16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ހދ. ކުޅުދުއްފުށި

ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާއިރު، އާންމު ބަލިތަކަށް ފަރުވާ ނުލިބޭ!

 • އެއްވެސް ޚިދުމަތެއް ދާއިމީ ގޮތެއްގައި ނުލިބޭ
 • ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ވަނީ ކުރިމަތިވެފައި
 • ނިމްސްއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްވުމާއެކު އަމަލީ މަސައްކަތް ފެށޭނެ
އަމްނާ އިމާދު | @amnabinthimad

| 8 ފެބުރުވަރީ 2019 | ހުކުރު 15:39 | |

މަގުބޫލް

 1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
 2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
 3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
 4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
 5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
 6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
 7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
 8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ކުޅުދުއްފުށި ހޮސްޕިޓަލް -- ޕީއެސްއެމް

ތަރައްގީގެ ދުވެލީގައި ރާއްޖެ ކުރިއަރަމުން އަންނައިރު، އަތޮޅު ތެރޭގެ ރަށްރަށުގެ ރައްޔިތުން އެރަށެއްގެ ތަރައްގީއަށް އަންނަނީ ބޮޑެތި ހުވަފެންތަކެއް ދެކެމުންނެވެ. އެރަށެއްގައި ހިންގާނީ ކޮން މަޝްރޫއުތަކެއްތޯ ބެލުމާއި، އެރަށެއްގެ ކުރިމަގަކަށް ބޭނުންވާ ގިނަ ކަންކަމުގައި ރައްޔިތުން ދަނީ ގުޅިގެން ވަކާލާތު ކުރަމުންނެވެ. އަދި ރަށްރަށުގެ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ، ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކޮށް، ގިނަ މަޝްވަރާތަކެއް ކުރަމުންދާ މަންޒަރު މިހާރު ދަނީ ފެންނަމުންނެވެ.

އެގޮތުން ހދ.ކުޅުދުއްފުއްޓަކީ ފާހަގަކޮށްލެވޭ ރަށެކެވެ. އާބާދީގައި ދިހަ ހާސް މީހުން ހަމަވުމާއެކު އެރަށުގެ ކައުންސިލްއާ، އަތޮޅު ކައުންސިލުން ދަނީ ސަރުކާރާއި ގުޅިގެން ގިނަ މަސައްކަތްތައް ކުރަމުންނެވެ. ސިޓީއަކަށް ބަދަލުކުމުގެ މަސައްކަތް ކުރާއިރު، އެރަށުން ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ޚިދުމަތްތައް މިއަދާއި ހަމައަށްވެސް ނުލިބެއެވެ.

އަތޮޅުތެރޭގައި އެންމެ ގިނަ ރައްޔިތުން ޚިދުމަތް ހޯދާ އެއް ހޮސްޕިޓަލްކަމަށްވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އާންމު ބަލިތަކަށް ޚިދުމަތް ނުދެވޭ ވަރަށް ހާލަތު ދަށްވެފައިވުމީ ހިތާމަ ހުރިކަމެކެވެ. އެހޮސްޕިޓަލުން ހއ.ހދ އަދި ށ އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދަމުންދާއިރު، ދުވާލެއްގެ މައްޗަށް 200 އަށްވުރެ ގިނަ މީހުން އެ ހޮސްޕިޓަލުގެ ޚިދުމަތް ހޯދައެވެ.

އެހޮސްޕިޓަލްގެ ހާލަތާއި ބެހޭ ގޮތުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ، ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރުގެ ޚިދުމަތްދެވޭނެ ތަނަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ސަރުކާރާއެކު އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. ނަމަވެސް އަމަލީ މަސައްކަތް ނުފެށެނީ އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް) ހޮސްޕިޓަލާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމުގެ މަސައްކަތް އެއްކޮށް ނުނިމޭތީ ކަމަށާއި، މިމަސައްކަތް ނިމުމުން މަސައްކަތްތައް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުލްލަތީފު ވިދާޅުވީ، އާންމު ބަލިތަކަށް ފަރުވާދޭނެ ރަނގަޅު ނިޒާމެއް ކުޅުދުއްފުށީގައި ނެތް ކަމަށެވެ. އަދި އަންހެނުންގެ ޚާއްސަ ޑޮކްޓަރާއި، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރާއި، އެތެރެހަށީގެ ޚާއްސަ ޑޮކްޓަރުންވެސް ދާއިމީ ގޮތެއްގައި ރަށުގައި ނުތިބޭ ކަމަށާއި، އެއީވެސް ދުވަސްކޮޅުކޮޅުން ލިބޭ ޚިދުމަތްތައް ކަމަށެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލުން ޚިދުމަތެއްދޭ ކަމަށްވާނަމަ، ދާއިމީ ގޮތެއްގައި ޚިދުމަތް ދޭންޖެހޭ ކަމަށާއި، އެހެން ނޫންނަމަ އެކަމުގެ ތަކުލީފުތައް ރައްޔިތުން އުފުލަންޖެހޭ ކަމަށެވެ.

"ވަރަށް ބޮޑު ދަތިކަމެއް މިއީ. ޑޮކްޓަރުން ނުތިބޭނެ އެއްވެސް އިރެއްގަ ހަމައަކަށް. ޑޮކްޓަރަކު ޗުއްޓީއަށް ދިޔައަސް ހޮސްޕިޓަލުން ޚިދުމަތް ނުލިބޭނެ. އެއްމަހު މާބަނޑު އަންހެނުން ސްކޭން ކުރުމުގެ ޚިދުމަތް ލިބިދާނެ. އެކަމަކު އަނެއް ދެމަހު އެޚިދުމަތް ނުލިބި ހިނގާދާނެ" އަބްދުލްލަތީފް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ނުދެވޭއިރު ތަނުގެ ޖާގައިގެ ދަތިކަންވެސް ވަނީ ކުރިމަތިވެފައެވެ. 1999 ވަނަ އަހަރު ހުޅުވި އެހޮސްޕިޓަލުގައި ޕްރައިވެޓް ރޫމްތައް މަދު އިރު، ކޮންސަލްޓޭޝަން ރޫމްތައް އިތުރުކުރުމަށް ބައެއް ޕްރައިވެޓް ރޫމްތައް ދަނީ ނަގަމުންނެވެ. މިއާއިއެކު ހޮސްޕިޓަލަށް ދިމާވެފައިވާ އެނދުގެ ދަތިކަން ވަނީ އިތުރުވެގެން ގޮސްފައެވެ.

އަބްދުލްލަތީފު ވިދާޅުވީ، މިހާރު ހޮސްޕިޓަލް ހުރި އިމާރާތްވެސް ބޮޑުކުރެވޭނެ ޖާގައެބައޮތް ކަމަށާއި، ނިމްސްއިން އެއްބަސްވި ގޮތަށް މަސައްކަތް ކުރި ނަމަ މިއަދު މިމައްސަލައަށް ހައްލު ލިބޭނެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި 50 އަހަރަށް ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލުކުރީ 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށް ހިންގުމަށެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް ނިމްސްއިން އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެއެވެ.

މި ކަންކަން މިހެން ހުރި ނަމަވެސް ކުޅުދުއްފުށީ ރައްޔިތުން އުންމީދު ނަގައެއްނުލައެވެ. ހޮސްޕިޓަލްގެ މެނޭޖްމެންޓާއި ގުޅިގެން ސަރުކާރަށް ދޭންވާ ފުރިހަމަ އެއްބާރުލުންދީގެން މަސައްކަތް ކުރަމުންދަނީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ބަރޯސާވެފައިވާ މިހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރާށެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެންދާއިރު، ބޭސްފަރުވާ ހޯދުމަށް ކަނޑު ހުރަސްކޮށްފައި މާލެ އަންނަ އައުން ނިމުމަކަށް ގެންނަން އެބަޖެހެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް