19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ހިތް އުފެދިފައިވަނީ ބޭރުގަ

އުފަންވީއިރު ހިތް އުފެދިފައިވަނީ ހަށިގަނޑުން ބޭރުގައި

  • ވެނެލޮޕް ހޯޕް ވިކިންސް އުފަން ވެފައިވަނީ 22 ނޮވެމްބަރު 2017 ގައި
  • ތުއްތު ކުއްޖާގެ ހިތް އެތެރެއަށް ލުމަށްޓަކައި ތިން އޮޕަރޭޝަނެއް ކޮށްފައިވޭ
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 9 ފެބުރުވަރީ 2019 | ހޮނިހިރު 10:35 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ތިން އޮޕަރޭޝަނަށް ފަހު ވެނެލޮޕްގެ ހިތް އޭނާގެ ގައިގެ ހަންގަނޑާ ލާ ބަންދު ކުރެވިފައި -- ބީބީސީ

އުފަންވީއިރު ހިތް ހަށިގަނޑުން ބޭރުގައި އުފެދިފައިވާ ތުއްތު ކުއްޖާއަށް އިނގިރޭސި ވިލާތުގެ ގްލެންޑްފީލްޑް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ގެއަށް ދޫކޮށްލައިފިއެވެ.

ގްލެންޑްފީލްޑް ހޮސްޕިޓަލްގައި ވެނެލޮޕް ހޯޕް ވިކިންސް ނަމަކަށް ކިޔާ މި ތުއްތުކުއްޖާ އުފަން ވެފައިވަނީ 22 ނޮވެމްބަރު 2017 ވަނަ އަހަރުއެވެ. މި ކުއްޖާ އުފަންވީއިރު މޭމަތީގެ ކަށިތައް އުފެދިފައި ނުވެއެވެ.

މި ތުއްތު ކުއްޖާގެ މަންމަ ނޯމި ފިންޑްލޭ ބުނެފައިވަނީ މީ ހައިރާން ކުރަނިވި ކަމެއް ކަމަށާއި އަދި ހިތްހަމަ ޖެހުނު ކަމެއް ކަމަށެވެ.

އިތުރަށް ބުނެފައިވަނީ މީ އުފާވެރިކަމާއި ހިތްދަތިކަމުން ފުރިގެންވާ ދަތުރެއް ކަމަށެވެ.

ވެނެލޮޕް ހޯޕްގެ ގެ މަންމަ އާއި ބައްޕަ މިއަންނަ އަހަރު ކައިވެނި ކުރުމަށް ނިންމާފައިވާއިރު  މި ދެމީހުން ކައިވެނީގެ ގޮތުން ގުޅުމުން ކުޑަ ދަރިފުޅަށް އިތުރަށް އަޅާލެވޭނެ ކަމަށާއި އަދި ހަމަޖެހިގެން އެދެމީހުންނަށް އުޅެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

މިކަމާއި ބެހޭގޮތުން ކުއްޖާގެ ބައްޕަ ވިލްކިސް ބުނެފައިވަނީ ދަރިފުޅު ގެއަށް ބަދަލުކުރުން މީ ފުރަތަމަ ފިޔަވަޅު ކަމަށާއި އަދި އެތައް ކަމަކާއި ކުރިމަތި ލާންޖެހޭނެ ކަމަށެވެ.

14 މަހުގެ އެ ކުއްޖާ ބަލާ މެޑިކަލް ޓިމްގެ ޑޮކްޓަރު ފްރެންސެސް ބުލޮކް ބުނެފައިވަނީ ދިގު މުއްދަތެއްގައި ރަނގަޅު ސިއްހަތެއްގައި ވެނެލޮޕް ބެހެއްޓުމަށް އޭނާގެ  މޭމަތީގެ ކަށިތައް ވަރަށް މުހިންމު ކަމަށެވެ.

މީގެ އިތުރުން ވެސް މިޓީމުން ބުނެފައިވަނީ މިވަރަށް ތުއްތު ކުއްޖާއަށް އަޅާލިޔަސް ކުރިއަށް އޮތްތާ ވާނެގޮތް ނޭގޭ ކަމަށެވެ.

 މީ އާންމު ގޮތެއްގައި ފެންނަ ކަމެއް ނޫން ކަމަށާއި މި ބާވަތުގެ ކަމެއް ފެންނަނީ މިލިއަނަކުން އެއްފަހަރު ކަމަށް ވެސް މި ޓީމުން ބުނެފައި ވެއެވެ.

ނޯމި ފިންޑްލޭ ބުނެފައިވަނީ މާބަނޑުއިރު ކުޑަ ދަރިފުޅު ދުނިޔޭގައި ހުންނާނެ ކަމަށް ޑޮކްޓަރުން ދީފައިވަނީ 10 އިން އެއް ޕަސެންޓް ކަމަށާއި ނަމަވެސް ފީލްޑް ހޮސްޕިޓަލްގެ ތަޖުރިބާ ކާރުން އެކަން ބަދަލުކޮށްލާ ފައި ވާކަމަށެވެ. މީ ޔޫކޭގައި މިކަހަލަ ކޭސްއެއްގައި ސަލާމަތްވި ފުރަތަމަ ކުއްޖާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް