13 ޑިސެންބަރު 2018 | ބުރާސްފަތި | 05 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

ޔޫއޭއީ

ޔޫއޭއީން އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިޔާވެއްޖެ

  • އެމްބެސެޑަރު ޖުމާ އަލް-ކާބީ ޒަޚަމްވީ މިދިޔަ މަހު އަފްގާނިސްތާނުގެ ކަންދަހާރު ޕްރޮވިންސްގައި ދެވުނު ހަމަލާއެއްގައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 16 ފެބުރުވަރީ 2017 | ބުރާސްފަތި 02:45 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  8. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން


ޖެނުއަރީގައި ޖުމާ އަލް-ކާބީ އަބޫ ދާބީގެ ހޮސްޕިޓަލެއްގައި -- ގޫގުލް

އަފްގާނިސްތާނުގައި މިދިޔަ މަހު ދިން ބޮމުގެ ހަމަލާއެއްގައި ޒަޚަމްވެފައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އަފްގާނިސްތާނަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު، ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

 

އެމްބެސެޑަރު ޖުމާ އަލް-ކާބީ ޒަޚަމްވީ މިދިޔަ މަހު އަފްގާނިސްތާނުގެ ކަންދަހާރު ޕްރޮވިންސްގައި ދެވުނު ހަމަލާއެއްގައި ކަމަށްވާއިރު އެ ހަމަލާގައި ޖުމުލަ 11  މީހަކު ނިޔާވި ކަމަށެވެ. ބޮމުގެ ހަމަލާ ދެވުނީ ކަންދަހާރުގެ ގަވަރުނަރުގެ ގެސްޓްހައުސްގައެވެ

 

އެމްބެސެޑަރު ޖުމާ އަލް-ކާބީ އަވަހާރަވިއިރު އެމަނިކުފާނު ގެންދެވީ އަބޫ ދާބީގައި ޒަޚަމްތަކަށް ފަރުވާ ހޯއްދަވަމުންނެވެ. ބޮމުގެ ހަމަލާ ދިނީ ތާލިބާނުން ކަމަށް ދެކެވޭ ވާހަކަ ތާލިބާނުން ވަނީ ދޮގުކޮށްފައެވެ. ތާލިބާނުން ބުނެފައި ވަނީ ބޮމުގެ ހަމަލާ ދިނީ ކަންދަހާރުގެ "އެތެރޭގެ ދެކޮޅުވެރިކަމުގެ ކޮންމެވެސް ބައެއް ކަމަށެވެ."

 

ޔޫއޭއީގެ މިނިސްޓްރީ އޮފް ޕްރެޒިޑެންޝަލް އެފެއާޒް އިން ނެރުނު ބަޔާނެއްގައި ބުނީ ޖުމާ އަލް-ކާބީ ނިޔާވި ޚަބަރު ލިބުމުން ވަރަށް ހިތާމަ ކުރާ ކަމަށާއި ޖުމާ އަލް-ކާބީ އަކީ އިންސާނީއަތަށްޓަކައި ފުރާނަ ދޫކޮށްލެއްވި ފަރާތެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް