20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

މިޞްރު

ސީސީގެ ވެރިކަން ދިގުދަންމަން ހުށަހެޅި އިސްލާހަށް އިދިކޮޅު ފަރާތްތަކުން ތާއީދެއް ނުކުރި

  • އެކި ފިކުރުގެ 11 ޕާޓީއަކުން ވަނީ "ޤާނޫނު އަސާސީގެ ދިފާޢުގައި މަސައްކަތްކުރާ ޔޫނިއަން" ގެ ނަމުގައި ކޯލިޝަނެއް އުފައްދަން ނިންމާފަ
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 6 ފެބުރުވަރީ 2019 | ބުދަ 19:08 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


މިޞްރުގެ ރައީސް ޢަބްދުލް ފައްތާހު އަލް ސިސީ -- އިންޑިޕެންޑެންޓް.ޔޫކޭ

މިހާރު ކުރިއަށްދާ ރިޔާސީ ދައުރު ފުރަހަމަ ކުރުމަށްފަހުވެސް މިޞްރުގެ ރައީސް ޢަބްދުލް ފައްތާހު އަލް ސިސީއަށް މަޤާމުގައި ދެމިހުރުމަށް މަގުފަހިވާހެން އެ ޤައުމުގެ ޤާނޫނު އަސާސީއަށް ގެންނަން މަސައްކަތް ކުރަމުންދާ އިސްލާހާ ދެކޮޅަށް އެޤައުމުގެ އިދިކޮޅު ފަރާތްތައް އެއްގަލަކަށް އަރައިފިއެވެ.

މިހާރު ކުރިއަށްދާ ރިޔާސީ ދައުރު 2022 ވަނަ އަހަރު ނިމޭއިރު، އެ މުއްދަތުގެ ފަހުންވެސް ސީސީއަށް ވެރިކަމުގައި ދެމިހުރެވޭ ގޮތަށް ގެންނަން އުޅޭ މި އިސްލާހު އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ބަލައިގެންފައި ވީނަމަވެސް، މި އިސްލާހު ފާސްވާނީ ރައްޔިތުންގެ ވޯޓަކަސް ގޮސްގެންނެވެ.

މިޞްރުގެ ކަރަމާ ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އަބްދުލް އަޒީޒް އަލް ހުސެއިނީ ބުދަދުވަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަންގާރަ ދުވަހު ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 11 ޕާޓީއަކުން ބައްދަލުވެ، ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅަށް އެއްގަލަކަށް އަރާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ އެކި ފިކުރުގެ ޕާޓީތައް ހިމެނޭ މި ކޯލިޝަނުން "ޤާނޫނު އަސާސީގެ ދިފާޢުގައި މަސައްކަތްކުރާ ޔޫނިއަން" ގެ ނަމުގައި ކޯލިޝަނެއް އުފައްދަން ނިންމާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް