20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:14
ޢިޝާ 19:27

މަގޭ ރިޕޯޓްް

ރައްޔިތުންގެ ހައްޤުތަކަށް އަރައިގަތް މަޖިލީހުގެ ފަހު ދައުރަށް އަލިވިލޭއިރު...

  • 18 ވަނަ މަޖިލީހުން ވަނީ ރައްޔިތުންގެ އެތައް ހައްޤަކަށް އަރައިގެންފައި
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 6 ފެބުރުވަރީ 2019 | ބުދަ 18:57 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ރައްޔިތުންގެ މަޖިލިސް -- ގޫގުލް

މިހާރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމުމަކަށް އަންނަނީއެވެ. ބުރާސްފަތި ދުވަހު 18 ވަނަ މަޖިލީހުގެ ފަހު ދައުރު ފަށާއިރު މި މަޖިލީހަކީ އެތައް ގޮތަކުން ފާހަގަކޮށްލެވޭ މަޖިލީހެކެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަކީ އެތައް ގޮތަކުން ދިވެހިރާއްޖޭގެ ތާރީޚުގެ ތެރެއަށް ވަދެގެން ދާނެ މަޖިލީހެކެވެ. ނަމަވެސް އެ މަޖިލީހުގެ ވާހަކައަކީ ތާރީޚުގައި ރަން އަކުރުން ލިޔެވޭނެ ވާހަކައެއް ނޫނެވެ. އެ މަޖިލީހުގެ ވާހަކަ ލިޔެވިގެންދާނީ ރައްޔިތުންގެ ލެއާއި ކަރުނައިންނެވެ. އެ މަޖިލީހުގެ ލެގަސީއަކަށް ވެގެންދާނީ ރައްޔިތުންނަށް ޖެއްސި ނިކަމެތި ކަމާއި، އެ ރައްޔިތުންގެ ކިބައިން ނިގުޅައިގަތް ޙައްޤުތަކެވެ. އާންމުކުރި ފަސާދައާއި ކޮރަޕްޝަނެވެ. އެހެނީ ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އެތައް ޙައްޤުތަކެއް ފޭރިގަނެ، ރައްޔިތުން އެތައް ގޮތަކުން ބިކަކުރި މަޖިލީހެކެވެ.

އޭރު އޮތް ސަރުކާރަށް މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ލިބުނީ ނަޒާހަތްތެރި ކަމާއިއެކު ކުރެވުނު މަސައްކަތަކުންކަން ޤަބޫލުކުރާނެ ދިވެއްސަކު ހުންނާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ. ޚުދު އޭރު ސަރުކާރުގައި ތިބި ފަރާތްތައްވެސް އެފަދައިން ޤަބޫލުކޮށްފާނޭ ހިޔެއް ނުވެއެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާއިއެކު މަޖިލިސް ވެގެން ދިޔައީ ސަރުކާރުގެ ގޮނޑި ކޮއްކޮއަކަށެވެ. ސަރުކާރުގެ ރަބަރު ތައްގަނޑަކަށެވެ. ސަރުކާރުން ބޭނުންވި ކޮންމެ ކަމެއް ސަރުކާރުން އޭރު ބޭނުންވި ގޮތަކަށް މަޖިލީހުގައި ނިންމަމުން ދިޔައެވެ. ޤާނޫނު އަސާސީއަކަށް، ޤާނޫނަކަށް ބެލުމެއް ނެތެވެ.

މިހާރު ކުރިއަށް މިދާ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ޙައްޤުތަކަށް ހުރަސްއަޅައި، ފާހަގަކޮށްލެވޭ ފަދަ ޤާނޫނުތަކެއް ވަނީ ފާސްކޮށްފައެވެ. ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ގެނައި އިސްލާހަކީ ޤާނޫނު އަސާސީގެ އެތައް މާއްދާއަކުން ރައްޔިތުންނަށް ލިބިދޭ އެތައް ޙައްޤެއް ނިގުޅައިގަނެ ފާސްކޮށްފައިވާ އިސްލާހެކެވެ.

އަދުގެ ހަޤީޤަތަށް ޖެހިލާއިރު، ފާހަގަކުރަންޖެހޭ ކަމަކީ ޤާނޫނު އަސާސީން ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައިގަތް މި އިސްލާހު ފާސްކުރުމުގައި އިސްކޮށް ތިބި ފަރާތްތައް، ސަރުކާރު ބަދަލުވުމާއި އެކު އެބައިމީހުން ހެދި ޤާނޫނާއި ޚިލާފަށް މަގުމަތީގައި އެއްވެ، މުޒާހަރާވެސް ކުރި ކަމެވެ.

މި އިސްލާހު ވެގެން ދިޔައީ މިއަދު އިންސާފާއި ހަމައިގެ ތެރެއިން މައްސަލަތައް ބެލިއްޖެ ނަމަ އެތައް ބަޔަކު ކުސްވެރި ވާނެ އިސްލާހަކަށެވެ. މި އިސްލާހާއި ދެކޮޅަށް ނުކުތް ރައްޔިތުންނެއް ނޫނެވެ. ސަރުކާރުގެ ކޮމާންޑަށް، އެ ރައްޔިތުންނާއި ދެކޮޅަށް މަގުތަކަށް ނުކުމެ އެ ރައްޔިތުންނަށް އަނިޔާ ކުރި ފުލުހުންނެވެ. އެހެނީ އެދުވަހު މަގުތަކުގައި އިހުތިޖާޖުކުރި ރައްޔިތުން އެ އިހުތިޖާޖު ކުރީ ޤާނޫނު އަސާސީއިން އެ ރައްޔިތުންނަށް އެ ޙައްޤު ލިބިދީފައިވާތީއެވެ. ނަމަވެސް އެ ރައްޔިތުންނާއި ދެކޮޅަށް ނުކުތް ފުލުހުން ތަބާވަމުން ދިޔައީ ޤާނޫނު އަސާސީ އާއި ތައާރުޒުވާހެން ހަދާފައި އޮތް އުފެދުމުގައިވެސް ބާޠިލު ޤާނޫނަކަށެވެ.  

ދެން އޮތީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ވާހަކައެވެ. މި ޤާނޫނަކީ ޚިޔާލު ފާޅުކުރުމާއި، ނޫސްވެރިކަން ކުރުމަށް ހުރަސް އެޅުމަށް ފާސްކުރެވުނު ޤާނޫނެކެވެ. މި ޤާނޫނު، ބިލެއްގެ ގޮތުގައި މި މަޖިލީހަށް ހުށަހެޅީއްސުރެ މި ޤާނޫނުން އަސާސީ އެތައް ޙައްޤުތަކަކަށް އަރައިގަންނަކަމާއި، މި ޤާނޫނުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތަށް އެތައް ގޮތަކުން ހުރަސް އެޅޭނެކަން ނޫސްވެރިން ދިޔައީ ހުއްޓާ ނުލައި، މީޑިއާގައްޔާއި، ރައްޔިތުންގެ މަޖިލީހުގައި މި ބިލް ދިރާސަ ކުރުމަށް އެކުލަވާލެވުނު ކޮމިޓީގައިވެސް ދައްކަމުންނެވެ. ނޫސްވެރިންގެ އަދޭހާއިއެކުވެސް އޭރުގެ ސަރުކާރުގެ މެޖޯރިޓި އޮތް ރައްޔިތުންގެ މި މަޖިލީހުން ކަންކުރީ ސަރުކާރު ބޭނުންވި ގޮތަށެވެ. ރައްޔިތުންގެ ވޯޓުން، ރައްޔިތުންގެ މަޖިލީހަށް ވަދެ ތިބި ފަރާތްތަކަށް މުހިއްމުވީ ސަރުކާރު ބޭނުންވި ގޮތަށް މިކަން ނިންމުމެވެ.

މި ޤާނޫނުގެ ނަތީޖާވެސް ފެނިގެންދިޔައީ އެއްވެ އުޅުމުގެ ޤާނޫނުގެ ނަތީޖާ އާއި މާ ތަފާތު ނޫން ގޮތަކަށެވެ.

ޤާނޫނު ފާސްކުރެވުމާއި އެކު ފެނިގެންދިޔައީ ސިޔާސީ ބޭނުންތަކަށް މީޑިއާތަށް އިނދަޖައްސާލުމަށް މަސައްކަތް ފެށި މަންޒަރެވެ. އެގޮތުން ވަކިވަކި މީޑިއާތައް ބޮޑެތި އަދަދުން ޖޫރިމަނާ ކުރަމުންދިޔައިރު، އެ ޤާނޫނުގައި ކަންކަން ތަރުތީބުކޮށްފައިވަނީވެސް އިންސާފާއި ހަމައިގެ ޒައްރެއްވެސް ނުހިމެނޭ ގޮތަށެވެ.

މިފަދަ އެތައް ކަމެއް ކުރި މަޖިލީހުގެ ފަހު ދައުރު ފެށިގެންދާއިރު، ރައްޔިތުންގެ ކުރިމަތީގައި މިއަދު އޮޓީ ދެން ފެށޭ މަޖިލިހަށް މެންބަރުން އައްޔަނު ކުރުމުގެ ޒިންމާއެވެ. ރައްޔިތުންގެ ބޮލުގައި މިއަދު އެޅިފައިވާ އެންމެ މުހިއްމު ޒިންމާއަކީ މާޒީގެ ތަޖުރިބާއަށް ބަލައި، ދެން ފެށޭ ރައްޔިތުންގެ މަޖިލީހަކީ ވުވުޒެލާ ފުމޭ މީހުންނާއި، މީހުންގެ މޫނަށް ކުޅުޖަހާ މީހުންނާއި، މަޖިލިސް ތަޅުމުގައި އައުގުރާނަ ގޮވައި، ރައްޔިތުންގެ ޙައްޤުތައް ފޭރޭ މީހުން ނުތިބޭނެ މަޖިލީހަކަށް ހެދުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް