22 އޭޕުރިލް 2019 | ހޯމަ | 02 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ނޭމާ - ބާސާ

ޕީއެސްޖީން ނޭމާ ވިއްކާނެ ކަމަކަށް ނުބެލެވޭ: ބާސާ

  • ޕީއެސްޖީއާއެކު ނޭމާ ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި ދުވަސް އެބައޮތް
ލީވާން އަލީ | MrLeevaan

| 6 ފެބުރުވަރީ 2019 | ބުދަ 18:29 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާ -- ގެޓީ އިމޭޖާސް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ އެ ކްލަބުން ވިއްކާނެ ކަމަށް ނުބެލެވޭ ކަމަށް ބާސެލޯނާއިން ބުނެފިއެވެ.

ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓެމިއޯ ވިދާޅުވީ، ނޭމާއަކީ ޕީއެސްޖީ ފަދަ ކްލަބަކުން ވިއްކާނެ ކުޅުންތެރިއެއް ނޫން ކަމަށާއި، އެ ކްލަބުން އޭނާ ދިގު މުއްދަތަކަށް ބަހައްޓާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ބާޓެމިއޯ ވިދާޅުވީ، ނޭމާއާ ގުޅޭ ގޮތުން ޕީއެސްޖީއާ މަޝްވަރާކޮށްފައިނުވާ ކަމަށާއި، ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވާއިރު ނޭމާގެ ނަމެއް ޓްރާންސްފާ ލިސްޓްގައި ހިމަނާފައި ވެސް ނުވާނެ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ނޭމާ އާއި ޕީއެސްޖީއާ ދެމެދު ވަނީ ހިތްހަމަނުޖެހުންތައް އުފެދިފައެވެ. އެގޮތުން ނޭމާ ބޭނުން ވަނީ ޕީއެސްޖީ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާށެވެ.

އެހެންނަމަވެސް ރިޕޯޓްތައް ބުނާގޮތުން ނޭމާއަށް ރިލީޒް ދިނުމާމެދު ޕީއެސްޖީން އަދި ގޮތެއް ނުނިންމައެވެ. ނޭމާ ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަނިކޮށް ބާސާއިން އޭނާ ޕީއެސްޖީއަށް ވިއްކާލާފައި ވަނީ 222 މިލިއަން ޔޫރޯއަށެވެ. އޭނާ ހޯދުމަށް ޗައިނާ އަދި ޕްރިމިއާ ލީގުގެ ކްލަބްތަކުންވެސް މަސައްކަތްކުރިއެވެ.

ބްރެޒިލްގެ ސަންޓޯސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ނޭމާ ބާސާއަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 186 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕަރކަޕް ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

ނޭމާ އަންނަނީ ޕީއެސްޖީއަށް ބަދަލުވެ، އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 53 މެޗުގައި 48 ލަނޑު ޖަހާފައެވެ.

ބްރެޒިލް ގައުމީ ޓީމާއެކު އޮލިމްޕިކްސް ރަން މެޑަލް މިދިޔަ އަހަރު ކާމިޔާބުކުރި ނޭމާ ވަނީ ގައުމީ ޓީމަށް ކުޅުނު 96 މެޗުގައި 60 ލަނޑު ކާމިޔާބު ކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ ފީފާ ކޮންފެޑެރޭޝަންސް ކަޕް 2013 ވަނަ އަހަރު އަދި ސައުތު އެމެރިކަން ޔޫތް ޗެމްޕިއަންޝިޕް 2011 ވަނަ އަހަރު ބްރެޒިލްއާއެކު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް