22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ކޮޕާ ޑެލްރޭ

ކޮޕާ ޑެލްރޭ: ފުރަތަމަ ލެގުގައި ބާސާ އާއި ރެއާލްގެ ކުރިމަތިލުން އެއްވަރުވެއްޖެ

  • ރެއާލް އަދި ބާސާގެ ކުރިމަތިލުން އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 7 ފެބުރުވަރީ 2019 | ބުރާސްފަތި 07:19 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ރެއާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ޓްވިޓަރ

ކޮޕާ ޑެލްރޭގެ ފުރަތަމަ ލެގުގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ބާސާ އާއި ރެއާލް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.

ބާސާގެ ކޭމްޕް ނޯގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ ރެއާލުންނެވެ. އެގޮތުން ހަވަނަ މިނެޓުގައި ރެއާލުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކަރިމް ބެންޒެމާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލޫކަސް ވަޒްކުއޭޒްއެވެ.

މި ލަނޑަށްފަހުވެސް ރެއާލްގެ ފަރާތުން ގިނަ ހަމަލާތަކެއް ވަނީ ފެނިގެންގޮސްފައެވެ. ނަމަވެސް އެ ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.

މި ހާފްގައި ބާސާގެ ފަރާތުން ވެސް ވަނީ ހަމަލާތަކެއް ފެނިގެންގޮސްފައެވެ. އެގޮތުން އެޓީމުން ވަނީ އެ ހަމަލާތަކުގެ ބޭނުން ހިފާ ރެއާލްގެ ހާފަށް ބާރުބޮޑުކޮށް އެޓީމުގެ ގޯލަށް ނުރައްކާކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ބާސާގެ މައްޗަށް ރެއާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބާސާއިން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކުރިއެވެ. އެގޮތުން 57 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެލްކޮމްއެވެ.

ބާސާއިން ވަނީ އެޓީމުގެ ތަރި ލިއޮނެލް މެސީ 63 ވަނަ މިނެޓުގައި ކުޅެން އަރުވާފައެވެ. އެގޮތުން މެސީ އެރުމަށް ފަހު، އޭނާ ވަނީ ގިނަ ހަމަލާތަކެއް އުފެއްދުމަށް ބާސާއަށް އެހީތެރިވެދީފައެވެ.

މި ހާފްގައި ރެއާލްގެ ފަރާތުން މާގިނަ ހަމަލާތަކެއް ފެނިގެން ނުދިޔަ ނަމަވެސް އެޓީމުން ވަނީ ލިބޭ ބޯޅަތަކުގެ ބޭނުން ހިފާ ބާސާގެ ހާފަށް ބާރު ބޮޑުކޮށްފައެވެ.

ބާސާ އަދި ރެއާލް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު ރެއާލް ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް