20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:14
ޢިޝާ 19:27

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ފުލަމް ބަލިކޮށް ޔުނައިޓެޑު ހަތަރުވަނައަށް ޖެހިލައިފި

  • ފުލަމްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދީ 0-3 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 9 ފެބުރުވަރީ 2019 | ހޮނިހިރު 19:49 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ޔުނައިޓެޑުގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ -- ޓްވިޓަރ

ޕްރިމިއާ ލީގުގައި ފުލަމް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

ހޮނިހިރު ދުވަހު ކުޅުނު މި މެޗު ފުލަމްއާ ވާދަކޮށް ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެ ކްލަބުންނެވެ. އެގޮތުން 14 ވަނަ މިނެޓުގައި އެންތޮނީ މާޝިއާލްގެ އެހީތެރިކަމާއެކު ޕައުލް ޕޮގްބާ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ ޔުނައިޓެޑުންނެވެ. އެގޮތުން 23 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާޝިއާލްއެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ފުލަމްގެ މައްޗަށް ޔުނައިޓެޑު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅެމުންދިޔައީ ޔުނައިޓެޑުންނެވެ. އެގޮތުން 65 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ޕޮގްބާއެވެ.

މުޅި މެޗުގައިވެސް ޔުނައިޓެޑުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުލަމްގެ ފަރާތުންވެސް ހަމަލާތަކެއް ފެނިގެންދިޔައެވެ. ނަމަވެސް އެ ހަމަލާތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު އޮތީ ކުޅުނު 26 މެޗުން ލިބުނު 51 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ. މެޗުން ބަލިވި ފުލަމް އޮތީ ކުޅުނު 26 މެޗުން ލިބުނު 17 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 19 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް