19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ޕްރިޔަންކާ ޗޯޕްރާ - ނިކް ޖޯނަސް

ރާއްޖޭގައި ކައިވެނި ކުރަން ޕްރިޔަންކާ އާއި ނިކް ވިސްނި!

  • ޕްރިޔަންކާ އާއި ނިކް ކައިވެނިކޮށްފައި ވަނީ ނިމިގެންދިޔަ އަހަރުގެ ޑިސެމްބަރު މަހު
އައިޝަތު ޝާނީ | Shaaknee

| 7 ފެބުރުވަރީ 2019 | ބުރާސްފަތި 12:52 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ޕްރިޔަންކާ އާއި ނިކް ކައިވެނިކޮށްފައި ވަނީ ނިމިގެންދިޔަ އަހަރުގެ ޑިސެމްބަރު މަހު -- ޕީޕަލް މެގަޒިން

ކައިވެނި ކުރަން ވިސްނި ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނޭ ކަމަށް އިންޑިއާ އަށް ނިސްބަތްވާ ހޮލީވުޑްގެ މަޝްހޫރު ޓީވީ އަދި ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްޅާ ބުނެފިއެވެ.

ޕްރިޔަންކާ އާއި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ކައިވެނިކޮށްފައި ވަނީ ނިމިގެންދިޔަ އަހަރުގެ ޑިސެމްބަރު މަހެވެ. އެ މީހުންގެ ކައިވެނީގެ ހަފްލާތައް ބާއްވާފައި ވަނީ އިންޑިއާގައެވެ.

ކައިވެނި ކުރަން ބްރޭކެއް ނެގުމަށް ފަހު ޕްރިޔަންކާ މިހާރު ދަނީ އޭނާގެ ފަހުގެ ހޮލީވުޑް ފިލްމް ކަމަށްވާ 'އިޒިންޓް އިޓް ރޮމޭންޓިކް' ޕްރޮމޯޓް ކުރަމުންނެވެ.

އެގޮތުން، 'ދަ ޓުނައިޓް ޝޯވ ސްޓާރިންގ ޖިމީ ފެލޮން' އަށް ބުދަ ދުވަހު ދީފައިވާ އިންޓަވިއުއެއްގައި އޭނާ އާއި ނިކްގެ ކައިވެނީގެ ވާހަކަ ދައްކާފައިވާއިރު، ޕްރިޔަންކާ ބުނީ އޭނާ ކައިވެނި ކުރަން ބޭނުންވީ "ޕްރައިވެޓް އައިލެންޑް"އެއްގައި ކަމަށެވެ. އެގޮތުން ކައިވެނި ކުރަން ވިސްނި ގައުމުތަކުގެ ތެރޭގައި "ސީޝެލްސް، ދިވެހި ރާއްޖެ އަދި މޮރިޝަސް" ހިމެނޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ބައެއް ކަންތައް ކުރަން އުނދަގޫވި ކަމަށާއި ވަކި ހިސާބުން "އަންހެނުން ގޮވައިގެން ދާންވާނީ އޭނާގެ ގައުމުކުން ނޫންތޯ ނިކް ސުވާލު ކުރި" ކަމަށް އޭނާ ބުންޏެވެ. އަދި، އިންޑިއާގައި ކައިވެނި ކުރަން ނިންމީ އެ ހިސާބުން ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، ޕްރިޔަންކާ ބުނީ ކައިވެންޏަށް ދައުވަތު ދީފައި ވަނީ 200 މީހުންނަށް ކަމަށާއި މިއީ އިންޑިއާގެ ކައިވެންޏަކަށް ބަލާއިރު ކުޑަ އަދަދެއް ކަމަށެވެ.

2018 ވަނަ އަހަރުގެ އެންމެ "ބޮޑު" ކައިވެނީގެ ހަފްލާތަކުގެ ތެރޭގައި ޕްރިޔަންކާ އާއި ނިކްގެ ކައިވެނި ހިމެނެއެވެ. އިންޑިއާގެ ޖޯދްޕޫރުގެ އުމެއިދް ބަވަން ޕެލެސްގައި ތިން ދުވަހަށް ދެ މީހުންގެ ކައިވެނީގެ ހަފްލާތައް ދެމިގެން ދިޔައެވެ. އިންޑިއާ އަދި ކްރިސްޓިއަން ސަގާފަތާ އެއްގޮތަށް އެ މީހުން ވަނީ ހަފްލާތައް ބާއްވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް