20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:14
ޢިޝާ 19:27

މަގޭ ރިޕޯޓްް

ފެބްރުއަރީ ހަތެއްގެ ހަނދާންތައް!

  • ވޭތުވެދިޔަ ހަތް އަހަރު ގައުމަށް ލިބިގެން ދިޔަ ގެއްލުން ނުލާހިކު ބޮޑު

| 7 ފެބުރުވަރީ 2019 | ބުރާސްފަތި 16:35 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ރައީސް ނަޝީދު ޖުމްހޫރީ މައިދާނުގައި. އެ މަނިކުފާނާ ދެކޮޅަށް ނުކުތް ފުލުހުން މައިތިރިކުރަން މަސައްކަތް ކުރެއްވި -- އާކައިވް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް ދެ އަހަރު ފުރުނުއިރު، ސަރުކާރުގެ ވައުދުތަކާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ އެތައް ތަކުލީފުތަކަށް ލުއި ލިބެން ފަށައި، ދައުލަތުގެ މުއްސަނދިކަން އިތުރުވެ، ރައްޔިތުން ޖީބު ތަނަވަސް ވާނެކަމުގެ އަލާމަތްތައް ފެންނަން ފެށިއެވެ. ކުރީގެ ސަރުކާރުގެ ބައެއް ވެރިން ހިންގާފައިވާ ކަމަށް ތުހްމަތުކުރި ބޮޑެތި މައްސަލަތަކާއި ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔައީ ހަމަ އެހާމެ ބާރުމިނުގައެވެ.

އެ މަސައްކަތްކުރަމުން ދިޔައިރު، ރައީސް ނަޝީދަށް މަޖިލީހުގެ އަޣުލަބިއްޔަތެއް ނެތެވެ. ޖުޑިޝަރީ އޮތީ ނުފޫޒު ފޯރުވަމުން ދިޔަ އިދިކޮޅު ފަރާތްތަކުގެ ފަޅިއަށް ލެނބިލައިގެންކަން ހާމަކޮށްދޭ އެތައް ކަމެއް ފެންނަން ހުއްޓެވެ.

ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމުގައި، އެއް ބާރު އަނެއް ބާރަށް ފާރަވެރިވުމާއި ޖަވާބުދާރީކުރުވުމުގެ ބަދަލުގައި ފެނިގެން ދިޔައީ ހާއްސަކޮށް، ސަރުކާރަށް ޖެއްސުންކޮށް، ސަރުކާރު ހިންގުމަށް އެކި ގޮތްގޮތުން ހުރަސް އަޅަމުންދިޔަ މަންޒަރެވެ. އެ ދަތިކަމުގައި ވެސް ސަރުކާރު ހިންގަމުންދިޔައެވެ. އާމްދަނީ ހޯދުމަށް ލޯމަރާލާފައި ޓެކްސް ތައާރަފުކުރިއެވެ. މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ ހޯދަން ފެށިއެވެ.

ސަރުކާރު ވައްޓާލަން ނުކުތް ސިފައިން އުފާފާޅުކުރަނީ

ރައީސް ނަޝީދުގެ ވެރިކަމުގެ ނިމުމުގެ ފެށުމުގައި، އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ ކަންކަމުގެ ތެރޭގައި 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރީގެ މައްސަލަ ބަލަން ފެށުން ހިމެނެއެވެ. ކޮންމެ ސަބަބެއް މެދުވެރިވެގެން ކަމަށް ވިޔަސް، ފެބްރުއަރީ 7 ވަނަ ދުވަހު ނަޝީދުގެ ވެރިކަން ބަދަލުކުރިއެވެ. ގައުމީ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ރޯވެފައި ހުރި އަލިފާންގަނޑަށް ސިޔާސީ ވެރިން އަޅަމުންދިޔަ ދަރާއެކު، ސަލާމަތީ ބާރުތަކުގެ އޮފިސަރުން ބަދަލުވާން ފެށިކަމަށް ބުނެއެވެ. ﷲ ގަންދީ ކޮށްގެން ތިބި ހުވާގެ މަތިން ހަނދާން ނައްތާލައި، ވެރިކަމާ ދެކޮޅަށް ނުކުތެވެ. މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ކަޅު ސަފުހާއެކެވެ. އެންމެ ހުތުރު މަންޒަރުތައް ފެނިގެން ދިޔަ އެއް ދުވަހެވެ. އެމްއެންޑީއެފްގެ ތަކެއްޗަށް ގެއްލުން ދިނެވެ. ފުލުހުންގެ ހެޑްކްއާޓާޒްގެ ބައެއް ތަންތަން ސުންނާފަތިކޮށްލިއެވެ. ދައުލަތުގެ ވެރިންނަށް ޖިސްމާނީ އަނިޔާ ދިނެވެ. ރައީސް ނަޝީދުގެ އަނބިކަނބަލުންނާއި އާއިލާ ނުރައްލުގެ ތެރެއަށް ވެއްޓުނެވެ. ސިފައިންނާއި ފުލުހުން ކުރިމަތިލުމަކަށް ދިޔައެވެ. އެއްބަޔަކު އަނެއް ބައެއްގެ ގަޔަކަށް ކަރުނަ ގޭސް ޖެހިއެވެ. ރަބަރު ވަޒަން ޖެހިއެވެ. އެ ދުވަހު ފުލުހުންނާއި ސިފައިން މަގުތަކަށް ނުކުމެއް ކުރީ ބަޣާވާތެކެވެ. އެއަށް ކިޔޭނެ އެހެން ނަމެއް ނެތެވެ. 

އެ ދުވަސް މާޒީވެ ދިޔަ ނަމަވެސް އެކަމުގެ ހަނދާތައް ފިލައެއް ނުދެއެވެ. އެކަމުގެ އަސަރު ފިލައެއް ނުދެއެވެ. ފެބްރުއަރީ 7 ވަނަ ދުވަހަށް ފަހު، ޖެހިގެން އައި ދުވަހު ރައީސް ނަޝީދު ސަޕޯޓަރުންނާ އެކު މަގުމައްޗަށް ނުކުމެވަޑައިގަތުމުން، ސިފައިންނާއި ފުލުހުން އެ މަނިކުފާނަށާއި އެމްޑީޕީގެ ސަޕޯޓަރުންނަށް އަދި އޭރު މަޖިލީހުގެ މެމްބަރުންނަށް ބޮޑެތި އަނިޔާތައް ދިނެވެ.

ފެބްރުއަރީ ހަތެއްގެ ހަމަނުޖެހުމަށް ފަހު 2013 ގެ ރިޔާސީ އިންތިޚާބު ވެސް، މަޖިލިސް އިންތިޚާބު ވެސް އެމްޑީޕީއަށް ގެއްލިގެން ދިޔައެވެ. ނަމަވެސް އޭރު ވެސް ކުރީގެ ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅެއް އެބަ އޮތެވެ. އެމްޑީޕީއަށް ނިސްބަތްކުރައްވައި އެ މަނިކުފާނު ވިދާޅުވީ "މި އޮޑިއެއް ނުފެތޭނެ. މި އަޒުމެއް ނުގުޑާނެ. މި އަޒުމެއް ރާއްޖެއަކުން ނުފޮހެވޭނެ. އަޅުގަނޑުމެން އެނބުރި އަންނާނެ" ކަމަށެވެ. އެ މަނިކުފާނު ދަތި އަޅުވައި ވައްޓާލުމަށް އެތައް ކަމެއް ކުރިއެވެ. ނަމަވެސް ހަ ކުޅި ކުރިއަށް ކުރެއްވުމަށް ފަހު މިއަދު އެ ހުންނެވީ އެނބުރި ވަޑައިގެންފައެވެ. 

ގައުމީ ޓީވީ ހިސޯރުކުރި ފުލުހުންނާއި ސިފައިން

ވޭތުވެދިޔަ ހަތް އަހަރު ގައުމަށް ލިބިގެން ދިޔަ ގެއްލުން ނުލާހިކު ބޮޑެވެ. ގުޅިފައިވާ ސަރުކާރެއް މިއަދު އުފެދިފައިވާއިރު، ފެބްރުއަރީ 7 އަދި ފެބްރުއަރީ 8 ގެ ހަނދާންތައް މި ސަރުކާރުގެ އެކި ބޭފުޅުންނަށް ކުރެއްވޭނީ އެކި ގޮތަކަށެވެ. އެއީ ތާރީޚީ ދުވަހެކެވެ. ބަޔަކަށް އެއީ އުފާވެރި ދުވަހަކަށް ވިޔަސް ގައުމެއްގެ ހައިސިއްޔަތުން އެއީ ފަޚުރުވެރި ދުވަހެއް ނޫނެވެ. އޭރު އެންމެންނަށް ވެސް ގޯސްތަކެއް ހެދުނެވެ. އެކަން ގަބޫލުކުރަންޖެހެއެވެ. އަދި މާޒީ ހަނދާން ނައްތާލައި މައާފު ވެސް ކުރަންޖެހެއެވެ. މައާފަށް އެދެން ވެސް ޖެހެއެވެ. މައާފަށް ނޭދި އަދި މައާފް ނުކޮށް މިގޮތަށް ދޫނުދީ ގައުމަށް ހަމަޖެހުމެއް ނާންނާނެއެވެ. ނަމަވެސް އޭގެ މާނައަކީ އަދި ފެބްރުއަރީ 7 އަށް އިންސާފު ނުލިބުމެއް ނޫނެވެ. އެކަމަށް ވެސް އިންސާފު ލިބެންޖެހެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޖިހާދު

2 މަސް ކުރިން

7ފެބުރުއަރީއަކީކާފަރުންނާމުސްލިމުންނާމެދުކުރެވުނުޖިހާދަކައް އުމަރުނަސީރުކިތައްމެހަދަންބޭނުންވިޔަސްއެދުވަހުއެކުރީބަގާވާތެކޭނޫންއެއްޗެއްއެއަކައްނުކިޔޭނެއަދިއެ ބަގާވާތުގެއެންމެއިސް ސަފުގަހުރީވެސްއުމަރުނަސީރުނޫންކަމަކައްނުހެދޭނެމާތްﷲގެވާގިފުޅާއެކުއުމަރުނަސީރުއިސްކޮއްހުރެ އެދިންއަނިޔާތަކުގެހިތިކަން އުމަރުނަސީރުއާބައްދަލުކުރައްވާށިއާމީން

1
1
އިބްރާހިމް

2 މަސް ކުރިން

އެދުވަހު ސިފައިން ބޭނުންކުރީރަބަރު ވަޒަނެއްނޫންލޯފޮއްޗެއްގޮތައް ހުންނަވަޒަނެއް އެވަޒަންއެރިމީހެއްމަވެސްމީވަޒަންއެރިލަކުނުއަދިއެބަހުރިކަށިމަތީގައެވަގުތު ރާއްޖެޓީވީންލައިވްވެސްކުރި ވަޒަނައެރިވަގުތުލެޔާއެކުކުރިވިދިއޯހުންނާނެއެ ސްޓޭޗަންގަހުންނަންޖެހޭނެ ހަމައެދުވަހުރައްޖޭގެ އެންމެފުރަތަމަ މިސްޓަރއެމްއެންޑީއެފްސޮލާގެބޮލުގައިމުގުރުންޖެހިޖެހީނުންބޯވެސްފަޅައިލިއޭޑީކޭއިންދެމީހުންވެސްފަރުވާހޯދީއެހެންވީމައެދުވަހަކީރއުމަރުނަސީރުމެނައްމާމޮޅުކަމެއްކުރެވުނުދުވަހެއްކަމައްދެކިގެންއުޅުނަސްއިސްލާމްދީނުގަހަރާމްކުރެވިގެންވާބަގާވާތެއްކުރެވިގެންދިޔަ ލާއިންސާނީއަނިޔާތަކެއްއެތކެއްދިވެހިރައްޔިތުންނައްލިބި މި މާލޭގެބިމައްއެތައްދިވެއްސެއްގެލޭއޮހޮރިގެންދިޔަދުވަހެއް

1
0
ހ މ ޒ

2 މަސް ކުރިން

ޒުވާނުންތަކެއްގެ ނަމޫނާ މަސައްކަތެއް، ފަޅުރަށެއްގެ މިސްކިތް ސާފުކުރުން!

0
0
ހ މ ޒ

2 މަސް ކުރިން

އެނބުރި އައިވަރަށްވުރެ ބާރަށް އެނބުރި ދާނެ އންޝާﷲ.

0
0
ހ މ ޒ

2 މަސް ކުރިން

އުމަރު ތީ ހަގީގަތުގައި ވެސް މިއިސްލާމީ ދިވެހި ވަތަން ދެކެ ލޯބިވާ ދަރިއެއް އިންޝާ ﷲ

0
0