25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ބީއައިޓީ ފެއަރ 2019

އިޓަލީގެ އިންޓަރނޭޝަނަލް ޓޫރިޒަމް އެކްސްޗޭންޖް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

  • މިފެއަރ ކުރިއަށްދާނީ ފެބްރުއަރީ 10 އަކުން 12އަށް
ރިޒުނާ ޒަރީރު | RiznaZareer

| 10 ފެބުރުވަރީ 2019 | އާދީއްތަ 17:56 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


މިލާންގައި ކުރިއަށްދާ ބީއައިޓީ ފެއަރގެ ތެރެއިން -- މަޓާޓޯ

ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިން ތައާރަފްކުރި ޤައުމު ކަމަށްވާ އިޓަލީގެ މިލާންގައި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި އިންޓަރނޭޝަނަލް ޓޫރިޒަމް އެކްސްޗޭންޖް (ބީއައިޓީ) ފެއާރގައި ރާއްޖެ އިން ބައިވެރިވެއްޖެއެވެ.

ތިން ދުވަހަށް ކުރިއަށްދާ މި ފެއާރ މިލާންގައި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިއަލަށް ކުރިއަށް ދާނެއެވެ.

އެމްއެމްޕީއާރްސީއާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ 10 ކުންފުންޏަކުން 17 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މި ފެއާރގައި ދިވެހި ރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރް ތޮއްޔިބް މުހައްމަދު ވަނީ ބައިވެރިވަޑައިގެންފައެވެ.

ބީއައިޓީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ގިނަ ބަޔަކަށް އިޤްތިސާދީ ގުޅުންތައް ރަނގަޅު ކުރުމަށްޓަކައި ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

"ފިއޭރާ މިލާނޯ" އިން އިންތިޒާމްކޮށްގެން ކުރިއަށްދާ މިފެއާރއަކީ 1980 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވަމުން އަންނަ ފެއާރއެކެވެ.

މި އަހަރުގެ ބީއައިޓީގައި މުޅި އެކު 46،000 ފަރާތަކުން ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި އިޓަލީ އަދި ބައިނަލްއަގުވާމީ ފަރާތްތަކުން އެކްރެޑިޓްކުރެވިފައިވާ 2550 ފަރާތަކާއި 500 ޓްރެވަލް ބްލޮގާރޒް، އިޓަލީ އަދި ބައިނަލްއަގުވާމީ ގޮތުން ޕްރޮފައިލް ކުރެވިފައިވާ 1500 ބަޔާރޒް، އަދި 79 ތަފާތު ގައުމަކުން ވަނީ ބައިވެރިވެފައެވެ.

ބީއައިޓީގެ މި ތިން ދުވަހުގެ ތެރޭގައި އެމްއެމްޕީއާރްސީގެ އޮފިޝަލުން އިޓަލީގެ ބޮޑެތި ޓުއަރ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކޮށް އިޓަލީގެ މާރކެޓުގައި ރާއްޖެ ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރާނެއެވެ.

ދިވެހިރައްޖޭގެ ސްޓޭންޑް ފަރުމާކުރެވިފައި ވަނީ ރާއްޖޭގެ ޤުދުރަތީ ރީތިކަން އެންމެ ފުރިހަމައަށް ދައްކާލެވޭ މަންޒަރުތަކުން ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

މި ފަހަކަށް އައިސް އިޓަލީގެ ފަތުރުވެރިން އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކުރުމުގެ ސަބަބަކަށްވެފައި ވަނީ ރެސްޓް އެންޑް ރިލެކްސޭޝަން، ސްނޯކްލިންގް އަދި ހަނީމޫން ހޭދަކުރުމަށެވެ.

ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ޝަޢުގުވެރިކަން އިތުރުކުރުމަށްޓަކައި މުބާރާތްތައް އިންތިޒާމުކޮށް، ވަނަތަކަށް ހޮވޭ ފަރާތަކަށް ތަފާތު އިނާމު ދިނުމަށް ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ވަނީ ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސްގެ ފަރާތުން ސްޕޮންސަރކޮށްފައި ކަމަށާއި އަދި ޕެރެޑައިސް ރިސޯރޓް އެންޑް ސްޕާރގައި ހުރުމުށް ހަމަޖެހިފައެވެ.

އިޓަލީއަކީ ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދަށް ބަލާލައި އިރު 4 ވަނަ އަށް އެންމެ ގިނަ އިން ޒިޔާރަތްކުރާ އެއް ގައުމެވެ. ރާއްޖެއަށް އިޓަލީން ފަތުރުވެރިން ޒިޔާރަތްކުރި އަދަދަށް ބަލާއިރު 2018 ވަނަ އަހަރު ވަނީ 297،105 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ 2018 އަށް ބަލާއިރު މުޅި މާރކެޓްގެ 7.1 އިންސައްތަ އަދި 2017 ވަނަ އަހަރަށް ބަލާއިރު 18.5 އިންސައްތައިގެ ކުރިއެރުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް