25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

މަގޭ ރިޕޯޓު

ކުޅެން ފެށޭނީ ކުޅިބައި އަތުރާ ނިމުމުންނެވެ.

  • ރާއްޖޭގައި ސިޔާސީޕާޓީތައް ހިންގާތާ 13 އަހަރުވެއްޖެ
  • ބަރުލަމާނީ ނިޒާމެއްގެ ވާހަކައިގެ އަޑު އަންނަނީ ގަދަވަމުން
ހުޝާމް މުހަޢްމަދް | hirigaahusham

| 10 ފެބުރުވަރީ 2019 | އާދީއްތަ 08:37 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


ރައީސް ނަޝީދު ބައްދަލުވުމެއްގައި -- ރާއްޖެއެމްވީ

ރާއްޖޭގައި ސިޔާސީޕާޓީތައް އުފެދި ހިނގަމުން އަންނަތާ 13 އަހަރު ފުރި ދިޔައީއެވެ. ސިޔާސީ ހަރަކާތުގައި ފާޅުގައި ބައިވެރިވެއުޅުމާ، ސިޔާސީ ހަރަކާތް އިސްވެ ހިންގުމަށް ދިވެހިންގެ ހިތުގައި އޮތް ބިރު ފިލައިހިނގައްޖެއެވެ. އެކަމުގެ ހެއްކަކަށް އުފެދިފައިވާ އެތައް ސިޔާސީޕާޓީއަކާ، އުފެއްދުމުގެ މަރުހަލާގައި އޮތް ޕާޓީތަކުގެ އަދަދު ބަލާލުމުން ފުދެއެވެ. 

ނަމަވެސް ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު ޕާޓީތައް ގިނަވެގެން އައި ނަމަވެސް ރާއްޖޭގައި ސިޔާސީ ކަންކަމަށް ގޮތް ނިންމާ ޕާޓީތަކުގެ ލިސްޓުން ފެންނަމުންދަނީ 5 ވަރަކަށް ސިޔާސީ ޕާޓީއެވެ. ރައްޔިތުންގެ ކުރިމަތީގައި ވަކި ފިކުރެއް ވިއްކުމަށް ނިކުމެ މަސައްކަތް ކުރައްވާ ލީޑަރުންގެ އަދަދުވެސް އޮތީ ހަމަ އެފަދަ ގޮތަކަށެވެ. 

މިއަދު ރާއްޖޭގައި ތައްޔާރުވަމުންދަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހެއް އެކުލަވާލުމުގެ މަސައްކަތަށެވެ. އެއިންތިހާބަށެވެ. ރައްޔިތުންގެ މަޖިލީހުގައި ގިނަ ޕާޓީތަކުން ވާދަކުރާނެކަން އާންމުކޮށްފައިވާއިރު އަމިއްލަގޮތުން ވެސް ވާދަ ކުރާނެ ކެނޑިޑޭޓުން ތިބޭނެކަން ޔަގީނެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެގެން އައިއިރު އެ އިންތިހާބަށްފަހު ރާއްޖޭގައި ބަރުލަމާނީ ނިޒާމް އުފެދިގެން އައިސްފާނެ ކަމަށް ވާހަކަ ދައްކާ ފަރާތްތަކެއް އެބަ ތިއްބެވެ. މިވާހަކަ ތިލަވެގެން އައުމުން ރާއްޖޭގައި އޮންނަންޖެހޭ ނިޒާމް ރަގަޅަށް ސާފުވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ވިދާޅުވެފައެވެ. އެއީ ގާނޫނު އަސާސީއާ ގާނޫނުތައް ހުރި ގޮތުން ވިދާޅުވި އެއްޗެއް ކަމަށްވުން އެކަށީގެންވެއެވެ. 

ގާނޫނު އަސާސީ އެކުލަވައިލި އިރު ރާއްޖޭގައި އޮންނަން ފެންނަނީ ކޮން ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުނު ދުވަހު އެމްޑީޕީއިން ތާއީދު ކޮށްފައިވަނީ ބަރުލަމާނީ ނިޒާމަކަށެވެ. ނަމަވެސް ރާއްޖޭގައި އޮންނަން ފެންނަ ކަމަށް ރައްޔިތުން ނިންމީ ފުރިހަމަ ރިޔާސީ ނިޒާމެކެވެ. 

މިއަދާ ހަމައަށް ރާއްޖެ ތަޖުރިބާކުރެވުނު ކަންކަމަށް ބަލާއިރު، މި އުޅެނީ ނިޒާމުގެ މައްސަލައެއްތޯ ނުވަތަ ނިޒާމު ހިންގަން ތިބި ބަައެއްގެ މައްސަލަތޯ، އެ މީހުން އަމަލުކުރާ ގޮތްތޯ ރަނގަޅަށް ބަލަންޖެހެ އެވެ. އަދި ދައުލަތް ރަނގަޅަށް ގެންދެވޭނެ ގޮތްތަކެއް ދެނެ ގަނެ، އިސްލާހުކުރަންޖެހެ އެވެ. 

އެކަމަށްޓަކައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް " އެޖެންޑާ 19" ގެ ނަމުގައި ހުށަހަޅާނެ ބިލްތަކެއް އެމްޑީޕީ އިން ވަނީ އާންމު ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގައި އެ ގެންނަން ބޭނުންވާ އިސްލާހުގެ ވާހަކައިގެ އަޑު ހައްތަހާ ދަނީ ގަދަވަމުންނެވެ. އަޅުގަނޑުމެންނަށް އޮތީ ހުރިހާ އަޑުތަކެއް އަހައިގެން ކުޅިބައި ކުޅިބައި އެތުރެންދެން ތިބުމެވެ. ކުޅެން ފެށޭނީ ކުޅިބައި އަތުރާ ނިމުމުންނެވެ. ނަމަވެސް ކުޅި ބައި އެތުރުމުގައި ރައްޔިތުންގެ ވޯޓަކީ ވެސް މުހިންމު ނިންމުމެވެ. އެ ނިންމުން ނިންމުމުގައި، މިވީހާތަކަށް ފެނުނު މަންޒަރާއި ކުރެވުނު ތަޖުރިބާ އާއި ކެންޑިޑޭޓްގެ ފަތިފުށް ވަޒަންކުރަންޖެހެެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް