19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އިންޑިއާގައި ރޭޕް އިތުރުވުން

އިންޑިއާގެ މުމްބާއީގައި 5 އަހަރުގެ ކުއްޖަކު ރޭޕްކުރުމަށް ފަހު މަރާލައިފި

  • އަންހެން ކުއްޖާ ވަގަށް ނެގީ، މަގުމަތީގައި ހަދާފައި ހުރި ކުޑަ ޖިފުޓި ގަނޑެއްގައި އެ ކުއްޖާގެ އާއިލާއާއި އެކު ނިދާފައި އޮއްވާ
އަމަން ހަލީމް | soupized

| 9 ފެބުރުވަރީ 2019 | ހޮނިހިރު 04:16 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ރޭޕްއާއި ދެކޮޅަށް އަޑު އުފުލަން އިންޑިއާގައި ކުރި މުޒާހަރާއެއްގެ ތެރެއިން -- ސީ.އެން.އެން

އިންޑިއާގެ މުމްބާއީގައި ފަސް އަހަރުގެ ކުޑަ އަންހެންކުއްޖަކު ވަގަށް ނެގުމަށް ފަހު، އެ ކުއްޖާ ރޭޕްކޮށް މަރާލައިފިއެވެ.

މުމްބާއީގެ މާހިމް ނެއިބަރހުޑުން އެ އަންހެން ކުއްޖާ ވަގަށް ނެގީ، މަގުމަތީގައި ހަދާފައި ހުރި ކުޑަ ޖިފުޓި ގަނޑެއްގައި އެ ކުއްޖާގެ މައިންބަފައިންނާއި އާއިލާގެ ތިން ބެއިންނާއި އެކު ނިދާފައި އޮއްވައެވެ.

ސީއެންއެންއަށް މައުލޫމާތު ދެމުން މުމްބާއީގެ ޑެޕިއުޓީ ކޮމިޝަނަރ ވިކްރަމް ދެޝްމާނޭ ވިދާޅުވީ އެ ކުއްޖާ ގެއްލިގެން ރިޕޯޓު ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އެ ކުއްޖާގެ ހަށިގަނޑު ފެނިއްޖެ ކަމަށެވެ. އެ ކުއްޖާ މަރާލާފައި އެއްލާލާފައި އޮތީ ވަގަށް ނެގި ހިސާބު ކައިރީގައި ހުރި މަގެއްގެ މައްޗަށެވެ. އޮޓޮޕްސީއަކުން ވަނީ އެ ކުއްޖާ ރޭޕްކޮށްފައިވާ ކަން ކަށަވަރުވެފައެވެ.

މީގެ އިތުރުން ދޭޝްމާނޭ ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން މި ކަމުގައި ބައިވެރިވީ އެންމެ މީހަކު ކަމަށް ލަފާކުރެވޭ ކަމަށެވެ. އިތުރު މައުލޫމާތު ހޯދުމުގެ ގޮތުން މި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލަމުންދާ މުމްބާއީގެ ފުލުހުން ވަނީ ބުނެފައެވެ.

އިންޑިއާގެ ނެޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯއިން 2016 ވަނަ އަހަރު އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އަހަރުގެ ތެރޭގައި 39000 ރޭޕްގެ މައްސަލަ ރިޕޯޓްކޮށްފައި ވެއެވެ. އިންޑިއާގައި ކޮންމެ 13.5 މިނިޓެއްގެ ތެރޭގައި މީހަކު ރޭޕްގެ މައްސަލައެއް ރިޕޯޓު ކުރާ ކަމަށް ވެސް އެ ބިއުރޯއިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް