނާތެއް ހިނގި އިރު އިސްކޮށް ހުންނެވި ބޭފުޅެއްގެ މުއްސަނދިކަމާ މެދު ސުވާލު އުފެދޭ

| 10 ފެބުރުވަރީ 2019 | އާދީއްތަ 18:34 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


އެމްއެމްޕީއާރުސީ -- ސަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ ކޮރަޕްޝަންގެ ވަބާ ޤައުމުން ނައްތާލައި، މިދިޔަ ފަސް އަހަރުގެ ތެރޭގައި ޤައުމުގެ ޚަޒާނާ އިން ވަގަށް ނަގާފައިވާ އެތައް ބިލިއަން ރުފިޔާއަކަށް ވީ ގޮތް ހޯއްދަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވަމުންނެވެ. ޤާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކީ ވެސް ހަމަހަމަ މީހެއްކަން ރައްޔިތުންނަށް ހަނދުމަކޮށްދެއްވަމުންނެވެ. އެހެންކަމުން ރައްޔިތުން މިހާރު އިންތިޒާރުކުރަމުން ދަނީ އެމްއެމްޕީއާރްސީގެ ބިލިއަނުން ގުނާލެވޭ ޚިޔާނާތާއި، ދައުލަތުގެ އެހެން ކުންފުނިތަކާއި އިދާރާތަކުން ހިންގާފައިވާ ބޮޑެތި ޚިޔާނާތުގެ މައްސަލަތައް ތަހުޤީޤުކުރެވި، އަދަބު ލިބެން ޖެހޭ ފަރާތްތަކަށް އަދަބު ލިބޭނެ ދުވަހަކަށެވެ. ކެމްޕޭނުގައި ގުޅިފައިވާ ޕާޓީތަކުން ކޮންމެ ރެއަކު، ކޮންމެ ދުވަހަކު، ކޮންމެ ޖަލްސާއެއްގައި ވަމުން ދިޔަ ވައުދަކީ ޚިޔާނާތުގެ ބައިވެރިން ޤާނޫނުގެ ކުރިމައްޗަށް ގެންނާނެ ވާހަކައެވެ. މިއަދު މިއީ އެވައުދުތައް ފުއްދަންވީ ދުވަހެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ދައުލަތުން ގެއްލުނު ފައިސާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އެވަނީ ޚާއްސަ ކޮމިޝަނެއް އެކުލަވާލާފައެވެ. ކޮމިޝަންގެ މަސައްކަތަށް ބޭރުގެ އެހީ ހޯދާ ވާހަކަ ވެސް ރައީސް އެވަނީ ވިދާޅުފައެވެ. އެ މަސައްކަތް ފެށިގެން ކުރިއަށްދާކަން ކިތަންމެހާ ވެސް ރަނގަޅެވެ. އެހެން ނަމަވެސް ރައީސް ސޯލިޙް އުފެއްދެވި ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މަސައްކަތްތައް, މަރުގެ މައްސަލަތައް ބަލާ ކޮމިޝަންގެ މަސައްކަތް އެދާ ސްޕީޑްގައި ކުރިއަށްދާ ތަން ނުފެންނާތީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.އެމްއެމްޕީއާރްސީ އިން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވިއިރު، އެ މައްސަލައިގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުރި ޒިޔަތުގެ މައްޗަށް ކުށް ސާބިތުވެގެން ޖަލަށްލީއިރު، އެކުންފުނީގައި އިސް އެހެން ވެރިޔަކު ނެތީތޯއެވެ؟ ދައުލަތުގެ އެކުންފުނި ހިންގަން އެތަނަށް ލާފައި ތިބި އެހެން ޑިރެކްޓަރުން ކޮބައިތޯއެވެ؟ ކުންފުނީގެ ޗެއަރމަން ކޮބައިތޯއެވެ؟ ބަޔަކު 1.2 ބިލިއަން ރުފިޔާ ވަގަށް ނެގިއިރު ކުންފުނީގެ ޗެއަރމަންއަށް ކުންފުނީގެ ތެރޭގައި ކަމެއް ވާކަން ހަމަ އެއްގޮތަކަށް ވެސް ނޭނގުމަކީ އެއީ ހަމަ އަޖައިބެކެވެ. އެއަށް ވުރެ ވެސް ބޮޑު އަޖައިބަކީ އޭނާ އަށް އެކަން ނޭނގޭ ކަމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ގަބޫލުކޮށްލައިގެން ތިބުމެވެ. ކުންފުނީގެ ދުވަހުން ދުވަހަށް ހިނގާ ކަންކަން ނޭނގުނެއް ކަމަކު، ޗެއަރމަންގެ ހައިސިއްޔަތުން އެނގެން ޖެހޭ މިންވަރެއް ވެސް އޮންނަންވާނެ ނޫންތޯއެވެ؟ ޗެއަރމަނެއްގެ ހައިސިއްޔަތުން ރައްޔިތުންނަށްޓަކައި އޭނާގެ ޒިންމާއެއް ވެސް އޮންނާނެތާއެވެ. ގައިމު ކުންފުނީގެ ޗެއަރމަނަކަށް ހުންނެވީ އެފަދަ ކަމެއް ހިނގާ ނަމަ އެނގޭނެވަރުގެ ތައުލީމާއި ތަޖުރިބާ ލިބިފައި ހުރި މީހެކެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އޭރުގެ ޗެއާމަން އެތައް ފަހަރަކު މީޑިއާ އިން ސުވާލު ކުރުމުން ވެސް ރައްޔިތުންގެ ފައިސާއަށް ވީ ގޮތެއް ބުނެއެއް ނުދެވުނެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓަވައެވެ. ދެއްވީ ބީރު ކަންފަތެކެވެ. އެ ފައިސާގައި އެބޭފުޅާ ޖެހިފައިނުވިކަމުގައި ވިޔަސް، އެހާ ބޮޑު ޚިޔާނާތެއް ވެގެންދިޔައިރު، ރައްޔިތުންގެ ފައިސާއަށް އިހުމާލު ވެވުނު ކަމަށް އިއުތިރާފްވެ، މަޢާފަށް ވެސް އެދިފައެއް ނުވެއެވެ. އެވަރުގެ ބޮޑު ކަރަޕްޝަނެއް ހިނގައިގެން އުޅެނިކޮށް އޭނާއާ ގުޅޭ ގޮތުންނާއި، އޭނާ އުފެއްދެއްވި ކުންފުނިތަކާ ގޮތުން ރަށު ތެރޭގައި ފާޑުފާޑުގެ ވާހަކަ ދެކެވެން ފެށި ހިސާބަކީ ވެސް، ގެއްލިފައިވާ ރައްޔިތުންގެ ފައިސާއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ ހިމޭނުން ހުންނަން ފެށި ހިސާބުންނެވެ.

މިފަދަ މީހުންގެ މައްސަލަތައް ރަނގަޅަށް ބަލައި އަދަބު ދޭންޖެހެ އެވެ. އެހެން ނޫނީ ދައުލަތް ތާހިރެއް ނުވާނެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް