20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރިޔާސީ ބަޔާން 2019

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

  • މާލެއާ އެއް އަގެއްގައި އަތޮޅުތަކުގައި ވެސް ކާޑުގެ އަގު ހެޔޮކުރުން
  • ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އެޅުން
  • ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ހައްޖަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުން

| 7 ފެބުރުވަރީ 2019 | ބުރާސްފަތި 13:45 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ރައީސް ސޯލިހް -- އާކައިވް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބުރާސްފަތި ދުވަހު ހުށަހެޅުއްވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ގައުމަށް ބޮޑެތި ބަދަލެއް ގެނައުމަށް މުހިންމު އަމާޒުތަކެއް ކަނޑައަޅާފައިވެ އެވެ. އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އުއްމީދުތަކެއް ގެނެސްދީފައިވެ އެވެ. ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތައް ގެނައުމާއި ގާނޫނީ އޮނިގަނޑަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް އެކަށައަޅާފައިވެ އެވެ. މިހާތަނަށް ފަރުވާއެއް ނުލިބި ހުރި ބައެއް ކަންކަމަށް ފަރުވާ ލިބޭނެ ގޮތާއި، ދައުލަތް ހަރާބުކޮށްލުމަށް ހެދި ގާނޫނުތައް އިސްލާހުކުރަން ނިންމައިފައިވެ އެވެ. އިގްތިސޯދީ ދުވެލި ހަލުވިކުރެވޭނެ އަމާޒުތައް ވެސް ކަނޑައަޅާފައިވެ އެވެ.

ރިޔާސީ ބަޔާނުގައި ފާހަގަކޮށްފައިވާ މުހިންމު ބައެއް އަމާޒުތައް

  1. މާލެއާ އެއް އަގެއްގައި އަތޮޅުތަކުގައި ވެސް ކާޑުގެ އަގު ހެޔޮކުރުން
  2. ހިލޭ ޑިގްރީއަށް ކިޔަވައިދޭން މި މަސްތެރޭގައި ފެށުން
  3. އަތޮޅުތަކުގައި 550 ހައުސިންގ ޔުނިޓް އެޅުން
  4. ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އެޅުން
  5. އުމުރުން ދުވަސްވީ މީހުންނަށް ހިޔާވަހިކަމެއް، ނުވަތަ އެލްޑަރލީ ހޯމްއެއް ހަމަޖައްސައިދިނުން
  6. މާލޭ ސަރަހައްދުގައި 18 މިލިއަން ރުފިޔާގެ ސްވިމިން ޕޫލެއް ހެދުން
  7. ސަރުކާރުގެ އިތުރު އެއްވެސް ޢިމާރާތެއް މާލޭގައި ނުހެދުމަށް
  8. ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް، އަހަރަކު މަދުވެގެން ފަސް ލައްކަ ރުފިޔާ ދިނުން
  9. ސްޕޯޓްސް ކައުންސިލަރުންގެ ނަމުގައި 200 މަޤާމު އިތުރުކުރުން
  10. ނުވަ އަހަރާއި ތޭރަ އަހަރާ ދެމެދުގެ އަންހެން ކުދީންނަށް، އެޗް.ޕީ.ވީ ވެކްސިން ދޭން ފެށުން
  11. ތެލެސީމިއާ ކުދިންނަށް ސީރަމް ފްރިޓީން" ޓެސްޓު ހުރިހާ އަތޮޅެއްގައި ހެދޭނެ އިންތިޒާމު ހަމަޖެއްސުން
  12. މެއި 31 އިން ފެށިގެން ވަކިވަކިން ބިޑި، ސިނގިރޭޓް ސުއްޓާ ވިއްކުން މަނާކުރުން
  13. ރާއްޖޭގައި މިހާރު ހުރި 213 ސްކޫލްގައި ނާސްތާ ޕްރޮގްރާމް ފެށުން
  14. 82 ރަށެއްގައި، އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރުން
  15. ވޮޝިންޓަން، ރަޝީއާ، ސައުތު އެފްރިކާގައި އެމްބަސީ ހުޅުވުން
  16. އިންޑިޔާ، ސްރީލަންކާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް ކުރުން
  17. ލަންކާގައި ދިރިއުޅޭ ދިވެހީންނަށް، އަންނަ އެޕްރީލު ފެށިގެން އާސަންދަ ދޭން ފެށުން
  18. ފަސް އަހަރު ނިމިގެންދާއިރު، އާމްދަނީގެ 30 ބިލިއަން ރުފިޔާއަށް އިތުރުކުރުން
  19. ފަސް އަހަރު ނިމޭއިރު، ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު 2.5 މިލިއަންއަށް އިތުރުކުރުން
  20. ހުޅުމީދޫގައި ޤާއިމުކޮށްފައިވާ މިފްކޯގެ މަސް ކާރުޚާނާ ހުޅުވުން
  21. ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރު ގާއިމުކުރުން
  22. ނޭޝަނަލް ހައުސިންގ ކޯޕަރޭޝަން އުފެއްދުން
  23. އެކްސްޕޯޓް ކައުންސިލް އުފެއްދުން ގަވަރންމަންޓް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އުފެއްދުން
  24. ކައުންސިލްތަކަށް ބާރުވެރިކަން ދިނުން ނުހައްގު މުއްސަނދިކަން ކުށެއްކަމަށް ކަނޑައެޅުން
  25. މުހިންމު ބިލްތަކެއް ހުށަހެޅުން
  26. ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ހައްޖަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުން
  27. އިންޓަނެޓް އަގުހެޔޮކުރުން

އިގްތިސޯދީ އަދި މަލީ ދާއިރާ

  1. އިގްތިސޯދީ ދުވެލި: 7.6 ޕަސެންޓްގައި ހިފެހެއްޓުން
  2. އިންފްލޭޝަން ރޭޓް: 1.3 ޕަސެންޓްގައި ހިފެހެއްޓުން
  3. 2018 ނިމުނުއިރު ރިޒާވް: 757.8 މިލިއަން ޑޮލަރު
  4. މި އަހަރު ނިމޭއިރު ރިޒަރވް: 803.4 މިލިއަން ޑޮލަރު
  5. 2018 ނިމުނުއިރު ޔޫޒަބަލް ރިޒާވް: 281 ޑޮލަރު، މިހާރު: 308 ޑޮލަރު
  6. ދައުލަތުގެ ޖުމުލަ ދަރަނި: 47.9 ބިލިއަން ރުފިޔާ

 

އިގްތިސޯދީ އަދި މަލީ އަމާޒު

  1. ވިޔަފާރި ބަނދަރު ބަދަލުކުރުން އެއާޕޯޓް ތަރައްގީކުރުން
  2. އެކި ސަރަހައްދުތަކަށް ހާއްސަ ޓޫރިޒަމް ތައާރަފުކުރުން
  3. ފަސް އަހަރުތެރޭގައި އާމްދަނީގެ 30 ބިލިއަން ރުފިޔާއަށް އިތުރުކުރުން
  4. ފަސް އަހަރު ނިމޭއިރު، ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު 2.5 މިލިއަންއަށް އިތުރުކުރުން
  5. އިސްލާމިކް މަނިޓަރީ ޕޮލިސީ އިންސްޓްރޫމެންޓްތަކެއް، މި އަހަރު ތަޢާރުފްކުރުން
  6. އެސްއެމްއީ ކޯޕަރޭޝަން، އެސްއެމްއީ ބޭންކަށް ބަދަލުކުރުން
  7. އަންނަ މަހުން ފެށިގެން އެސް.އެމް.އީ ލޯނު ދޫކުރަން ފެށުން
  8. ހުޅުމީދޫގައި ޤާއިމުކޮށްފައިވާ މިފްކޯގެ މަސް ކާރުޚާނާ ހުޅުވުން
  9. އާ 20 ރިސޯޓް ހުޅުވުން

 

މި އަހަރު މަޖިލީހަށް ހުށަހަޅާ ބިލްތައް

  1. އިންކަމް ޓެކްސް ބިލް
  2. ކުޑަކުދީންގެ ޢަދުލުގެ ބިލް
  3. މަދަނީ އިޖުރާއަތުގެ ބިލް
  4. މަދަނީ ޖަމުޢިއްޔާތަކުގެ ބިލް
  5. މެންޓަލް ހެލްތު ބިލް
  6. ރާއްޖޭގެ ސަގާފީ ތަރިކައަށް ޤާނޫނުގެ ރައްކާތެރިކަން ހޯދައިދިނުމުގެ ބިލް
  7. މިނިވަން މުއައްސަސާތަކުގެ ގާނޫނުތައް އިސްލާހު ގެނައުމުގެ ބިލްތައް
  8. ލާމަރުކަޒީ ޤާނޫނު އިޞްލާޙު ގެނައުމުގެ ބިލް
  9. ޓެނެންސީ ބިލް
  10. ކޮންޑަމީނިއަމް ބިލް
  11. ވަކިބަޔަކަށް އަމާޒުކޮށް ބަދަލުކޮށްފައިވާ 11 ގާނޫނެއް އިސްލާހުކުރުން

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް