19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

40ޕްލަސް

40ޕްލަސް ރިލީޒްކުރުން މާޗް ފަހަކަށް ލަސްކޮށްފި

  • ިލްމު ރިލީޒް ކުރުމަށް ކުރިން ނިންމާފައިވަނީ މި ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 6 ފެބުރުވަރީ 2019 | ބުދަ 21:15 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


+40 ގެ ޕޯސްޓަރެއް -- އާކައިވް

ކޮމެޑީ ފިލްމު، ނޯޓީ ފޯޓީގެ ސީކުއެލް، 40 ޕްލަސް ރިލީޒް ކުރާ ތާރީޚު އަންނަ މާޗު މަހުގެ 5 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

މި ފިލްމު ރިލީޒް ކުރުމަށް ކުރިން ނިންމާފައިވަނީ މި ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

ފިލްމު ރިލީޒްކުރުން ފަސްކުރިކަން ކަށަވަރުކޮށްދެމުން، ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީޤް މީޑިއާގައި ބުނެފައިވަނީ، ފިލްމު ރިލީޒްކުރުން ފަސްކުރަން ޖެހުނީ އެންސީއޭގެ އިވެންޓަކަށް މި މަހުގެ 27 އަދި 28 ވަނަ ދުވަހު އޮލިމްޕަސް ބޭނުންވާތީ، އެފަރާތުން އެގޮތަށް އެދުމުން ކަމަށެވެ.

ތަޖުރިބާކާރު އެކްޓަރ އަދި ޑައިރެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ، އޯޑިއެންސަށް ކަމުދާނެ، އޯޑިއެންސް ހެއްވާލާނެ ފިލްމެއް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ގިނަ އަދަދެއްގެ ފަންނާނުން ހިމަނައިގެން އުފައްދާފައިވާ މި ފިލްމުގެ މައި ރޯލުތަކުން ފެނިގެންދާނީ އަލީ ސީޒަން، މުޙައްމަދު މަނިކު، ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަޙުމަދު އީސާ، މައިޝާ އަޙުމަދު ސައީދު، ޝީލާ ނަޖީބް، މުޙައްމަދު ފައިޞަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ)، އަދި ފާޠިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން މި ފިލްމުން ދާއިރާއަށް މުޅިން އަލަށް ގިނަ ފަންނާނުންތަކެއް ތައާރުފު ކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް