
| 9 ފެބުރުވަރީ 2019 | ހޮނިހިރު 22:48 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
1980 އާއި 1990 ގެ އަހަރުތަކުގައި, ފިލްމްތަކުގައި ނެގެޓިވް ރޯލްތައް ކުޅެފައިވާ މެހޭޝް އާނަންދް މަރުވެއްޖެ އެވެ.
"ޓައިމްސް ނައު"ގައި ރިޕޯޓްކޮށްފައިވާގޮތުން އުމުރުން 57 ގެ އެކްޓަރުގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ކޫޕަރ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ރިޕޯޓްތައް ބުނާގޮތުން އޭނާ ދިރިއުޅެމުންދަނީ މުމްބާއީގެ ވާސޯވާގައި އެކަނިއެވެ. "ޕީޕިން މޫން.ކޮމް" އިން މަހޭޝްގެ ކުރީގެ އަންހެނުންނަށް ގުޅުމުން ބުނެފައިވަނީ އޭނާގެ ކުރީގެ ފިރިމީހާގެ މަރުވިކަން އެނގިފައިނުވާ ކަމަށާއި 2002 ވަނަ އަހަރުން ފެށިގެން އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
މަހޭޝް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ރިލީޒްކުރި ގޯވިންދާގެ، ރަންގީލާ ރާޖާ އިންނެވެ.
މަހޭޝް އާނަންދު ކުޅެފައިވާ މަޝްހޫރު ފިލްމްތަކުގެ ތެރޭގައި "ޝަހެންޝާހް" (1988)، "މަޖުބޫރު" (1989)، "ސްވާގް" (1990)، "ތަނޭދާރް" (1990)، "ވިޝްވާތްމާ (1992)، "ގުމްރާހް" (1993)، "ހުއްދަރު" (1994)، "ބޭތާޖް ބާދްޝާހް" (1994)، "ވިޖޭތާ" (1996) އަދި ކުރުކްޝެތްރާ (2000) ހިމެނެއެވެ.
"ރަންގީލާ ރާޖާ" ވެގެން ގޮސްފައިވަނީ 18 އަހަރުގެ މެދުކެނޑުމަކަށްފަހު މަހޭޝް ފެނިގެންދިޔަ ފިލްމެވެ. މެހޭޝްގެ ފޭސްބުކްގައި އޭނާ ލިޔެފައިވަނީ އެ ފިލްމްގައި އެނާ ފެނިގެންދާނީ ހަ މިނެޓް ކަމަށާއި ނަމަވެސް އެނބުރި މަސައްކަތަށް ނުކުމެވުމުން ވަރަށް އެކްސައިޓްވެފައި ހުރި ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް