19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އިންޓަނެޓްގެ ހިދުމަތް

ގިނަ ރަށްތަކަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ހިދުމަތުގެ ފަރަގު ކުޑަވެގެންދާނެ: ރައީސް ސޯލިހް

  • އެ ޓެކްނޮލޮޖީގެ މަންފާ ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތް ފަހިކޮށްދޭނަން
ސިމާހާ ނަސީމް | sim_kamana

| 7 ފެބުރުވަރީ 2019 | ބުރާސްފަތި 19:53 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަނީ -- ރައީސް އޮފީސް

މި ސަރުކާރުން ގިނަ ރަށްތަކަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށާއި އޭރުން ޑިޖިޓަލް ހިދުމަތްގެ ފަރަގު ކުޑަވެގެންދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީސް ހުޅުއްވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ޑިޖިޓަލް ކޮމިއުނިކޭޝަންގެ ޒަރީއާ އިން މުޅި ދުނިޔެ ގުޅިފައިވާއިރު، އެ ޓެކްނޮލޮޖީގެ މަންފާ ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތަށް ޑިޖިޓަލް ކޮމިއުނިކޭޝަންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން ކަމަށެވެ.

"ޑިޖިޓަލް ކޮމިއުނިކޭޝަންގެ ޒަރީއާ އިން މުޅި ދުނިޔެ ގުޅިފައިވާއިރު، އެ ޓެކްނޮލޮޖީގެ މަންފާ ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތަށް ޑިޖިޓަލް ކޮމިއުނިކޭޝަންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން މި އަންނަނީ މަސައްކަތްކުރަމުން. މިކަމުގެ ސަބަބުން ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް ވީހާ ވެސް ގިނަ ރަށްރަށަށް ފޯރުކޮށްދީ ޑިޖިޓަލް ޚިދުމަތުގެ ފަރަގު މިހާރަށް ވުރެ ވެސް ކުޑަވެގެންދާނެ. އަދި ދައުލަތުގެ މުއައްސސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރެވި ރައްޔިތުން އުއްމީދުކުރާ ހަލުއިނިގައި ޚިދުމަތް ދެވޭނެ" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ބޭނުންކުރާ އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް، ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުނިތައް ކަމަށްވާ ދިރާގާއި އުރީދޫ އަދި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބޭފުޅުންނާ ބައްދަލުކޮށް، އިންޓަނެޓްގެ އަގު ހެޔޮކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ސަރުކާރުން ވަނީ މީގެ ކުރިން މަޝްވަރާ ކޮށްފައެވެ.

ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ވެސް ވަނީ ފަށާފައެވެ. މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެފައިވަނީ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށާއި އެފަރާތްތަކުން ތިއްބެވީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް