19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރާއްޖެ އާއި އިންޑިއާ

ރާޑަރުންވެސް، ހެލިކޮޕްޓަރުންވެސް ފައިދާކުރަނީ ހަމަ ދިވެހިންނަށް

  • ރާޑަރުތަކާއި ހެލިކޮޕްޓަރުތަކާއި ގުޅޭގޮތުން ފަތުރަނީ ދޮގުވާހަކަ

| 8 ފެބުރުވަރީ 2019 | ހުކުރު 17:28 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ހެލިކޮޕްޓަރުތަކުގެ ބޭނުން އެންމެ ގިނައިން ކުރަނީ ސިއްހީ އެމަރޖެންސީތަކުގައި ބަލި މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް -- އާކައިވް

އިންޑިއާއިން ދޭ ރާޑަރުތަކެއް ރާއްޖޭގައި ހަރުކުރާތީ އެކަމާ ކަންބޮޑުވެގެން ތަންކޮޅެއް އަޑުގަދަ ތިން ހަތަރު މީހަކު އުޅޭތީ އެބަ ފެނެއެވެ. މިމީހުންނަކީ މިއީ އިންޑިއާއިން ދިން ހެލިކޮޕްޓަރުތަކެއް ރާއްޖޭގައި އޮޕަރޭޓްކުރާތީ އެކަމާ ކަންބޮޑުވެގެންވެސް އުޅުނު މީހުންނެވެ.

ދައްކާ ވާހަކަތަކަށް ބަލާއިރު މާކަ އޮއްޓަރު ހުރި ވާހަކައެއް ނުދައްކައެވެ. ރާޑަރުތަކޭ ކިޔައިގެންވެސް ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަ ފިޔަވައި އިތުރު ވާހަކައެއް ނުދައްކައެވެ. ރާޑަރުތަކާ ބެހޭ ގޮތުންވެސް އަދި ހެލިކޮޕްޓަރުތަކާ ބެހޭ ގޮތުންވެސް ރައްޔިތުންނަށް ދޮގު މައުލޫމާތުތައް ދެމުންދާއިރު، ރައްޔިތުންނަށް ވާނުވާ ނޭނގެއޭ އެމީހުންނަށް ހީވާ ކަހަލައެވެ.

އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރުތަކަކީ ދިވެހިންނަށް އެތަކެއް ފައިދާތަކެއް އެއިން ލިބެމުންދާ އުޅަނދުތަކެކެވެ. ތިމާގެ އާއިލީ މީހަކު ބަލިވުމުން، ކުއްލި ފަރުވާއަށް އަވަހަށް ބޭރަށް ފުރުވާލުމަށް މާލެ ގެންނަން ޖެހުމުން އެ ހެލިކޮޕްޓަރުގެ އެހީގައި އާއިލާ މީހާ މާލެ ގެނެވުނު މީހަކަށް އެކަމުގައި އެލިބުނު ލުއިފަސޭހަކަން އެނގޭނެއެވެ. ބޮލުގައި ރިއްސާލާއިރަށް ސިންގަޕޫރަށް ޑޮކްޓަރަށް ދައްކަން ދާ މީހަކަށް އާއްމު ދިވެހި ރައްޔިތުންނަށް އެކަމުން ލިބޭ ފަސޭހަ ނުވިސްނިދާނެއެވެ.

އެ ހެލިކޮޕްޓަރު ބޭނުންކޮށްގެން މައިގަނޑު ގޮތެއްގައި ކުރާހާ މަސައްކަތަކީ ބަލި މީހުން އުފުލުމެވެ. ދެން ކުރާ ކަމަކީ ދޯންޏެއް ނުވަތަ މީހަކު ގެއްލިއްޖެނަމަ އެ ދޯންޏެއް ނުވަތަ މީހަކު ހޯދުމުގެ މަސައްކަތް ކުރުމެވެ. އިތުރުކަމެއް އެ ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ނުކުރެއެވެ. މިރާއްޖޭގައި ޖާސޫސުކުރާކަށް އެތަން މިތާކު އުދުހިއެއް ނޫޅެއެވެ. އަދި އެ ހެލިކޮޕްޓަރު ބަލަހައްޓަން ތިބޭ އިންޑިއާގެ ސިފައިންނެއްވެސް މުޅި ރާއްޖެއަށް ފެތުރިގެނެއް ނޫޅެއެވެ. ހެލިކޮޕްޓަރު ބަލަހައްޓަން ތިބޭ ސިފައިންގެ އަދަދާއި ބެހޭ ގޮތުންވެސް އެތައް ދޮގު ވާހަކައެއް ދައްކާއިރު، އެ ބުނާހާ ގިނަ ސިފައިން ނުތިބޭކަން ހެލިކޮޕްޓަރުތައް ޕާކުކޮށްފައި ހުންނަ އައްޑޫގެ ރައްޔިތުންނާއި ހައްދުންމަތީގެ ރައްޔިތުންނަށް އެނގޭނެއެވެ. އިތުރު ތާކު އެބުނާ ސިފައިންނެއް ނުތިބެއެވެ.

ހެލިކޮޕްޓަރުތައް ރާއްޖޭގައި ހުރެގެން އޭގެ ހުރިހާ ފައިދާއެއް ކުރަނީ ދިވެހިންނަށެވެ. އިންޑިއާއަށް ކުރާ ފައިދާއަކީ ހެލިކޮޕްޓަރުތަކުގެ ސަބަބުން ރާއްޖެއާއެކު އޮންނަ ގުޅުން ބަދަހިވުމެވެ. އަސްކަރީ ގޮތުން މާކަބޮޑު ފައިދާއެއް ނުވެއެވެ. ރާއްޖޭގެ އުތުރުން ލަކްޝަދްވީޕް އާއި ހުޅަނގު ދެކުނުން ސީޝެލްސްގައި އިންޑިއާގެ އަސްކަރީ މަރުކަޒުތައް ހުރުމުން އިންޑިއާއަށް ފުދެއެވެ.

ރާޑަރުތަކުގެ ވާހަކައަކީވެސް ހަމަ އެފަދަ ވާހަކައެކެވެ. އިންޑިއާއިން ދިން ރާޑަރުތަކެއް ހަރުކުރަން ފެށުމުން އެކަމަށް ފާޑުކިޔަން ފެށި އެންމެން، 2016 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ވަޑައިގެން އެ ރާޑަރުތައް ހަރުކުރަން އެއްބަސްވެވަޑައިގަތުމުން އެވާހަކަ ނުދެއްކީ ކީއްވެގެން ހެއްޔެވެ؟ 2015 ވަނަ އަހަރު ލ ކައްދޫގައި އިންޑިއާއިން ރާޑަރު ހަރުކުރުމުން އެކަން ހުއްޓުވަން ނޫޅުނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ މިހާރު އެހަރުކުރާ ރާޑާރުތައް ހަރުކުރަން ޔާމީންގެ ސަރުކާރުގައި ބުޑުތައް ޖެހިއިރު ޗުއްޕުކިޔައިގެން ތިބީ ކީއްވެހެއްޔެވެ.

ހަޤީޤަތުގައި އެ ރާޑަރުތަކަކީވެސް އޭގެއިން ދިވެހިންނަށް އެތަކެއް ފައިދާތަކެއް ކުރާ، އަދި ކުރާނެ ރާޑަރުތަކެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައި، ޖުމްލަކޮށް އިންޑިއާ ކަނޑައަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް މިފަދަ ރާޑަރުތަކަކީ މުހިއްމު އެއްޗެކެވެ. ރާއްޖޭގެ ސަރަހައްދަކީ ބައިނަލްއަޤްވާމީ ކަނޑުގެ ދަތުރުފަތުރުގައި މުހިއްމު ސަރަހައްދަކަށް ވާއިރު، އަދި ކޮންމެ ދުވަހަކުވެސް ތެލާއި މުދަލުގެ ޝިޕްމަންޓްތައް ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާއިރު، މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ. ކަނޑުފޭރޭ މީހުންގެ އުނދަގޫ ރާއްޖޭގެ ހުޅަނގުން އޮންނަ މާކަނޑުގައި ބޮޑުވެފައިވާއިރު، ރާޑަރުތަކުގެ އެހީގައި މިފަދަ ނުރައްކާތަކުން ރާއްޖެ ސަލަމާތް ވެގެންދާނެއެވެ.

މި ރާޑަރުތަކާއިއެކު އިންޑިއާއިން ސިފައިން ރާއްޖޭގައި ތިބޭކަމަށްބުނެވެސް ދޮގު ވާހަކަތަކެއް ދަނީ ފަތުރަމުންނެވެ. ރާޑަރުތައް ބަލަހައްޓަން އިންޑިއާ ސިފައިން ނުތިބޭނެކަމަށް އެތައް ފަހަރަކު ބުނުމުންވެސް އެކަމާއި ބެހޭ ގޮތުން ދޮގު ވާހަކަ ދައްކާ ފަރާތްތަކަށް އަޑު އިވޭ ކަމަކަށް ނުވެއެވެ. މިޒާތުގެ ވާހަކަ ފަތުރާ މީހުންނަށް އިވޭނީވެސް އެމީހުން ދައްކަން ބޭނުންވާ ޒާތުގެ ވާހަކަ ދައްކާ މީހުންގެ ވާހަކަ އެކަންޏެވެ.

ރާޑަރުތައް ބަލަހައްޓަނީ ދިވެހި ސިފައިންނެވެ. ރާޑަރުތަކުން ރައްކާތެރިކުރެވެނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުތަކެވެ. ކޮންމެ ޤައުމަކުން ދިން ރާޑަރުތަކެއް ބެހެއްޓިޔަސް، އެރާޑަރުތައް މެދުވެރުކޮށް ފާހަގަކުރެވޭ ނުރައްކާތަކުގެ މައުލޫމާތު އިންޑިއާ އާއި އަދި އެނޫންވެސް މިސަރަހައްދުގެ އެހެން ޤައުމުތަކާއި ހިއްސާކުރާނެއެވެ. މިއީ ބަވަނަ ވެފައިވާ ދުނިޔެއެކެވެ. އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ރާއްޖެއަށް އެކަނި ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެކަމަށް ބޭނުންވާ ފައިސާއާއި، އިންސާނީ ވަޞީލަތްތަކާއި ޓެކްނޮލޮޖީ އަޅުގަނޑުމެންގެ އަތުގައި ހުރިނަމަ އެކަން އަޅުގަނޑުމެން ތިބޭނީ ކޮށްގެންނެވެ.

އެހެންކަމުން ފިތުނަ ފަސާދަ އުފެދޭ ޒާތުގެ ވާހަކަ ނުދައްކާ، ކަމުގެ ހަޤީގަތާއި ކުރިމަތިލަމާތޯއެވެ. އިންޑިއާ – ދިވެހިރާއްޖޭގެ ގުޅުމަކީ ދެޤައުމަށްވެސް ފައިދާހުރި ގުޅުމެކެވެ. އޭގެ މިސާލަކީ ނިމިގެން މިދާ ހަފްތާގައި ކުއްލި ޙާލަތުގައި އިންޑިއާއަށް ބޭސްފަރުވާއަށް ގެންދަން ޖެހުނު ތުއްތު ކުއްޖާއަށް މެޑިކަލް ވިސާ ބޭނުން ވުމުން ދިވެހި ޚާރިޖިއްޔާގެ އެދުމުގެ މަތިން ރޭގަނޑު ދަންވަރު މާލޭގައި ހުންނަ އެމްބަސީ ހުޅުވައިގެން އިންޑިއާ އެމްބަސީއިން އެކުއްޖާއަށް މެޑިކަލް ވިސާ ފޯރުކޮށްދީ، ހެނދުނު ހެނދުނާ އެކުއްޖާ ފުރުވާލުމެވެ. އޭގެ މިސާލަކީ ކްރިޓިކަލް ޙާލަތެއްގައި އޮތް 4 މަހުގެ ކުޑަ ކުއްޖަކު ރޭގަނޑު ދަންވަރު ހެލިކޮޕްޓަރުގައި މާލެ ގެނެސް، އެކަށީގެންވާ ފަރުވާ ދެވުމެވެ. އަދިވެސް މިފަދައިން ދެއްކޭނެ އެތައް މިސާލެއް އެބަހުއްޓެވެ.

ރާޑަރުންވެސް، ހެލިކޮޕްޓަރުންވެސް އަދި މާލޭގައި އިންޑިއާގެ އެމްބަސީއެއް ހުރެގެންވެސް ފައިދާކުރަނީ ދިވެހިންނަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Ahamed Ali

1 ހަފްތާކުރިން

ބަލަގަ އެހެން ބޭފުޅުން ވެރިކަމުގައި ތިއްބބެވި އިރު ރިދޫބައިގަދުގެ މިނޫހުން ކުރި ޖެއްސުން ވަކިކުޑައެއްނުވާނެ.

0
0
ހާމިދު ހުސައިން

1 ހަފްތާކުރިން

ތީތި ސަޅި

1
0