25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ޖެނިފާ ލޮރެންސް

ޖެނިފާ ލޮރެންސް އާއި ކޫކްމެރޮނީއާއި އެންގޭޖް ކުރި ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި

  • ޖެނިފާ ލޮރެންސްއާއި ކޫކް މެރޮނީ ކައިވެނި ކުރާނެ ވަކިތާރީހެއް އަދި އިއުލާންކޮށްފައި ނުވޭ
  • ޖެނިފާ މުނިފޫހިފިލުވުމުގެ ދާއިރާއާއި ދުރަށްދަނީ ޒުވާނުން ސިޔާސީ ދާއިރާއަށް ނެރުމަށް
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 10 ފެބުރުވަރީ 2019 | އާދީއްތަ 10:59 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


އެކްޓްރެސް ޖެނިފަ ލޮރެންސް -- އާކައިވް

އޮސްކާ އެވޯޑް ކާމިޔާބު ކޮށްފައިވާ ޖެނިފާރ ލޮރެންސްއާއި މަޝްހޫރު އާޓް ގެލެރީ ޑައިރެކްޓަރ ކޫކް މެރޮނީއާއި އެންގޭޖް ކުރިކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

 

މަޝްހޫރު "ހަންގާމާ ހޭމްސް" އިން ވިދާޅީ އުމުރުން 28 އަހަރުގެ ޖެނިފާގެ އެންގޭޖްމެންޓްގެ އަޑުތައް ފެތުރެންފެށީ ހަފްތާ ބަންދުގައި މެރޮނީއާއި އެކު ނިއުޔޯކުގައި ވަގުތު ހޭދަކުރަމުން ދިޔައިރު  ޖެނިފާ އެންގޭޖްމެންޓް ރިންގު އަޅައިގެން ހުރިތަން ފެނުނު ހިސާބުންނެވެ.

ލޮރެންސްއަކީ ދުނިޔޭގައި އެންމެ އަގުބޮޑުކޮށް ފިލްމުކުޅޭ އަންހެން ތަރިންގެ ތެރެއިން އެއްފަންނާނެވެ. 2012 ވަނަ އަހަރު "ސިލްވަރ ލައިނިން ޕްލޭ ބުކް" ފިލްމުން ނޮމިނޭޓް ވެފައި ވެއެވެ. އެ ފިލްމުން އެއަހަރުގެ އެންމެ މޮޅު އެކްޓްރެސްގެ މަގާމު އޭނައަށް ލިބިފައި ވެއެވެ.

މިދެމީހުން ކައިވެނި ކުރާނެ ވަކިތާރީހެއް އަދި އިއުލާންކޮށްފައި ނުވެއެވެ. މި ދެމީހުން ދިމާވެފައިވަނީ މިދިޔަ އަހަރު ލޮރެންސްގެ ޒަމާޏްވީ ރަށްޓެއްސެއް ކަމަށްވާ ލައުރާ ސިމްސަމް އެ ދެމީހުން އެކަކު އަނެކަކަށް ތައާރަފް ކޮށްދިން ހިސާބުން ފެށިގެންނެވެ.

2018 ވަނަ އަހަރު ރަޝިޔާގެ މަޝްހޫރު ފިލްމު ރެޑް ފެބްރޯގައި ވެސް ހަރަކާތްތެރި ވެފައިއެވެ. މި ފިލްމު ރިލީސް ކުރުމުގެ ހަފްލާގައި މުނިފޫހި ފިލުވުމުގެ ދާއިރާއާއި ދުރަށް ދާން ބޭނުންވާ ކަމަށާއި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން ބޭނުންވާ ކަމަށް ބުނެފައި ވެއެވެ.

ލޮރެންސްގެ މަގުސަދަކީ ޒުވާނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މިންވަރު އިތުރު ކުރުމެވެ. އަދި އޭނާ އަކީ 2015 ވަނަ އަހަރު ހޮލީވުޑްގެ ފިލްމުތައް މީހުން ލައްވާ  ކުޅުވުމުގައި އެކި މީހުންނަށް އެކި އަގު ދޭތީ  އެކަމާ ދެކޮޅަށް ވާހަކަ ދެއްކި ފުރަތަމަ މީހާއެވެ. އަދި 2018 ވަނަ އަހަރު އަންހެނުންގެ ހަމަހަމަކަމާއި ހައްގުތަކާއި ބެހޭ ގޮތުން އަޑު އުފުލުމަށް ލޮސްއެންޖެލިސްގެ މަގުތަކުގައި މާރޗް މަހު ބޭއްވި ހިނގާލުމުގައި ބައިވެރިވެފައިވާ ތަރިއެއްކަން ފާހަގަ ކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް