20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

މެސެޑޯނިއާ ނޭޓޯއާއި ގުޅުން

ނޯތް މެސެޑޯނިއާ ނޭޓޯއާއި ގުޅެން ހުއްދަ ދޭން ގްރީސްގެ ޕާލިމަންޓުން ނިންމައިފި

  • ބޮޑުވަޒީރު އެލެކްސިސް ސިޕްރަސް ވަނީ ގްރީސްއާއި ރަހުމަތްތެރި އަދި ގާތް ގުޅުމެއް އޮންނަ މެސެޑޯނިއާ، ނޭޓޯގެ ބައިވެރިއެއްގެ ގޮތުގައި އޮތުން މުހިންމު ކަމަށް ވިދާޅުވެފައި
  • މެސެޑޯނިއާއަށް ގްރީސްގެ ހުއްދަ ކޮންމެހެން ވެސް ހޯދަން މަޖުބޫރުވީ ނޭޓޯއާއި އިތުރު ގައުމުތައް ގުޅުން ވީޓޯ ކުރުމުގެ ބާރު ގްރީސްގެ އަތުގައި އޮތުމުން
އަމަން ހަލީމް | soupized

| 9 ފެބުރުވަރީ 2019 | ހޮނިހިރު 03:09 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ނޭޓޯގެ އެސެންޝަން ޕްރޮޓޮކޯލްގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން -- ރޮއިޓަރސް

ކުރީގެ ޔޫގޮސްލާވިއާގެ ބައެއްގެ ގޮތުގައި އޮތް މެސެޑޯނިއާ (މިހާރުގެ ނަމުން ނަމަ ނޯތް މެސެޑޯނިއާ) ނޭޓޯއާއި ގުޅެން ކުރިމަރި ކުރިވި ހުރަސްތައް ނައްތާލަން ގްރީސްގެ ޕާލިމަންޓުން ނިންމައިފިއެވެ.

ހުކުރު ދުވަހު ގްރީކް ޕާލިމަންޓުން ވަނީ މެސެޑޯނިއާ ނޭޓޯއާއި ގުޅެން ހަދާފައި އޮތް "ނޭޓޯ އެކްސެޝަން ޕްރޮޓޮކޯލް" ތަސްދީގުކޮށްފައެވެ. މި ޕްރޮޓޮކޯލް ފާސްކުރަން 153 ވޯޓު ލިބުނިއުރު، ފާސްކުރުމާއި ދެކޮޅަށް 140 ވޯޓު ލިބިފައިވެއެވެ.

ވޯޓުގެ ކަންކަން ފެށުމުގެ ކުރިން ޕާލިމަންޓުގައި ވާހަކަދައްކަވަމުން ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރަސް ވަނީ ގްރީސްއާއި ރަހުމަތްތެރި އަދި ގާތް ގުޅުމެއް އޮންނަ މެސެޑޯނިއާ، ނޭޓޯގެ ބައިވެރިއެއްގެ ގޮތުގައި އޮތުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

ނޭޓޯގެ މެމްބަރު ގައުމުތަކުން މެސެޑޯނިއާ އެ ޖަމިއްޔާއާއި ގުޅެން ބޭނުންވާ އެކްސެޝަން ޕްރޮޓޮކޯލްގައި ސޮއިކުރީ ބުދަ ދުވަހުގައެވެ. ގްރީސްގެ ޕާލިމަންޓުން މި ކަން ތަސްދީގު ކުރުން ވެފައި އޮތީ، ނޭޓޯއާއި ގުޅެން އޮތް ހަމައެކަނި ހުރަހަށް ވެފައެވެ.

ގްރީސްގެ ޕާލިމަންޓުން މެސެޑޯނިއާ ނޭޓޯއާއި ގުޅެން ހުއްދަ ދޭން ނިންމީ ދެ ގައުމުގެ ދެމެދުގައި ވެވުނު ނަން ބަދަލުކުރުމުގެ އެއްބަސްވުމުގައި ކަންކަމުގެ މަތީންނެވެ. އެގޮތުން މެސެޑޯނިއާއިން ވަނީ އެ ގައުމުގެ ނަން ނޯތް މެސެޑޯނިއާއަށް ބަދަލުކޮށްފައެވެ. މެސެޑޯނިއާއަށް ގްރީސްގެ ހުއްދަ ކޮންމެހެން ވެސް ހޯދަން މަޖުބޫރުވީ ނޭޓޯއާއި އިތުރު ގައުމުތައް ގުޅުން ވީޓޯ ކުރުމުގެ ބާރު ގްރީސްގެ އަތުގައި އޮތުމުންނެވެ.

ނަން ބަދަލުކުރި މައްސަލައާއި ގުޅިގެން ގްރީސްގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. އަދި ބޮޑުވަޒީރު ސިޕަރަސްގެ ކޯލިޝަންގެ މެމްބަރެއް ކަމުގައިވާ ނެޝަނަލިސްޓް އިންޑިޕެންޑެންޓް ގްރީކްސް ޕާޓީ ވަނީ ކޯލިޝަނުން ވަކިވެފައެވެ.

ބަލްކަންގެ ގައުމެއް ކަމަށްވާ މެސެޑޯނިއާއަށް އެނަން ކިޔުމަށް ގްރީސްއިން ނުރުހެނީ މެސެޑޯނިއާ އާއި ގްރީސް ގުޅޭ ސަރަހައްދީ ރޮނގުގައި މެސެޑޯނިއާއާ އިންވެގެން އޮންނަ ގްރީސްގެ ސަރަހައްދަކަށް ވެސް މެސެޑޯނިއާ ކިޔާތީއެވެ. ނަމުގެ މައްސަލަ ނިމުނީ ގްރީސްއާއި މެސެޑޯނިއާގެ މެދުގައި ނުތަނަވަސްކަން އުފެދިފައި އޮންނަތާ 27 އަހަރުވެފައި ވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް