13 ޑިސެންބަރު 2018 | ބުރާސްފަތި | 04 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

ކޮރަޕްޝަން

ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

  • އާބާދީގައި 4119 މީހުން ދިރިއުޅެމުންދާ ފ. އަތޮޅު އެކުލެވިގެންވަނީ 23 ރަށުގެ މައްޗަށް
  • ފ. އަތޮޅުގައި އޮންނަނީ އެންމެެ ރިސޯޓެއް
  • ފ. އަތޮޅު ވިއްކާލާފައިވަނީ، ސައުދީ ސަރުކާރު އިސްވެރިންނަށް
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 16 ފެބުރުވަރީ 2017 | ބުރާސްފަތި 08:36 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  6. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  7. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
  8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި


ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް އަބްދުﷲ ޔާމީން - ފ. އަތޮޅުގެ މައްސަލާގައި ސަރުކަރުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވޭ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ދިވެހިރާއްޖޭގެ ކޮންމެ އަތޮޅަކީ ވެސް ގުދުރަތީ މުސްހަނދިކަން ލިބިފައިވާ އަތޮޅެކެވެ. އެ އަތޮޅުތައް އެކުލެވިގެންވަނީ، ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ގިނަ ރަށްތަކެއް މައްޗަށެވެ. ރީތި ފަރުތަކާއި، ދޮންވެލި ގޮނޑުދޮށްތައް ވެސް ހިމެނޭގޮތަށެވެ. ބައެއް އަތޮޅުތަކަކީ ބޮޑު އާބަދީއެއް ދިރިއުޅޭ އަތޮޅުތަކެއް ނަމަވެސް، އަނެއްބައި އަތޮޅުތަކުގައި ދިރިއުޅެނީ ކުޑަ އާބަދީއެކެވެ. ކޮންމެއަކަސް ދައްކަން މި އުޅެނީ ރާއްޖޭގެ ރަށްތަކުގެ ގުދުރަތީ މުއްސަނދިކަމުގެ ވާހަކައެއް ނޫނެވެ. އަދި އަތޮޅުތަކުގެ އާބަދީގެ ވާހަކައެއް ވެސް ނޫނެވެ.

 

ދައްކަން މި އުޅެނީ ފ. އަތޮޅާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގެ ވާހަކައެވެ. ސައުދީގެ ޝާހީ އާއިލާއަކަށް ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުން ޑީލް ހަދައިފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަވެ.

 

އާބާދީގައި 4119 މީހުން ދިރިއުޅެމުންދާ ފ. އަތޮޅު 23 ރަށެއްގެ މައްޗަށް އެކުލެވޭއިރު، އޭގެތެރެއިން ރިސޯޓްގެ ގޮތުގައި ތަރައްޤީކުރެވިފައިވަނީ އެންމެ ރަށެކެވެ. ދެން އޮތީ ފ. އަތޮޅާއި، ސައުދީގެ ޝާހީ އާއިލާތަކާއި ގުޅުވައިދެކެވެމުންދާ ވާހަކަތަކެވެ. އެ އަތޮޅު ސައުދީ ސަރުކާރުގެ ޝާހީ އާއިލާއަކަށް ވިއްކާލުމަށް ސަރުކާރުން ނިންމާފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކެވެ. އެ ވާހަކަތަކަށް ބާރުލިބިދޭ އެތަށް ކަމެއްވަނީ ފެންމަތިވެގެންގޮސްފައެވެ.

 

މީޑިއާގައި ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުން ނިންމާފައިވާކަމަށް ބުނެ، އެ ވާހަކަތައް ފެންމަތިކޮށް ސުވާލުތައް އުފައްދަން ފެށުމާއެކު، ރައީސް އަބްދުﷲ ޔާމިން ވަނީ އެ ވާހަކަތަކަށް ބާރުލިބޭގޮތަށް ވާހަކަފުޅުދައްކަވާފައެވެ. ރައީސް ޔާމީން ވިދާޅުވާގޮތުން، ފ. އަތޮޅަށް އަންނަން އުޅެނީ ވަރަށްވެސް ބޮޑު އިންވެސްޓްމެންޓެކެވެ. ރައީސް ޔާމީން ވިދާޅުވީ ފ. އަތޮޅަކީ ސައުދީ ސަރުކާރުގެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ފަރާތުން ވަރަށް ހާއްސަ ޝައުގުވެރިކަމެއް އޮތް އަތޮޅެއް ކަމަށެވެ. އެ ފަރާތްތަކުން ފ. އަތޮޅުގައި ވަރަށް ބޮޑު ބިޔަ މަޝްރޫއުއެއް ހިންގުމަށް ވަނީ ނިންމަވާފައި ކަމަށާއި، އެ ބިޔަ، ބޮޑު މަޝްރޫއު ފ. އަތޮޅުގައި ހިންގުމަށްޓަކައި ހުރިހާ ޗާޓުތަކަކާއި ހުރިހާ ކުރެހުންތަކެއް ވަނީ ނިންމާފަ ކަމަށެވެ.

 

"ފ. އަތޮޅަކީ އެންމެ ކުޑަ އަބާދީއަށް ވެދާނެ. ފ. އަތޮޅާއި ވ. އަތޮޅަކީ މިއީ ކުދިކުދި އާބާދީ. އެކަމަކުވެސް ކަންކަން ރަނގަޅަށްދާ ކަމަށްވާނަމަ ފ. އަތޮޅަކީ އުފާވެރި އަދި ފ. އަތޮޅަކީ ނަސީބު ރަނގަޅު އަތޮޅެއް ކަމަށް މިއަދު ވެސް ފާހަގަކޮށްލަން ބޭނުން. އެހެން މިދަންނަވާ ސަބަބަކީ އަޅުގަނޑަށް ހަމަ ޔަގީން މި ދެ ދާއިރާގެ މެމްބަރުންގެ ފަރާތްޕުޅުން ރައްޔިތުންނަށް ކޮންމެވެސް ވަރަކަށް އަޅުގަނޑު ދަންނަވާލަން އުޅޭވާހަކަ މީގެކުރިން ވެސް އޮންނާނީ އިވިވަޑައިގެންފަ. މި އަތޮޅަކީ ސައުދީ ސަރުކާރުގެ ފަރާތުން ނޫނިއްޔާ ސައުދީގެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ފަރާތުން ވަރަށް ހާއްސަ ޝައުގުވެރިކަމެއް އޮތް އަތޮޅެއް ފ. އަތޮޅަކީ. އެބޭފުޅުންގެ ވަރަށް ބޮޑު މަޝްރޫއުއެއް ފ. އަތޮޅަށް ވަނީ ރާއްވަވާފައި" ރައީސް ވިދާޅުވި އެވެ.

 

ރައީސް އަބްދުﷲ ޔާމީން، ފ. މަގޫދޫގައި ސައުދީ ސަރުކަރުން އިމާރަތްކުރި މިސްކިތް ހުޅުއްވައިދެއްވަނީ -- ފައިލް ފޮޓޯ: ރައީސް އޮފީސް

 

ރައީސް އަބްދުﷲ ޔާމީންގެ އެ ވާހަކަފުޅުން ވެސް އެ މަނިކުފާނު ވަރަށް ބޮޑުކަމެއް ފޮރުވުމަށް މަސައްކަތްކުރައްވާކަން ހާމަވެއެވެ. އެއީ މީގެކުރިން ރައީސް ޔާމީނަކީ، ރާއްޖެއަށް ކިތަންމެ ކުޑަ ވިޔަފާރިވެރިޔެއް އައިކަމުގައި ވީނަމަވެސް، އަދި ޝައުޤުވެރިން ފާޅުކުރިކަމުގައި ވީނަމަވެސް އެކަމެއްގެ ފޮނި ވާހަކަފުޅުދައްކަވާ ބޭފުޅަކަށްވާތީއެވެ. އެ ކުންފުންޏަކުން އައިސް، މިވެނި އެވެނި ސަރަހައްދެއްގައި ރިސޯޓް ހައްދަވާނެކަމާއި، ޕޯޓްތައް ޤާއިމްކުރައްވާނެކަމާއި، އެއާޕޯޓްތައް އަޅުއްވާނެކަމަށް ވިދާޅުވެ ފޮނި ވާހަކަތައްތައް ދައްކަވާ ބޭފުޅަކަށްވާތީއެވެ. ނަމަވެސް ސައުދީ ސަރުކާރުން، ފ. އަތޮޅުގައި ފަށަން އުޅޭ ބިޔަ ބޮޑު މަޝްރޫޢަކީ ކޮބައިކަމެއް، އަދި އެ މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވަނީ ކޮންކަމެއްކަން ވެސް ރައީސް އަބްދުﷲ ޔާމީނަށް ވިދާޅުވުމަށް ކެރިވަޑައިނުގަތެވެ. އަދި ރައީސް ޔާމީން އެ ވިދާޅުވާ، ސައުދީ ސަރުކާރުގެ އިސް ބޭފުޅުން، ފ. އަތޮޅަށް ޝައުޤުވެރިވަނީ އެ އަތޮޅުގައި ކޮންކަމެއް އޮތުންމުންކަމެއް ވެސް ވިދާޅުވާކަށް ރައީސް ޔާމީނަކަށް ކެރިވަޑައެއްނުގެންނެވި އެވެ.

 

ހަމަޔަޤީނުން ވެސް، ރައީސް އަބްދުﷲ ޔާމީންގެ އެ ވާހަކަފުޅުން އެމަނިކުފާނު ކޮންމެވެސްކަމެއް ސިއްރުކުރައްވާކަން ހާމަވެ އެވެ.

 

ދެންއޮތީ، ފ. އަތޮޅު ވިއްކާލުމަށް ނިންމާފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ބަސްމަގުގެންގުޅެފައިވާގޮތެވެ. މި ސަރުކާރަކީ، ސަރުކާރާއި ގުޅޭގޮތުން ކިތަންމެ ކުޑަ ތުހުމަތެއް، ކިތަންމެ ކުޑަ ވާހަކައެއްދެކެވުނު ނަމަވެސް އެ ވާހަކަތައް ދިފާއުކޮށް، ބޮޑެތި ނިއުސް ކޮންފަރެންސްތަކާއި، ބަސްދީގަތުންތައްދެއްވާ ސަރުކާރެކެވެ. އެވަރުންއަދި ފުއްދާލަނީކީ ނޫނެވެ. ސަރުކާރާ ގުޅޭގޮތުން ތުހުމަތެއް، ނުވަތަ ވާހަކައެއް ދެކެވިއްޖެނަމަ، ސަރުކަރު ދިފާއުކުރުމަށް އެކި މީޑިއާތަކުގައި ސަރުކާރުގެ ވެރިން ގަޑި ބައްސަވައިގެން ވާހަކަތައް ދައްކަވަމުންގެންދަވައެވެ. ނަމަވެސް ފ. އަތޮޅު، ސައުދީ ސަރުކާރުގެ އިސް ފަރާތްތަކަށް ވިއްކާލުމަށް ނިންމާފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ސަރުކާރުގެ ހަރަކާތްތައް ވަރަށް ވެސް ތަފާތެވެ. މިއަދާހަމައަށް ވެސް ސަރުކާރުން މި މައުޟޫއާ ގުޅުވައި އެއްޗެއް ބުނާކަށް ބޭނުމެއް ނުވެއެވެ. އެކަމުން ވެސް ސަރުކާރުން ކޮންމެވެސް ކަމެއް ސިއްރުކުރާކަން ހާމަވެ އެވެ.

 

ދެންއޮތީ ވެސް ކުޑަ ވާހަކައެއް ނޫނެވެ. ދިވެހި ސަރުކާރާއި، ސައުދީ ސަރުކާރުގެ އިސްވެރިންނާއި އޮންނަ ގާތްގުޅުމުގެ ވާހަކައެވެ. ތެދެކެވެ. މުސްލިމު އެއްގައުމާ، އަނެއް ޤައުމާއެކު ޤާތްގުޅުންތަކެއް އޮންނަންޖެހޭނެ އެވެ. ނަމަވެސް ސައުދީ ސަރުކާރާއި، ދިވެހި ސަރުކާރާ އޮންނަ ގުޅުން ވެސް ފެންނަނީ ތަފާތުކޮށެވެ. ސައުދީ ސަރުކާރުން، ދިވެހި ސަރުކާރަށް އެތަށް ބައިވަރު ލޯނުތަކެއް ދެމުން އަންނައިރު، ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ އަހަރުގެ ދެކޮޅުގައި ސައުދީ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވަމުނެނެވެ.

 

މުސްލިމު ޤައުމެއް ނަމަވެސް، މުސްލިމުނޫން ޤައުމެއް ނަމަވެސް ހާރިޖީގޮތުން ސަރުކާރަކުން ކޮށްގެންނުވާނެ އެތަށް ކަމެއް ހުންނާނެ އެވެ. ގުނާ އަދަދު ނުކުރެވޭވަރަށް، ވަކި ދައުލަތަކުން ލޯނުތައް ނަގާނަމަ އެއީ ރާއްޖެ، އިޤްތިސާދީ އަޅުވެތިކަމަކަށްވެއްޓޭނެ ކަމެކެވެ. އެ ވާހަކަފުޅު އެންމެ ގިނައިން ވިދާޅުވަނީވެސް ރައީސް ޔާމީނެވެ. އެމަނިކުފާނު ވެސް ވިދާޅުވާފަދައިން 21 ވަނަ ގަރުނުގައި ޤައުމުތައް އަޅުވެތިކުރާނި ކަނޑި އާއި ބަޑި ބޭނުންކޮށްގެނެއް ނޫނެވެ. ޤައުމުތައް އަޅުވެތިކުރާނީ އިޤްތިސާދީގޮތުންނެވެ. އެހެންކަމުން ރާއްޖެ މިއަދު ވަނީ އިޤްތިސާދީގޮތުން ސައުދީ ސަރުކާރުގެ އަޅުވެތިކަމުގައޭ ވެސް ބުނުމަކީ ކުށް ބަހަކަށް ނުވާނެ އެވެ. އެހެން ނޫންކަމުގައިވާނަމަ، މުސްލިމް ޤައުމެއްކަމަށްވާ އިރާނާއެކު އޮތް ހާރިޖީ ގުޅުން ދިވެހި ސަރުކާރުން ކަނޑާލަންވީ ކީއްވެގެންތޯއެވެ. އަދިވެސް ސަރުކާރަށް އެކަމާ ގުޅޭގޮތުން އެއްވެސް ސަބަބެއް ހާމަކުރެވިފައެއް ނުވެއެވެ.

 

ކޮންމެއަކަސް މި ހުރިހާކަމަކުން ވެސް ބާރުލިބިދެނީ ފ. އަތޮޅާ ގުޅުވައި ސަރުކާރުން ގޮތް ނޭނގޭ ޑީލްތަކެއް ހަދައިފައިވާކަމެވެ. ފަހަރުގައި އެ އަތޮޅުގެ ރަށްތަކުން މީހުން ބޭލުމަށް ވެސް ސަރުކާރުން ފޫގަޅާލަފާނެ އެވެ. އެއީ ވެސް ފެނުން އެންމެ އެކަށީގެންވާ މަންޒަރެކެވެ. އެއަށްފަހު، ސަރުކާރުން ބުނާނެ އެވެ. މިއީ ބޮޑެތި އިންވެސްޓަރުން ގެނައުމަށްޓަކައި ކުރައްވާކަމެކެވެ.

 

ދިވެހި ރައްޔިތުންނޭވެ. ވިސްނާށެވެ. ޤައުމު ވިއްކާލުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭށެވެ. އެއީ ކިތަންމެ ރީތިނަމެއްގައި، އިންވެސްޓަރުން ޤެނައުމަށްކަމަށް ބުނެ ކުރާކަމަކަށްވިޔަސް އެކަން ކުރުމަށް ފުރުސަތު ނުދޭށެވެ. ރާއްޖޭގެ އަތޮޅުތައް ވިއްކާނުލިކަމުގައި ވީނަމަވެސް އިންވެސްޓަރުން ރާއްޖެ ގެނެވިދާނެ އެވެ. ދެންވެސް ކުރަންޖެހޭ ކަމެއް ކުރެވިދާނެ އެވެ. އަމިއްލަ ޤައުމުގައި އަޅުވެތި ބަޔަކަށްވެގެންދިއުމަށް ފުރުސަތު ނުދޭށެވެ. ފ. އަތޮޅު ވިއްކާލާއިރު، އެ ސަރަހައްޤުގައި ދިވެހި ދުސްތޫރުގެ ބާރު ނުހިނގާގޮތަށް ވެސް ވިއްކާލަފާނެ އެވެ. ފ. އަތޮޅު ވިއްކާލުމަށް ހަދާފައިވާ އެއްބަސްވުމާ ގުޅޭގޮތުން ވެރިންނާއި ސުވާލުކޮށް، ޖަވާބު ހޯދާށެވެ. އަޅުވެތިކަމަށް ނޫނެކޭ ބުނާށޭވެ.

 

"މިނިވަންކަމުން އަޅުވެތިކަމަށް ދާނަންހޭ، ނުދާނަމޭ،

ގަދަ ހިޔަލަކުން، ގަދަ ހޫނަކަށް ދާނަންހޭ، ނުދާނަމޭ"

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ނިޔާޒް

2 އަހަރު ކުރިން

ފިނި ހިޔަލަކުން ގަދަ ހޫނަކަށް ދާނަންހޭ ނުދާނަމޭ

0
0