19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ލާމަރުކަޒީ ނިޒާމް

އަތޮޅުތެރޭގެ އާބާދީއަށް އިސްކަން ދިނުމަކީ ރާއްޖޭގެ ތަރައްގީއަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅު: އިމްރާން

  • ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މަހާސިންތާ ފަށާފައިވަނީ އާދީއްތަ ދުވަހު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 10 ފެބުރުވަރީ 2019 | އާދީއްތަ 08:50 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ވަޑައިގެން، ހޯމް މިނިސްޓަރާއި ސަލާމްކުރައްވަނީ -- ރައީސް އޮފީސް

އަތޮޅުތެރޭގެ އާބާދީއަށް އިސްކަންދިނުމަކީ ރާއްޖޭގެ ތަރައްގީއަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅު ކަމަށް ހޯމް މިނިސްޓަރ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. 

ހޮޓެލް ޖެންގައި ކުރިއަށްގެންދާ ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އެ މަހާސިންތާ ބާއްވަންފަށާފައިވަނީ ނުބޭއްވި ދެއަހަރު ފާއިތުވެގެން ދިއުމަށްފަހު ކަމަށާއި މަހާސިންތާ ބާއްވަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ސަރުކާރުގެ ވައުދު ފުއްދުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން ކަމަށެވެ. 

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، ކައުންސިލްތައް ބާރުވެރިކުރުވުމަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭކަމެކެވެ. 

އިމްރާން ވިދާޅުވީ މަހާސިންތާގައި ހިއްސާކުރާ ޚިޔާލުތަކުން ލާމަރުކަޒީ ގާނޫން އިސްލާހު ކުރުމަށް މަގުތަނަވަސް ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

"އަޅުގަނޑު އެދެނީ މި ނިޒާމުގައި މަޑުޖައްސައި، ހިނގައި ދުއްވާނެ މަގު ތަނަވަސް ކުރުން. ގާނޫނީ އޮނިގަނޑެއް ގާއިމް ކުރުމަށް މަހާސިންތާގެ ސަބަބުން މަގު ތަނަވަސްވެގެންދާނެކަމުގެ އުއްމީދު ކުރަން." އިމްރާން ވިދާޅުވިއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް