20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:14
ޢިޝާ 19:27

ހަމޭސް ރޮޑްރިގޭޒް

ހަމޭސް ބޭނުންވަނީ ޔުވަންޓަސްއަށް ބަދަލުވާން

  • ހަމޭސްގެ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ
ލީވާން އަލީ | MrLeevaan

| 6 ފެބުރުވަރީ 2019 | ބުދަ 18:44 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ހަމޭސް ރޮޑްރިގޭޒް -- ގެޓީ އިމޭޖާސް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ހަމޭސް ރޮޑްރިގޭޒް ބޭނުންވަނީ ޔުވަންޓަސްއަށް ބަދަލުވާން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާންއަށް ހަމޭސް ކުޅެމުން އަންނައިރު، އެ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެއެވެ. އެގޮތުން ގިނަ ކްލަބްތަކުން އަންނަނީ ހަމޭސްއަށް ފާރަލަމުންނެވެ.

ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ހަމޭސް ހޯދުމަށް ޔުވަންޓަސްއިން ބޭނުންވެއެވެ. އަދި އޭނާ ވެސް ބޭނުން ވަނީ ޔުވަންޓަސް އަށް ބަދަލުވާށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހަމޭސްގެ އެއްބަސްވުން އާކުރަން ބަޔާނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ހަމޭސްގެ އެއްބަސްވުން ދާއިމީ ކުރަމުން ބޭނުންވާނަމަ ބަޔާނުން ރެއާލް އަށް 42 މިލިއަން ޔޫރޯ ދޭން ޖެހޭނެ އެވެ.

މީގެ ކުރިން ޕޯޓޯ އަދި ބެންފީކާ އަށް ވެސް ކުޅެފައިވާ ހަމޭސް ވަނީ އޭނާ ރެއާލްގައި ހޭދަކުރި ތިން ސީޒަނުގައި ކުޅުނު 111 މެޗުގައި 36 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެޓީމާއެކު ލަލީގާ، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔުއެފާ ސުޕާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

ބަޔާން އަށް ކުޅުނު 53 މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައިވާ ހަމޭސް ވަނީ ނިމިގެން ދިޔަ ސީޒަނުގައި އެ ޓީމާ އެކު ޖަރުމަން ބުންޑަސް ލީގާ ވެސް ކާމިޔާބުކޮށްފައެވެ.

ކޮލަމްބިއާގެ ގައުމީ ޓީމަށް ކުޅުނު 67 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައިވާ އުމުރުން 27 އަހަރުގެ ހަމޭސް ވަނީ އެޓީމާއެކު 2016 ވަނަ އަހަރު ބޭއްވުނު ކޮޕާ އެމެރިކާގެ ތިންވަނަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް