20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އިންޑިނޭޝިއާ

ބާލީގައި އިމިގްރޭޝަން އޮފިސަރަކާށް ހަމަލާދިން އިނގެރޭސި ފަތުރުވެރިޔަކު ޖަލަށް ލައިފި

  • އޭނާ ހުއްޓުވީ ވިސާ ހަމަވިތާ 5 މަސް ވީއިރުވެސް އިންޑޮނޭޝިއާގައި ހުރުމުން ޖޫރިމަނާ ކުރުމަށް
  • އިމިގްރޭޝަން އޮފިސަރަށް ހަމަލާ ދިނުމުން ޖަލަށްލީ ހަމަހަށް
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 6 ފެބުރުވަރީ 2019 | ބުދަ 20:16 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


އިމިގްރޭޝަން އޮފިސަރަކަށް ހަމަލާދިން ފަތުރުވެރިޔާ އޯޖް-އީ ތަގައްދަސް -- އޭއެފްޕީ

އިންޑިނޭޝިއާގެ ޓުއަރިސްޓް ރަށެއް ކަމަށްވާ ބާލީގައި އިމިގްރޭޝަން އޮފިސަރެއްގެ ގައިގައި ޖަހައި، މާރާމާރީ ހިންގި އިނގެރޭސި ފަތުރުވެރިޔަކު ހަ މަސްދުވަހަށް ޖަލަށް ލުމަށް އެ ޤައުމުގެ ކޯޓަކުން ނިންމައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޯޖް-އީ ތަގައްދަސް ނަމަކަށް ކިޔާ އަންހެން ފަތުރުވެރިޔާ އިމިގްރޭޝަން އޮފސަރު ދެކެ ރުޅިއައިސް އޭނާ އާއި މާރާމާރީ ހިންގާފައިވަނީ، އޭނާގެ ވިސާ ހަމަވުމަށްފަހުވެސް އެތައް މަހެއް ވަންދެން އިންޑޮނޭޝިއާގައި މަޑުކޮށްފައިވާތީ، އެކަމަށް ދައްކަންޖެހޭ ޖޫރިމަނާ ދައްކަން އެންގުމުން، އެކަމާއި ދެކޮޅު ހަދައި އިމިގްރޭޝަން އޮފިސަރާއި ޒުވާބުކުރަން ހުއްޓައި އޭނާ ފުރަން ހަމަޖެހިފައިވާ ފްލައިޓް އޭނާ އާއި ނުލައި ފުރުމުންނެވެ.

ނިމިގެންދިޔަ އަހަރުގެ ޖުލައި މަހު ބާލީގެ ބައިނައަޤުވާމީ ވައިގެ ބަނދަރުގައި ހިނގި މި މާރާމާރީގެ ވީޑިއޯ އޭރު ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ.

އުމުރުން 43 އަހަރުގެ މި ފަތުރުވެރިޔާ ވިސާ ހަމަވިފަހުން އިންޑޮނޭޝިއާގައި މަޑުކުރުން ދައްކަންޖެހޭ 4000 އެމެރިކާ ޑޮލަރުގެ ޖޫރިމަނާ ދެއްކުމަށް ދެކޮޅުހަދައި، ހަޑިހުތުރު ބަހުން އިމިގްރޭޝަން އޮފިސަރާއި ޒުވާބުކުރާ މަންޒަރާއި، އިމިގްރޭޝަން އޮފިސަރަށް ހަމަލާދޭ މަންޒަރު ވީޑިއޯއިން ފެނެއެވެ. އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި އެ ފަތުރުވެރިޔާ ޖުލައި މަހު ފުރަން ދިޔައިރު، އޭނާގެ ވިސާ ވަނީ އޭގެ 5 މަސްކުރިން ފެބްރުއަރީ މަހު ހަމަވެއެވެ.

ބުދަ ދުވަހު އޭނާ ޖަލަށް ލުމަށް ޑެންޕަސަރް ޑިސްޓްރިކްޓް ކޯޓުން ހުކުމް ކުރުމުން އޭނާ ބުނެފައިވަނީ އެ ކޯޓަކީ އެއްފަރާތަށް ޖެހިފައިވާ ކޮރަޕްޓް ކޯޓެއް ކަމަށާއި، ފުލުހުން އޭނާއަށް އަނިޔާ ކޮށްފައިވާ ކަމަށެވެ. ޑިސެމްބަރު މަހު ފެށި ޝަރީއަތުގެ މަޖިލީހުގައި ތަގައްދަސް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

މި މައްސަލައިގެ ޝަރީއަތް ނިންމައި ޙުކުމް ކޮށްފައިވާއިރު، ޙުކުމް ކުރުމަށް ބޭއްވި އަޑުއެހުމަށް ތަގައްދަސް ހާޒިރުކޮށްފައިވަނީ އޭނާ ކޯޓަށް ހާޒިރުވުމަށް ކުރި އަމުރުތަކަށް ފިލައިގެން އުޅެނިކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުގައި ބަހައްޓައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް