
| 7 ފެބުރުވަރީ 2019 | ބުރާސްފަތި 12:43 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ ހޯމަދުވަހު ފެނުނު ޖެޓު ތެރެއިން ފެނުނު ހަށިގަނޑު ނަގައިފިއެވެ.
އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ އާއި ޕައިލެޓް ޑޭވިޑް އިބޮސްޓަން ދަތުރުކުރި މި ޖެޓު ފެނިފައި ވަނީ ކަނޑުގެ 65 މީޓަރު އަޑިންނެވެ. ޖެޓްގެ ތެރެއިން ނެގި ހަށިގަނޑަކީ ކުޅުންތެރިޔާ ނޫނީ ޕައިލެޓްގެ ހަށިގަނޑު ކަމެއް އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް އާއިލާތަކަށް ބަރާބަރަށް މައުލޫމާތު ހިއްސާކުރަމުން ގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަންގާރަ ދުވަހު ފްރާންސް ގަޑިން ރޭގަނޑު 19:15 ގައި ނެންޓެސް އިން ނައްޓާލި މި ޖެޓުގެ ޚަބަރެއް އެންމެ ފަހުންވީ 5000 ފޫޓު މަތީގައި އޮއްވައެވެ.
މި ޖެޓު ގެއްލުނީ ޗެނަލް އައިލެންޑްގެ ގޯންސީގެ ލައިޓް ހައުސް ކައިރިން ކަމަށް ވާއިރު، ޖެޓު ހޯދުމުގެ މަސައްކަތް ތިން ދުވަސް ވަންދެން ވަރަށް ބާރަށް ކުރިޔަށް ގެންދިޔައެވެ. ނަމަވެސް ގޯންސީ ޕޮލިހާއި ފްރާންސް އަދި އިންގްލެންޑްގެ ސިފައިން ގުޅިގެން ސަލާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓާލީ އެ ސަރަހައްދުގެ މޫސުން ހުރި ގޮތުންނެވެ. މަސައްކަތް ހުއްޓާލީ 1700 ސްކޮޔާ މައިލް ބެލުމަށް ފަހުއެވެ.
ރަސްމީކޮށް ޖެޓު ހޯދުމުގެ މަސައްކަތް ހުއްޓާލާފައި ވަނިކޮށް، އެމިލިއާނޯ ސަލާ ދަތުރުކުރި ޖެޓު ފެނިފައި ވަނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލުމަށް ފުޓުބޯޅަ ގިނަ ތަރިންތަކެއް އަދި ގިނަ ބަޔަކު ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.
އޭއޭއައިބީ ނަމަކަށް ކިޔުން ކުންފުންޏަކުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ރިމޯޓުގެ ޒަރިއްޔާ އިން ކޮންޓްރޯލް ކުރާ އާރްއޯވީ ބޭންނުންކޮށް ގެންނެވެ.
ސަލާ ދަތުރު ކުރި ޖެޓު ހޯދުމަށް ހަރަދު ކުރުމަށް އޭނާގެ އެޖެންސީން ހާއްސަ ފަންޑެއް ހުޅުވާފައި ވާއިރު، ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ އެފަންޑަށް އެހީތެރިވެފައެވެ.
ފްރާންސްގެ ނެންޓެސްއަށް ކުޅެމުން އައި ސަލާ ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ކާޑިފް ރެލިގޭޝަނުން ސަލާމަތް ކުރުމަށް އެޓީމަށް ގެނެސްފައި ވަނީ މިދިޔަ ޖަނަވަރީ މަސް ތެރޭގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިޓްގައި ކާޑިފް އަށް ސަލާ ދަތުރު ކުރަމުން ދިޔައީ އެޓީމާ ގުޅުމަށެވެ.
ފްރާންސްގެ ނެންޓެސްއަށް ކުޅެމުން އައި ސަލާ ވަނީ އެޓީމަށް ކުޅުނު 130 މެޗުގައި 48 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ހަތަރު ސީޒަން ހޭދަކޮށްފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް