19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބޮލީވުޑް

ބާގީ 3 ގެ ބަތަލާ އަކީ ސާރާ؟

  • ސާރާ ދެން ފެނިގެންދާނީ "ލަވް އާޖްކަލް" އިން ކަަމަށް ރިޕޯޓްތައް ބުނޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 9 ފެބުރުވަރީ 2019 | ހޮނިހިރު 18:09 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ސާރާ އަލީ ޚާން -- ގޫގުލް

މިދިޔަ އަހަރު ބޮލީވުޑަށް ތަޢާރަފްވި ސާރާ އަލީ ޚާން ދެން ފެނިގެންދާނެ ފިލްމަކާއި ގުޅޭގޮތުން މިދުވަސްވަރު ބޮލީވުޑްގައި ދަނީ ވާހަކަ ދެކެވެމުންނެވެ.

"ކެދަރްނާތު" އިން ބޮލީވުޑަށް ތަޢާރަފް ވެގެންދިޔަ ސަރާ ދެވަނައަށް ކުޅެފައިވާ ފިލްމަކީ "ސިމްބާ" އެވެ. މި ދެފިލްމްވެސް ވެގެން ގޮސްފައިވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ދެ ފިލްމަށެވެ.

އެހެންކަމުން ގިނަ ބަޔަކު ދަނީ ސާރާގެ ދެން އަންނަން އޮތް ފިލްމަކަށް އިންތިޒާރު ކުރަމުންނެވެ. ކޮންމެއަކަސް ސަރާވެސް އޭނާ ދެންކުޅޭ ފިލްމަކީ ބެލުންތެރިން ބަލައިގަންނާނެ ފިލްމަކަށް ވުމަށް ވަރަށް ބޮޑަށް ސަމާލުވާނެއެވެ.

މީގެ ކުރިން ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސާރާ ވަނީ ޓައިގާ ޝްރޯފްގެ ފިލްމް "ބާގީ3" އަށް ނޫނެކޭ ބުނެފައެވެ.

ނަމަވެސް މި އެކްޝަން ފްރެންޗައިސްގެ ސްޕޯކްސްޕާސަން ބުނެފައިވަނީ ސާރާއަށް އެ ފިލްމް ކުޅުމަށް ހުށަހަޅާފައިވެސް ނުވާނެ ކަމަށެވެ. ފިލްމް އުފައްދާ ފަރާތްތަކުން ފިލްމްގެ ސްކްރިޕްޓް ފައިނަލް ކުރުމުގެ މަސައްކަތްތައް އަދިވެސް ކުރަމުންދާ ކަމަށެވެ.

ފިލްމްގެ ޑައިރެކްޓަރ އަހުމަދު ޚާން އާއި ސާރާ އާއި ދިމާވެފައި ވަނީވެސް އޭނާގެ ފުރަތަމަ "ކެދަރްނާތް" ރިލީޒް ވުމުގެ ކުރިން ކަމަށާއި އަދި އޭރު އެ ފިލްމް ހެދުމުގެ މަސައްކަތް ނުފަށާކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ސާރާއަށް އެ ރޯލް ހުށަހަޅާފައި ނުވާނެ ކަމަށް އެނާ ވަނީ ބުނެފައެވެ.

ސްޕޯކްސްޕާރސަން ބުނެފައިވަނީ "ބާގީ" އަދި "ބާގީ2" ގެ ލީޑް އެކްޓްރެސް އިން ކަމަށްވާ ދިޝާ ޕަޓާނީ ނުވަތަ ޝްރައްދާ ކަޕޫރު އެ ރޯލަށް ހަމަޖެއްސުމަށް ވިސްނަމުންދާ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން އެރޯލަށް ހަމަޖައްސާނީ ޝްރައްދާ ކަޕޫރެވެ.

ސާރާ ދެން ފެނިގެންދާނީ ކާތިކް އާރްޔަން އާއި އެކު އިމްތިއާޒް އަލީ ޑައިރެކްޓް ކުރާ ފިލްމް "ލަވް އާޖްކަލް" އިން ކަމަށްވެސް ވަނީ އަޑުފެތުރެން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް