25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ހައުސިންގ މިނިސްޓްރީ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

  • ޕޯޓަލް ހުޅުވާލުމާއިއެކު ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވިދާޅުވި
  • މިނިސްޓްރީގައި ސިޔާސީ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވި
އަލީ ސަމާޚް | AliSamah8

| 10 ފެބުރުވަރީ 2019 | އާދީއްތަ 02:22 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


ހައުސިންގް އެންޑް އަރބަން ޑިވެލޮޕމަންޓްގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނަޝީދު ރާއްޖެޓީވީގެ ފަލަސުރުހީގައި -- ރާއްޖެއެމްވީ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހައުސިންގް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނަޝީދު ވިދާޅުވީ، ކިޔުގައި ނުޖެހި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް ކަމަށާއި، އެކަން ތަންފީޒު ކުރުމަށްޓަކައި އެ މިނިސްޓްރީން ކުރާ މަސައްކަތުގެ ތެރެއިން ހޯމަ ދުވަހު އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އެއާއިއެކު ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

''މީގެއިން ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކޮންމެ ބޭފުޅަކަށް ވެސް، ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ރަޖިސްޓްރީ ވެވޭނެ އިނގޭތޯ. އަޅުގަނޑުމެން މި ޕޯޓަލް ހެދީމާ. އެންމެ ބޮޑު ބޭނުމަކީ ހާމަކަން ބޮޑު ގޮތެއްގައި މިކަން ކުރުން އިނގޭތޯ. ދެފުށް ފެންނަ ގޮތަށް މިކަން ކުރުން. އެހެންވީމާ ކޮންމެ ރައްޔިތަކަށްވެސް ރަޖިސްޓްރީވެ ވަޑައިގެންނެވޭނެ. އެއަށްފަހު އެބޭފުޅެއްގެ ޕްރޮފައިލް އަޕްޑޭޓް ކުރެވޭނެ.'' ނަޝީދު ވިދާޅުވިއެވެ

މީގެއިތުރުން ޕޯޓަލް އިން އެ މީހަކާއި ގުޅޭ ގިނަ މައުލޫމާތު ތަކެއް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.  

ފާއިތުވި އަހަރުތަކުގައި ގިނަ ފަރާތްތަކެއް ބޯހިޔާ ވަހިކަމަށް އެދި ކިޔޫގައި ޖެހި ބޮޑެތި ތަކްލީފްތަކެއް އުފުލަންޖެހުނު އެވެ. ފްލެޓް އެދޭ ފޯމް ހޯދުމަށާއި، ފޯމްލުމަށް ގިނަ ބަޔަކު ގިނައިރުތަކެއް ވަންދެން ކިޔޫގައި ޖެހެން ޖެހި ބޮޑެތި މައްސަލަތަކެއް ފެންމަތިވި އެވެ. 

ކުރީގެ ސަރުކާރުގެ ދުވަސްވަރު ހައުސިން މިނިސްޓްރީ އަށް ސިޔާސީ ނުފޫޒޯ ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށް ގިނަ ފަރާތްތަކަކުން ބުނަމުން ދާއިރު އެކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ، މިހާރު އެމިނިސްޓްރީގައި އެއްވެސް ކަހަލަ ސިޔާސީ ނުފޫޒެއް ފޯރާފައިނުވާ ކަމަށާއި، އެފަދަ އެއްވެސް ކަމެއް މިހާތަނަށް ދިމާވެފައިނުވާ ކަމަށެވެ.

އެކި ކަންތައްތަކުގައި އާއްމުންގެ ޝަކުވާތައް ލިބެމުންދާއިރު އެ މީހަކީ ވަކި ޕާޓީ ނުވަތަ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ މީހެއްތޯ ނުބަލައި، ބޭނުންވަނީ ވީހާވެސް ގިނަ ރައްޔިތުންގެ ޝަކުވާތަކަށް އިޖާބަ ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

''އަޅުގަނޑުމެން ބޭނުން ވަނީ ރައްޔިތުންނަށް ހަމަހަމަ ކަމާއިއެކު ހިދުމަތް ދޭން. އެނގިވަޑައިގަންނަވާނެ މީއީ ގުޅިފައިވާ ޕާޓީ ތަކުގެ ސަރުކާރެއް. އަޅުގަނޑުމެން ވަކި މީހަކަށް. އަދި އެ ޕާޓީތަކުން ނަމަވެސް، ޕާޓީ ތަކުގައި ނުހިމެނޭ ރައްޔިތުން ނަމަވެސް. ވަކި މީހަކަށް ވަކި ކުލަޔަށް ބަލައިގެން ހިދުމަތް ދިނުމެއް ނެތް. އަޅުގަނޑުމެން ނުބަލަން މީހާ އަންނަ އިރު އެއީ ކޮންތާކުން އައި ކާކުތޯ.. އަޅުގަނޑުމެން ބަލަނީ އޭނާއާ ގުޅުން ހުރިކަމެއް އެބައޮތްތޯ. އޭނާ އަށް އަޅުގަނޑުމެން ދޭން ޖެހޭ ހިދުމަތެއް އެބައޮތްތޯ'' ނަޝީދު ވިދާޅުވިއެވެ.

ވަކި ފަރާތްތަކަށް ހިދުމަތްދޭ ގޮތާއިމެދު ޝައްކެތް އޮތްނަމަ އެ މައްސަލައެއް ހުށައެޅުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. 

މި ސަރުކާރުން ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާ 4000 ފްލެޓްތައް އެޅުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ، އެ އިމާރާތަކީ ރައްޔިތުންނަށް އޭގެ ބޭނުން އެންމެ ރަނގަޅު ގޮތަށް ހިފޭ ތަނަކަށް ހެދުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

''މި ތަންތަނަކީ ރައްޔިތުންނަށް ބޭނުން ހިފޭ ގޮތަށް ހެދިފައި ހުރި ތަންތަނަށް ވާންޖެހޭ. ހަމަ ތަނަކަށް ތަނެއް ހުރީމަ ކަމަކު ނުދޭ'' އޭނާ ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Vahaa

2 މަސް ކުރިން

Alhugandu meehakaves needhe adhi kujjakuves nei ekamaku vannaane Thanh nei. Mainbafainge ves gedhoru nuhurey. Alhugandah thi flat ah laan sharuthu hamaveyba

0
0
Vahaa

2 މަސް ކުރިން

Alhugandu meehakaves needhe adhi kujjakuves nei ekamaku vannaane Thanh nei. Mainbafainge ves gedhoru nuhurey. Alhugandah thi flat ah laan sharuthu hamaveyba

0
0